Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

މި އަހަރުގެ ތިންވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ބީއެމްއެލް ހޯދައިފި

29 އޮކްޓޯބަރު 2025 | ބުދަ 09:36

ވޭތުވެދިޔަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ވަނީ ލިބިފައި.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 އޮކްޓޯބަރު 2025 | ބުދަ 09:36
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، ތިންވަނަ ކުއާޓަރުގެ ނަތީޖާ ހާމަކޮށްފި އެވެ.

ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10% ކުރިއެރުމެކެވެ. ވޭތުވެދިޔަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރަ އެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެން ފަޚުރުވެރިވަނީ ހަމައެކަނި މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަޚުރުވެރިވޭ."

ވޭތުވެދިޔަ ކުއާޓަރގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު ކަމާއެކު ވަނީ ނިންމާލައިފަ އެވެ.

މީގެ އިތުރުން، ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފަ އެވެ. މި ސްޓްރެޓިޖިކް ނިންމުމާ އެކު، އެސްޑީއެފްސީ އަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޚިދުމަތް ގާއިމުކުރުމާއެކު، ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ ނަން އިތުރަށް ހަރުދަނާ ވެގެންދެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި ޑިޖިޓަލް ފަސްޓް ޕޮލިސީއާއެކު ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
16 ނޮވެމްބަރު 2025

ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ

16 ނޮވެމްބަރު 2025
ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ
13 ނޮވެމްބަރު 2025

ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ

13 ނޮވެމްބަރު 2025
ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ
12 ނޮވެމްބަރު 2025

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

12 ނޮވެމްބަރު 2025
ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި
12 ނޮވެމްބަރު 2025

ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

12 ނޮވެމްބަރު 2025
ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް