Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ހަމާސް

ޔަހްޔާ ސިންވާރުގެ ހަށިގަނޑު އަނބުރާ ރައްދު ނުކޮށް އަންދާލުމަށް އިސްރާއީލުން ވިސްނަނީ

އޮކްޓޯބަރު 18، 2024 ގައި، ޙަމާސް އިން ވަނީ އެ ޖަމާޢަތުގެ އައިކޮނިކް ލީޑަރު ޔަޙްޔާ ސިންވާރު ދެކުނު ޣައްޒާގެ ރަފާޙު ސިޓީގައި ޝަހީދުކޮށްލެވުނު ކަން އިއުލާނު ކޮށްފައި.

ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 02:31
ޝަހީދު ކޮށްލެވުނު ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު

ޝަހީދު ކޮށްލެވުނު ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރު

އިސްރާއީލުން ދިން ހަމަލާ އެއްގައި ޝަހީދުވި ހަމާސް ގެ ލީޑަރު ޔަހްޔާ ސިންވާރުގެ ހަށިގަނޑު އަނބުރާ ހަވާލު ކުރުމުގެ ބަދަލުގައި އަންދާލުމަށް ވިސްނަމުންދާ ކަމަށް އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓަރު ހާމަ ކޮށްފިއެވެ.

އިސްރާއީލުގެ މިނިސްޓަރު ހާމަ ކުރި ގޮތުގައި އޭނާ ހުށަހަޅާފައި ވަނީ ޙަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރުގެ ހަށިގަނޑު ހަމާސް ޖަމާއަތާ އަނބުރާ ރައްދު ކުރުމުގެ ބަދަލުގައި އަންދާލުމަށް ކަމަށެވެ.

އިސްރާއީލުގެ ޓްރާންސްޕޯޓް މިނިސްޓަރު މީރީ ރެގެވް ހޯމަ ދުވަހު ހާމަކޮށްފައި ވަނީ އޭނާ މި ހުށަހެޅުން ހުށަހެޅީ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުމެއްގައި ކަމަށެވެ. އޭނާގެ ވިސްނުމަކީ އެމެރިކާ އިން އުސާމާ ބިން ލާދިން އާ މެދު ކަންތައް ކުރި ގޮތައް ސިންވާރު އާ މެދުވެސް ކަންތައް ކުރަން ކަމަށް ބުނެފައިވެއެވެ.

މިއީ އަލް-ޤާޢިދާގެ ބާނީ އަށް އިޝާރާތްކޮށް ދެއްކި ވާހަކައެކެވެ. ބިން ލާދިން މަރުވި ހާދިސާ ގައި އޭނާ އަށް ހަމަލާ ދިނީ 2011 ގައި އެމެރިކާގެ ޚާއްޞަ ބާރުތަކުންނެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ކުރުމަށް ފަހު އުތުރު އަރަބި ކަނޑުގެ ސަރަހައްދަކަށް ފައްތާފައެވެ. އޭގެ މަގްސަދެއް ކަމުގައި ބެލެވެފައި އޮތީ އެއްގަމުގައި ވަޅުލުމުގެ ސަބަބުން އޭނާގެ މަހާނަ ޒިޔާރަތަކަށް ހެދުމުގެ ފުރުސަތު ނުދިނުން ކަމަށް ވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ރެގެވްގެ މި ހުށަހެޅުން އިސްރާއީލުގެ ސެކިއުރިޓީ އޮފިޝަލުން ގެންދަނީ ދިރާސާ ކުރަމުންނެވެ.

އިސްރާއީލުން ވަނީ ކުރިން ވެސް ސިންވާރުގެ ހަށިގަނޑު ދޫކުރަން އިންކާރުކޮށްފައެވެ. އަދި އެ ހަށިގަނޑު ވަނީ ސިއްރު ތަނަކަށް ގެންދެވިފައެވެ.

އޮކްޓޯބަރު 9 ގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި ގޮތުގައި އިސްރާއީލާއި ޙަމާސްއިން ވަނީ އޭނާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ފުރަތަމަ މަރުޙަލާ އަށް އެއްބަސްވެފައެވެ. މިއީ ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ގިނަ އަސީރުން ދޫކޮށްލުމަށް މަގުފަހިކުރާނެ އެއްބަސްވުމެކެވެ. އިސްރާއީލުގެ އޮފިޝަލަކު ސީއެންއެން އަށް ބުނެފައި ވަނީ "ސިންވާރު ދެބެން ގެ ހަށިގަނޑުތައް ހަވާލު ކުރުން މިހާރުގެ އެއްބަސްވުމުގައި ނުހިމެނޭނެ" ކަމަށެވެ.

އޮކްޓޯބަރު 18، 2024 ގައި، ޙަމާސް އިން ވަނީ އެ ޖަމާޢަތުގެ އައިކޮނިކް ލީޑަރު ޔަޙްޔާ ސިންވާރު ދެކުނު ޣައްޒާގެ ރަފާޙު ސިޓީގައި ޝަހީދުކޮށްލެވުނު ކަން އިއުލާނު ކޮށްފައެވެ.

އަސްކަރީ ހެދުމުގައި އޭކޭ-47 ބަޑިއެއް ހިފައިގެން ހުރި ސިންވާރު ފެނުނީ އިމާރާތެއްގެ ތެރެއިން، އިސްރާއީލުގެ ބާރުތަކާ ދެކޮޅަށް ކުރީ ސަފުގައި ހަނގުރާމަ ކުރުމަށްފަހު ޝަހީދުވެފައި އޮއްވައެވެ.

އޭނާ ވަނީ ދިގު މުއްދަތަކަށް އިސްރާއީލު ރެޖީމުގެ "މަރާލަންޖެހޭ މީހުންގެ ލިސްޓު" ގައި ހިމެނިފައެވެ. އަދި އިސްރާއީލުން އޭނާ އަށް އަމާޒު ކޮށް ދިން އެތައް ހަމަލާ އަކުން ސަލާމަތްވެފައިވެއެވެ.

އިސްރާއީލުގެ ޑްރޯނަކުން ރެކޯޑުކޮށްފައިވާ ފުޓޭޖުން އޭނާ ޝަހީދުވި ވަގުތުގެ ވީޑިއޯ އިން ހާމަވީ އޭނާ އުޅެމުން ގެންދިޔައީ ބިމުއަޑީގެ ޓަނަލްތަކުގައި ފޮރުވިގެން ކަމަށް ބުނެ އިސްރާއީލުން ކުރިން ފަތުރަމުން ގެންދިޔައީ ދޮގު ވާހަކަތަކެއް ކަމެވެ.

ޔަހްޔާ ސިންވާރުއިސްރާއީލް-ހަމާސްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު