Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އަންހެން ރައީސަކު އެމެރިކާ އަށް އަންނާނެ ކަމަށް ވިދާޅުވެ، އިންތިޚާބުގައި އަލުން ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް ކަމަލާ ދެއްވައިފި

ކަމަލާ ވިދާޅުވެފައި ވަނީ، އޭނާ ކުރަމުން އަންނަ މަސައްކަތް އަދި ނުނިމޭ ކަމަށް

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވައިޓް ހައުސްއަށް އަނެއްކާވެސް ކުރިމަތިލުމުގެ ފުރުސަތު އޮތްކަމަށް ބީބީސީއަށް ހާމަކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 08:29
2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި ކަމަލާ ވާހަކަ ދައްކަވަނީ

2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގައި ކަމަލާ ވާހަކަ ދައްކަވަނީ

މީގެ ހަތަރު އަހަރު ފަހުން، 2028 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަލުން ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް، އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ދެއްވައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރި ކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ވަނީ، އެންމެ ފަހުން 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. އެމެރިކާގެ ރިޔާސީ ރޭހުން ވަކިވުމަށް ބައިޑަން ނިންމެވުމާ އެކު، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ލިބިލެއްވީ ކަމަލާ އަށެވެ.

އިންތިޚާބު ގައި ކަމަލާ ވާދަ ކުރެއްވި ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް، ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ، ދެން އޮންނަ ރިޔާސީ އިންތިޚާބެއް ގައި ވެސް ކަމަލާ ވާދަ ކުރައްވާނެ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކަމަލާ ސީދާ ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވެ އެވެ.

"ސަންޑޭ ވިތު ލައުރާ ކުއެންސްބާގް" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ކަމަލާ ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް އަކަށް ނުވަތަ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް އަންހެން ރައީސް އަކު އަންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ކަމަލާ އަކީ އެމެރިކާގެ ތާރީޚުގައި ފުރަތަމަ އަންހެން ނައިބު ރައީސް ކަމަށް ވާއިރު، ދެން އޮންނަ އިންތިޚާބެއްގައި ވާދަކޮށްފާނެތޯ އޭނާއާ ވަނީ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ކަމަލާ ވިދާޅުވެފައި ވަނީ، އޭނާ ކުރަމުން އަންނަ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެގޮތުން ދެން އޮންނަ އިންތިޚާބެއްގައި އޭނާ ވާދަ ކުރައްވަފާނެ ކަމުގެ އިޝާރާތެއް ކަމަލާ ވަނީ ދެއްވައިފަ އެވެ. މިއީ އަލުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން މިފަދަ އިޝާރާތެއް ކަމަލާ ދެއްވި ފުރަތަމަ ފަހަރެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓު ކަމަލާ އަށް ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ނަމަވެސް ކަމަލާ ވަނީ އެއީ ޤަބޫލު ކުރެވޭ ވާހަކަ ތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކަމަލާ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިންތިޚާބުގައި ޓްރަމްޕް އަތުން ކަމަލާ ބަލިވެފައިވާއިރު، މީގެ ކުރިން ކަމަލާ ވިދާޅުވެފައި ވަނީ އިންތިޚާބުން ބަލިވުމުގެ މައިގަނޑު ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުން ކަމަށެވެ. ޓްރަމްޕްގެ ސިޔާސަތުތަކާއި، ނިންމުންްތައް އަދި ވެރިކަަމަށް ފާޑު ވިދާޅުވަމުން ކަމަލާ ވިދާޅުވެފައި ވަނީ، ޓްރަމްޕް އަކީ ޖައްބާރެއް ކަމަށެވެ.

ކަމަލާ ވިދާޅުވެފައި ވަނީ އޭނާގެ މުޅި ކެރިއަރަކީ ޚިދުމަތް ކުރުމުގައި ހޭދަކޮށްފައިވާ ކެރިއަރެއް ކަމަށެވެ. އެގޮތުން އަބަދު ވެސް ރައްޔިތުންނަށް ބޭނުންވަ ކަންކަމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ދެމި ހުރެފައިވާ ކަމަށް ކަމަލާ ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ކުރުމަކީ އޭނާގެ ލޭގައި ހުރި ކަމެއް ކަމަށާއި، އެހެންކަމުން އަދި އޭނާގެ ކެރިއަރު ނިމުމަކަށް އައީ ކަމަށް ޤަބޫލު ނުކުރާ ކަމަށް ވެސް ކަމަލާ ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިޚާބުގައި ކަމަލާ އަށް ކުރިމަތިވި ނާކާމިޔާާބާ އެކު ވެސް، އޭނާ އަންނަނީ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. އިންތިޚާބުގެ ތަޖުރިބާ ތަކުގެ މައްޗަށް ބިނާކޮށް ކަމަލާ ވަނީ، "107 ދުވަސް" ނަމުގައި ފޮތެއް ވެސް ޝާއިއު ކޮށްފަ އެވެ. އެ ފޮތުގައި ކަމަލާ ވަނީ އިންތިޚާބުގެ ދުވަސްވަރު ކަންތައް ހިނގާފައިވާ ގޮތްތަކާއި، ކެމްޕެއިިންގެ ކަންކަމުގެ ވާހަކަތައް ހިމަނައިފަ އެވެ. މިހާރު ކަމަލާ ގެންދަވަނީ އެ ފޮތް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެމެރިކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ، ކަމަލާގެ އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަނެއްކާ ވެސް ވާދަ ކުރެއްވުމެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓު ހޯއްދެވުމުގެ ޝައުޤުވެރިކަމާ އެކު ކަމަލާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ނަމަވެސް، ކުރީގެ އިންތިޚާބުގައި ފާހަގަ ކުރެވުނު މައްސަލަތަކާއި، ރަނގަޅު ކުރަން ހުރި ކަންކަމަށް ކަމަލާ ވަރަށް ބޮޑަށް ވިސްނަަން ޖެހޭނެ ކަމަށް ވެސް މާހިރުން ވަނީ ފާހަގަކޮށްފަ އެވެ.

މަސްދަރު: ބީބީސީ

ކަމަލާ ހެރިސްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު