Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ފާޑުކިޔުންތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ޤާނޫނުގެ އިސްލާހުގެ މަސައްކަތް ކުރިއަށް: އަންގާރަ ދުވަހު އޮތީ މުޅި މަޖިލީހުގެ ކޮމިޓީ

ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަ ކުރުމުގެ ފުރުސަތު ހިމެނޭ ކަމަށް މެމްބަރުން ތުހުމަތުކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ނޮވެމްބަރު 2025 | ހޯމަ 09:54
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ ބައްދަލުވުން ބޭއްވުމަށް ތާވަލްކޮށް މަޖިލީހުގެ މެމްބަރުންނަށް އެކަން ވަނީ މިހާރު އަންގާފަ އެވެ. އެ ބައްދަލުވުން ބޭއްވުމަށް ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ 11:00ގަ އެވެ. އެޖެންޑާގައި ހިމަނާފައިވާ މަސައްކަތަކީ ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ނިންމާ ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ 22 އޮކްޓޯބަރ ވީ ބުދަ ދުވަހު އެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ޝުޖާއު ވިދާޅުވީ ބިލުގެ ޤައުމު އާރާސްތުކޮށް އިންވެސްޓަރުންނަށް ފަހި މާޙައުލެއް ހޯދާދިނުމެވެ. އެހެންނަމަވެސް ބިލުގައި ފޮރުވިފައިވާ އެހެން މަޤްސަދުތަކެއް ހުރިކަން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބިލުގެ ބަހުސް މަރުހަލާގައި ފާހަގަކުރައްވާފަ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ އޮޅުވާލައިގެން ވަކި ބަޔަކަށް ޓެކްސް އިން ބަރީއަ ވާން ފުރުސަތު ހޯދާދިނުމަށް ކަމަށް ވެސް އެ މެމްބަރުން ފާހަގަކުރެ އެވެ.

މި ސަރުކާރުން އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަކޮށްދިނުމަށް ކަމަށް ފާހަގަކޮށް އެކަމާއި މެދު މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް މި އިން ކަންބޮޑުވުމަކަށް ސަރުކާރުން ވެސް އަދި ޕީއެންސީގެ ޕީޖި ގްރޫޕުން ވެސް އިޖާބަ ދޭ މަންޒަރެއް ނުފެނެ އެވެ. މި އިސްލާހަކީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިސްސްޕެޝަލް އިކޮނޮމިކް ޒޯންފަތުރުވެރިކަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު