Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތަރައްގީ

އަހަރު ނިމެން ދެ މަސް ދުވަސް، ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުކުރީ ބަޖެޓުގެ އެންމެ 13 ޕަސެންޓް

ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އާއްމު ކުރާ އެއްޗެއް ނޫނެވެ. އެ ރިޕޯޓަކީ ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ރިޕޯޓެކެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ތަރައްގީ ގެ މަޝްރޫއުތައް ހިންގާފައެއްނުވެ އެވެ. އަދި މި ދިޔަ އަހަރަށް ވުރެ މި އަހަރު ތަރައްގީ ގެ މަޝްރޫއުތައް ހިންގުން ވަރަށް ބޮޑު ތަނުން ދަށް ވެފައިވާ ކަން 22 އޮކްޓޫބަރު 2025 ގައި އާއްމު ކުރި ރިޕޯޓުން ވަނީ ދައްކާފަ އެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 13:32
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. ވައުދުނާމާގެ ނަމުގައި ވައުދުތައް ހިމެނޭ ފޮތެއް ވެސް އެމަނިކުފާނު ނެރުއްވިއެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރުވާން ކައިރިވަމުންދާއިރު، ގިނަ މަޝްރޫއުތައް ހިންގާފައިނުވެ އެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ ހުރިހާ މަޝްރޫއެއް އޮތީ ހުއްޓުވާފަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވާ ކޮންމެ ފަހަރަކު ބައެއް ވައުދުތައް ތަކުރާރު ކުރައްވަ އެވެ. އަދި އިތުރު ވައުދުތައް ވެވަޑައިގަންނަވަ އެވެ. ދޭތެރެ ދޭތެރެއިން އެމަނިކުފާނު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވައުދުތައް ވެވަޑައިގަތުން ނޫން ކަމެއް ނެތެވެ. ރައްޔިތުންނަށް އެތައް އުންމީދެއް ގެނެސްދެއްވަ އެވެ. އަދި ރައީސް މުއިއްޒުގެ މި ވާހަކަފުޅު ތަކަށް ބައެއް މީހުން ހެއްލި، އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަރަށް ބާރަށް އަތް ވެސް ޖައްސަވަ އެވެ.

މީގެ އިތުރުން މެއި މަހުގެ 3 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް 2025 އަދި 2026 ވަނަ އަހަރު ޖުމްލަ 2130 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަރޗު މަހު ގެނެސްދިން ސުވާލާއި ޖަވާބު ޕޮޑްކާސްޓް ޝޯގައި ޕްރެޒެންޓަރު އަހުމަދު ޝަކީބު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް ސޮއިކުރި މަޝްރޫއުތަކުގެ ތެރޭގައި ކުރިން ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށާއި، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ 550 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ހިންގަން މި ފަހުން ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އަހަރާއި އަންނަ އަހަރު ގިނަ މަޝްރޫއުތަކެއް ނިމުމަކާ ހަމައަށް ދާނެ އެވެ.

ކަން މިހެން އޮތް ނަމަވެސް ދެރައީ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައިނުވާތީ އެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވާ މަދު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް މާގިނަ ދުވަހެއް ނުވެ، މަޝްރޫއުތަކަށް ގެންގޮސްފައިވާ ސާމާނުތަކާއި، ހައިމާކުތައް ވެސް އެހެން ދިމަދިމާލަށް ފުރައިގެންދެ އެވެ.

އެއާއެކު ގިނަ ރައްޔިތުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް މިއީ ހަގީގަތް ނޫން ކަމާއި، މިއީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކެއް ކަމަށާއި، ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވާކަން ފާހަގަކޮށް ދަނީ އެކަން ޕްރޮމޯޓް ކުރަމުންނެވެ.

މުލަކުގައި ގާއިމްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުން
މުލަކުގައި ގާއިމްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުން

ނަމަވެސް ފިނޭންސް މިނިސްޓްރީން މި ހިނގާ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ހަމަ އަށް ހިސާބުތައް އޮތް ގޮތް ހާމަވާ ގޮތައް އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އާއްމު ކުރާ އެއްޗެއް ނޫނެވެ. އެ ރިޕޯޓަކީ ފިނޭންސް މިނިސްޓްރީން އާއްމު ކުރާ ރިޕޯޓެކެވެ. އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ތަރައްގީ ގެ މަޝްރޫއުތައް ހިންގާފަނުވެ އެވެ. އަދި މި ދިޔަ އަހަރަށް ވުރެ މި އަހަރު ތަރައްގީ ގެ މަޝްރޫއުތައް ހިންގުން ވަރަށް ބޮޑު ތަނުން ދަށް ވެފައިވާ ކަން 22 އޮކްޓޫބަރު 2025 ގައި އާއްމު ކުރި ރިޕޯޓުން ވަނީ ދައްކާފަ އެވެ.

އެގޮތުން އޮކްޓޯބަރު 16 ގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 30,481.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ 4,016.1 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައެޅި 12,556.8 މިލިއަން ރުފިޔާގެ 32 އިންސައްތައެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް ކަނޑައެޅުނު 7,112.8 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރެވިފައި ވަނީ 2,344.8 މިލިއަން ރުފިޔާއެވެ. އަދި ބިންތަކާއި އިމާރާތްތަކަށް ކަނޑައެޅުނު 4,198.6 މިލިއަން ރުފިޔާގެ ތެރެއިން ޚަރަދުކުރެވިފައިވަނީ 1,152.8 މިލިއަން ރުފިޔާއެވެ.

ކެޕިޓަލް އިކުއިޕްމަންޓްތަކަށް ކަނޑައެޅުނު 711.6 މިލިއަން ރުފިޔާގެ ތެރެއިން 504.4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކާއި ކެޕިޓަލް ޓްރާންސްފަރތަކަށް ކަނޑައެޅުނު 283.3 މިލިއަން ރުފިޔާގެ ތެރެއިން ޚަރަދުކުރެވިފައިވަނީ އެންމެ 14.1 މިލިއަން ރުފިޔާއެވެ.

އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާކަން ނުވަތަ ބާރު މިން މި ވަނީ ޚުދު ސަރުކާރުން ހާމަ ކުރާ ހިސާބުތަކުން ފެންނާށެވެ. މި މަޝްރޫއުތައް ހުއްޓުވާލުމަށްފަހު، ބަޖެޓު ސަރޕްލަސް ވެފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް އެކަމާ އުފާވާނެ ރައްޔިތެއް މިއަދު ނެތެވެ. ރައްޔިތުންގެ ޓެކްސްގެ ގޮތުގައި އަދި އެހެނިހެން ފައިސާތައް ދައްކަނީ ތަރައްގީ އަށެވެ. ޚިދުމަތް ތަކަށެވެ. ފަސޭހަ ޖީބަށް ލުއި ދިރިއުޅުމަކަށެވެ. ތަކުލީފު އުފުލާކަށް ނޫނެވެ. ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ލިބެންޖެހޭ ބެއަރ މިނިމަމް ވެސް ނުލިބި ރައްޔިތު މީހާގެ ޖީބަށް ވަނީ ވަރަށް ބޮޑަށް ބުރަ ވެފަ އެވެ.

ރައީސް މުއިއްޒުތަރައްގީގެ މަޝްރޫއުބަޖެޓް ކެޕިޓަލް ޚަރަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު