Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2026

އިންޓަގްރިޓީ ދަމަހައްޓަން ހުރި ތަންތަނުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޓަގްރިޓީ ހިފެހެއްޓުމަށް ކުރެވުނު ކަމެއް ފެންނާކަށް ނެތް: މަޖިލިސް ނައިބު ރައީސް ނާޒިމް

ބޮޑެތި ގައުމުތަކުގައި މިނިވަން މުއައްސަސާތައް ހުންނަ މިންވަރަށް މި ގައުމުގައި މިނިވަން މުއައްސަސާތައް އެބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2025 | ބުރާސްފަތި 08:47
ބަޖެޓް ދިރާސާ ކުރާ ކޮމިޓީ

ބަޖެޓް ދިރާސާ ކުރާ ކޮމިޓީ

އިންޓަގްރިޓީ ދަމަހައްޓަން ހުރި ތަންތަނުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކުރެވުނު ކަމެއް ފެންނާކަށް ނެތް ކަމަށް މަޖިލިސް ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި މެމްބަރުން ވަނީ މިނިވަން މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭ ގައި ކަންކަންވާ މިނިވަން މުއައްސަސާތައް ނެތް ކަމަށާއި، ހުރީ ނަންވާ މުއައްސަސާތައް ކަމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެންބަރުން ވިދާވިއެވެ.

ކޮމެޓީގައި މެންބަރުން ވަނީ ރާއްޖޭގައި މިނިވަން މުއައްސަސާތައް ވަރަށް ގިނަކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އެ މުއައްސަސާތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުަގައި ނުހިނގާ ކަމަށާއި، ނަތީޖާ ނުފެންނަ ކަމަށް ވިދާޅުވެފައިވެ އެވެ.

މި ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ ބޮޑެތި ގައުމުތަކުގައި މިނިވަން މުއައްސަސާތައް ހުންނަ މިންވަރަށް މި ގައުމުގައި މިނިވަން މުއައްސަސާތައް އެބަހުރި ކަމަށާއި، އަހަރުން އަހަރަށް ބަޖެޓު ބޮޑު ވަމުންދާ ކަމަށެވެ. އަދި ރަނގަޅު ނަތީޖާ ނުނެރެވުނަސް މުވައްޒަފުން ވެސް އިތުރު ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނުގައި މިހުރި އެއްވެސް މުއައްސަސާއަކާ ދޭތެރޭގައި އެބޭފުޅުންގެ ގާނޫނީ މަސައްކަތް ފުރިހަމަ ކުރާކަމުގެ އިތުބާރެއް ހުރި އެއްވެސް ބޭފުޅަކު ނެތް. ބަޖެޓު ބޮޑު ކޮށްދޭން ޖެހޭނީ އެބޭފުޅުންނަށް ހަވާލުކޮށްފައިވާ މަސައްކަތުން ހޯދުނު ނަތީޖާއެއް ދައްކާފައި ބަޖެޓު ބޮޑު ކޮށްދެވޭނީ އަޅުގަނޑުމެންނަށް. އެކްޝަން ޕްލޭންއާ އަދި ޑިވަލޮޕްމަންޓް ޕްލޭންއާ އޮތް ހާލަތާ މިހުރިހާ އެއްޗެއް ހުންނަން ޖެހޭނެ. މިއިން އެއްވެސް އެއްޗެއް ނެތް ފެންނާކަށް.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ

އެންޓި ކޮމިޝަން ކޮމިޝަނަށް އިޝާރާތް ކުރައްވައި މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އެ ކޮމިޝަނުގައި ވެސް 100ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި ކަމަށާއި، ރައްޔިތުންނަށް ހޯދައިދެވުނު ނަތީޖާ އެއް ނެތް ކަމަށެވެ.

މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ ކޮމިޝަންތަކަށް އައްޔަން ކުރާ މެންބަރުންގެ އަދަދު ވެސް މަދު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ކޮމިޝަނެއް ނުވަތަ މުއައްސަސާއެއްގައި 5 ނުވަތަ 7 މެންބަރުން އައްޔަން ކުރަން ނުޖެހޭ ކަމަށާއި، 3 މެންބަރުންނާއެކު ވެސް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ކޮމެޓީގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އަހަރަކު 14.7 މިލިއަން ރުފިޔާ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް އަހަރަކު 8.8 މިލިއަން ރުފިޔާ، އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް އަހަރަކު 7.5 މިލިއަން ރުފިޔާ އަދި ހިއުމަން ރައިޓް ކޮމިޝަން އޮފީހަށް 29 މިލިއަން ރުފިޔާ އަހަރަކު ހަރަދުވާ ކަމަށެވެ. އަދިވެސް ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ގިނަ ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލަކަށް ދަންނަވަންޏާ ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަން. މިތަނުން ރިޕޯޓުތައް ތައްޔާރުކުރޭ. އެހެންނަމަވެސް އިންޓަގްރިޓީ ދަމަހައްޓަން ތަންތަނުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކުރެވުނު ކަމެއް ފެންނާކަށް ނެތް. އަޅުގަނޑުމެން ޕޮލްކޯގެ މައްސަލަ ބަލަމުންދިޔައިރު ފެނުނު ހުށަހެޅިފައި ހުރި މައްސަލަ 7 އަހަރުވެފައިވާ މައްސަލަ އެބަހުރި. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލާތާ 6 އަހަރު ވެއްޖެ. ނިމިފައި ނެތް. ޕީޖީން ވެސް އެބައޮތް އަންގާފައި މައްސަލަތައް ބަލަން. މި ކަހަލަ ތަންތަން ހަރަދު ކުޑަ ކުރުމުގެ ދަށުން އެހެން ތަންތަނަށް ލާން ޖެހޭ. ލާފައި ޖުމްލަ ހަރަދު ކުޑަ ކުރެވެނޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދަން ޖެހޭ.
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މެންބަރު ނާޒިމް ވިދާޅުވީ މިހާރު މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކާއެކު މަތި ވަރަށް ބަރު ކަމަށާއި، އެއް ކުރެވޭ މުއައްސަސާތަކާއި ކޮމިޝަންތައް އެއްކުރަން ޖެހޭ ކަމަށެވެ. މިއަދު ކަންކަންވާ މިނިވަން މުއައްސަސާތައް ނެތް ކަމަށާއި، ހުރީ ނަންވާ މުއައްސަސާތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޮމެޓީގައި މިކަމަށް ގިނަ މެންބަރުން ވަނީ ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މެންބަރުން މި މޭރުމުން ވާހަކަ ދެއްކެވިއިރު، އޭސީސީ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުން ވަނީ މިހާރު ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮުޑު ބަޖެޓެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ވެެސް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ. އެއީ މައްސަލައެއް އިންސާފު ވެރިކަމާ މިނިވަންކަމާއެކު ބަލާ ކޮމިޝަނެއް ނޫން ކަމަށާއި، އެއީ މެންޑިޑޭޓްގެ ބޭރުން މަސައްކަތް ކުރާ ސިޔާސީ ކޮމިޝަނެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީބަޖެޓް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

"މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ!"

24 ނޮވެމްބަރު 2025
އުއްމީދީ ބަޖެޓުގައި ކަންކަން ފެންނަން ނުހުރެދާނެ، ކުރަން ޖެހޭ ކަމަކީ އީމާންކަންމަތީ ތިބެގެން ދުއާކުރުން: މެންބަރު ރިޒާ

އުއްމީދީ ބަޖެޓުގައި ކަންކަން ފެންނަން ނުހުރެދާނެ، ކުރަން ޖެހޭ ކަމަކީ އީމާންކަންމަތީ ތިބެގެން ދުއާކުރުން: މެންބަރު ރިޒާ

18 ނޮވެމްބަރު 2025
އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

އަންނަ އަހަރު ދަރަންޏަށް ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ރާއްޖެއަކު ނެތް، ޚަރަދު ކުޑަނުކޮށް ނުވާނެ: ސިޔާމް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު