Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުހައްމަދު އިޔާޒް

ރައީސް މުއިއްޒު ވެރިކަމުން ފައިބަންޖެހޭ ދުވަހު ވައްކަޅިން ވެސް ބަލައިލާނެ މީހަކު ނުވާނެ: ޑރ އިޔާޒް

ފައިސާ ދީގެން މާލެ ގެނެސް ބޮޑު ޖަލްސާ ބާއްވައިގެން އެއީ ސަރުކާރަށް އޮތް ތާއީދު ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށް އިޔާޒް ވިދާޅިވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2025 | ހުކުރު 17:07
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރު މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް

ބޭކާރު ގޮތުގައި ފައިސާ ތަޅާ ބުރުވައިގެން އޮށްޓަރެއް ހުރި އެއްވެސް ކަމެއް ކޮށްނުދެވުނީމާ، ވެރިކަމުން ފައިބަންޖެހޭ ދުވަހު ވައްކަޅިން ވެސް ބަލައިލާނެ މީހަކު ނުވާނެކަން ހަނދާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަހައްޓަވަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް މަޖުބޫރު ކޮށްގެންނާ މީހުންނަށް ފައިސާ ދީގެން މާލެ ގެނެސް، ކިތަންމެ ބޮޑު ޖަލްސާ އެއް ބާއްވައިގެން އެއީ ސަރުކާރަށް އޮތް ތާއީދު ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މީހުންގެ ލޯ މައްޗަށް ދަޅަ ދެއްކުމުގެ ބަދަލުގައި ފައިދާ ކުރާ ކަމެއް ކޮށްދީފިނަމަ ދެދުނިޔޭގައި ވެސް ފައިދާކުރާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ބޭކާރު ގޮތުގައި ފައިސާ ތަޅާ ބުރުވައިގެންނާ އޮށްޓަރެއް ހުރި އެއްވެސް ކަމެއް ކޮށްނުދެވި ވެރިކަމުން ފައިބަންޖެހޭ ދުވަހު ވައްކަޅިން ވެސް ބަލައިލާނެ މީހަކު ނުވާނެކަން ރައީސް މުއިއްޒު ހަނދާން ބަހައްޓަވަން ޖެހޭ ކަމަށް އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް ވަނީ ރައީސް މުއިއްޒަށް ބައިއަތު ހިފި ސަތޭކަ އިލްމުވެރިން މި ވާހަކަތައް އެމަނިކުފާނަށް ބުނެ ނުދެއްވަނީތޯ ސުވާލު އުފައްދަވާފަ އެވެ. ނުވަތަ އެބޭފުޅުން ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް ރައީސް މުއިއްޒު އެ ނަސޭހަތްތައް އަޑު ނާއްސަވަނީ ތޯ ޑރ. އިޔާޒް ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން ވެސް ޑރ. އިޔާޒް ވަނީ ފުވައްމުލަކު ސިޓީގައި ފެނުގެ ދަތިކަމުގެ ޝަކުވާތައް އިތުރުވެ، ރައްޔިތުން ބިކަ ވެފައިވާ މި ދަނޑިވަޅުގައި، ރައީސް މުއިއްޒު ކުރައްވަމުންދާ "ބޭކާރު ކަންތައްތައް" ހުއްޓުވުމަށް އެމަނިކުފާނުގެ ޅިޔަނުން އެއްވެސް ނަސޭހަތެއް ނުދެއްވަނީތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެނުގެ ދަތިކަމުގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުއިއްޒު އަމަލު ކުރައްވަމުން ގެންދަވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޑރ. އިޔާޒް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ، ރައްޔިތުން ފެނަށް ޖެހި، ޒަރޫރީ ބޭނުންތައް ފުއްދުމުގެ ދަތިކަން ކުރިމަތިވެފައި ވާއިރު ވެސް، ތިމާ އަށް ތާއީދު އޮތްކަން ދެއްކުމަށް ބޭކާރު ކަންތައްތައް ކުރައްވަމުން ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީ އިން ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ގައި ބާއްވާ ޖަލްސާ އަށް މީހުން ގިނަ ކުރަން ރާއްޖޭގެ އެކި އެއަރޕޯޓްތަކުން އެތައް ޗާޓަރު ފްލައިޓެއް އޮޕަރޭޓް ކޮށްފައި ވާއިރު، ގައުމީ އެއާލައިން، މޯލްޑިވިއަން ގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓު ބުރާސްފަތި ދުވަހު ފުރަތަމަ އައްޑޫ ސިޓީ ގަމަށް ކުރި ދަތުރު ވެސް ވެގެން ދިޔައީ ޖަލްސާ އަށް މީހުން ބަލައި ކުރި ދަތުރަށެވެ.

މިއީ 264 މީހުންގެ ޖާގަ އޮތް ބޯޓެއް ކަމަށް މައުލޫމާތު ލިބިއެވެ. އޭގެ އިތުރުން ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުގައި ވެސް މާލެ އަށް ގެންނަނީ ޖަލްސާ އަށް އަންނަ މީހުން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. އެއަރޕޯޓަށް އަންނަ މީހުން އުފުލުމަށް އެމްޓީސީސީގެ ބޮޑެތި ބަސްތައް ދަނީ ބޭނުން ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުދީނީ އިލްމުވެރިންޑރ. މުހައްމަދު އިޔާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު