Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 18:33
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން
ރާއްޖެއެމްވީ
ޖިނާއީ މައްސަލަތައް
ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ އިން ނިންމައިފި ނަމަ، ލިޔުންތައް ނައްތައިލެވޭ ގޮތަށް ގަވައިދު އިސްލާހު ކޮށްފި
ގަވާއިދު ނަންބަރު 106-އާރު/2025 ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ އޮކްޓޫބަރު 21 ވަނަ ދުވަހުން ފެށިގެން

ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ޕޮލިސް ރިކޯޑް ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގައި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލެވޭ ގޮތަށް މިގަވާއިދަށް އިސްލާޙް ގެނެސްފި އެވެ.

ޕޮލިސް ރިކޯޑް ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ނަންބަރު 105-އާރު/2021) އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް އެއަށް އަމަލުކުރަން މިހާރު ވަނީ ފަށާފަ އެވެ.

ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 106-އާރު/2025) ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ އޮކްޓޫބަރު 21 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ:

ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) ގެ ގޮތުގައި 2 އަކުރެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އިތުރުކޮށްފައި ވަނީ "21 ވަނަ މާއްދާ ރައްކައުކުރަންޖެހޭ ލިޔެކިޔުމާއި މައުލޫމާތުތައް" މިހެންނެވެ.

މި އިސްލާޙުގައި އިތުރަށް ބުނެފައި ވަނީ ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއި، ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު އެފަދަ ހެއްކެއް އަލުން ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް އެ މައްސަލައެއް ތަހުގީގުކުރި ފަރާތާއި، އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކުރެވޭނެ ކަމަށެވެ.

އަދި އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ އެވެ.

- ކޮމެންޓް