Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މިޝިގަންގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައިފި

ހުކުރު ދުވަހު ޕެޓެލް ވިދާޅުވެފައި ވަނީ ހެލޯވީން ހަފްތާގައި ދޭން ރޭވި ޓެރަރިސްޓު ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި، އެ ހަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެެ.

އެފްބީއައި އިން މިޝިގަންގައި ހެލޯވީން ހަފްތާގައި ހިންގަން ހަމަޖެހިފައިވާ ޓެރަރިސްޓް ހަމަލާއެއް ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2025 | އާދީއްތަ 05:09
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކޭޝް ޕެޓެލް

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކޭޝް ޕެޓެލް

އެމެރިކާގެ މިޝިގަންގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވައިފި އެވެ.

މިކަން ހާމަ ކުރައްވާފައި ވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްޓަރު ކޭޝް ޕެޓެލް އެވެ. ހުކުރު ދުވަހު ޕެޓެލް ވިދާޅުވެފައި ވަނީ ހެލޯވީން ހަފްތާގައި ދޭން ރޭވި ޓެރަރިސްޓު ހަމަލާއެއް ހުއްޓުވާފައިވާ ކަމަށާއި، އެ ހަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެެ.

ހުކުރު ދުވަހުގެ ހެނދުނު އެފްބީއައި އިން އެ ހަމަލާ ހުއްޓުވަފާއިވާއިރު، ޕެޓެލް ވިދާޅުވެފައި ވަނީ އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. މިޝިގަންގެ ޑިޓްރޮއިޓް ސިޓީގެ ހުޅަނގު ގައި އޮންނަ ޑިއަބޯން ސިޓީގެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއް ގައި ބުނީ، އެފްބީއައި އިން ހުކުރު ދުވަހުގެ ހެނދުނު ޑިއަބޯންގައި އޮޕަރޭޝަން ތަކެއް ހިންގި ކަމަށެވެ. އެ ސިޓީގެ ފުލުހުން ވަނީ އެ ސިޓީގެ ރައްޔިތުން ހަމަޖެހިގެން ތިބުމަށް ވެސް އެދިފަ އެވެ.

މި ހަމަލާއާ ގުޅޭ ގޮތުން މިހާތަނަށް އެފްބީއައި އިން އިތުރު ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ. ނަމަވެސް، ހެލޯވީން ފަދަ ބޮޑެތި ޙަރަކާތްތައް ބާއްވާ ދުވަސް ތަކަކީ ޓެރަރިސްޓު ހަމަލާ ތަކަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ދުވަސް ތަކެއް ކަމަށް ސަލާމަތީ އިސްވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

ސަލާމަތީ ތަޖުރިބާ ކާރުން ފާހަގަ ކޮށްފައިވާ ގޮތުގައި، އެ ހަމަލާ ހުއްޓުވުމަށް އެފްބީއައި އިން ކޮށްފައިވާ މަސައްކަތަކީ، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެ އިދާރާ އިން ކުރަމުން އަންނަ މުހިންމު މަސައްކަތް ތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އަދަދާއި، އެ މީހުންގެ ތަފްސީލާއި، ހަމަލާގެ ލަނޑުދަނޑި އާއި އެ ބާވަތުގެ މައުލޫމާތު އެފްބީއައި އިން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

މިޝިގަންއެފްބީއައިކޭޝް ޕެޓެލްއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު