Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް މައްސަލަ

ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ

12 ޖުލައި 2017 | ބުދަ 06:49

ޕީޕީއެމް އިން ވަކިވާން އެދުނު މެމްބަރުން ވަކި ކުރުމަށް ޕީޕީއެމް ދެކޮޅު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖުލައި 2017 | ބުދަ 06:49
މެމްބަރު މުސްތަފާ ރައީސް ޔާމީނާއި އީދު ސަލާމް ކުރައްވަނީ

މެމްބަރު މުސްތަފާ ރައީސް ޔާމީނާއި އީދު ސަލާމް ކުރައްވަނީ

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ޕީޕީއެމުން ވަކި ނުކޮށްދިން ކަމަށް ޕީޕީއެމުން ވަކި ވުމަށް ސިޓީއަކުން އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މުސްތަފާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާއަށް ފޮނުވި ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެސިޓީގައި މުސްތަފާގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވާފައިވާ ސިޓީއަށް ޖަވާބެއް ދެއްވާނެ ކަމަށް ބުނެފައިވާތީ މުސްތަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޕީޕީއެމުން މުސްތަފާއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ މުސްތަފާއާއި ގުޅޭގޮތުން މި ޖުލައި މަހުގެ ތިން ވަނަ ދުވަހު އެޕާޓިގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހެޅިފައިވާތީ، ސުލޫކީ ކޮމެޓީން އެ މައްސަލަ ބައްލަވާ ނިންމެވުމުން، މި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވި ސިޓީގެ ޖަވާބު ދެއްވާނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށްނުވާތީ، އަދި ސަރުކާރުން ބޭނުންވާކަމެއް ބޭނުންވާހާ ގޮތަކަށް މަޖިލީހުން ކަންކަން ކޮށްދެއްމުން ދިއުމާ ދެކޮޅަށް އޭނާ މަސައްކަތް ކުރިނަމަވެސް ޕީޕީއެމް އޭނާ ވަކިކޮށްފައިނުވާތީ، އޭނާ އަމިއްލައަށް ޕީޕީއެމުން ވަކިވުމަށް އެެދުމުން ސުލޫކީ މައްސަލައެއް އެބައޮތޭ ބުނެ ޕާޓީން ވަކި ނުކޮށްދިނުމަކީ ގާބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން މުސްތަފާ ވިދާޅުވީ ޕީޕީއެމުން ވަކިވުމަށް އެދުމުން ވަކި ނުކޮށްދިނުމަކީ ގާނޫނުއަސާސީ ގާނޫނާއި ހިލާފަށް ޕީޕީއެމުން ހިންގަމުންދާ އަމަލެއް ކަމަށެވެ. ސިޔާސީ ޕާޓީއެއް މެމްބަރަކަށްވުމާއި ނުވުން އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރަމުންދަނީ ދާދިފަހުން ޕީޕީއެމްއިން ވަކިވުމަށް އެދިފައިވާ މެމްބަރުން ވަކިކުރުމުގެ ބަދަލުގައި އެމެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށްބުނެ، ޕާޓީން ވަކިކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުން މަޖިލިސް ތަފްސީލުކުރާ ގޮނޑި ގެއްލޭގޮތަށް ބަންޑަރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވަކި ގޮތެއް ކަނޑައަޅަން ދެން އެމެމްބަރުން ޕާޓީގެ މެމްބަރުންގެ ގޮތުގައި ބޭތިއްބުމަށްފަހު، ފަހުގެ ތާރީހެއްގައި ޕާޓީން އެމެމްބަރުން ވަކިކުރުމަށެވެ. އޭރުން އެމެމްބަރުން ތަމްސީލު ކުރައްވާ މަޖިލިސް ގޮނޑި ގެއްލޭގޮތަށް ކަންކަން ކުރުމަށް ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
02 އެޕްރީލު 2017

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

02 އެޕްރީލު 2017
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ
29 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމައިފި

29 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމައިފި
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
27 މާރިޗު 2017

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
26 މާރިޗު 2017

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

26 މާރިޗު 2017
ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް