Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑެޑީ

"ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު 8 އަށް

5 ޖުލައި 2017 | ބުދަ 09:22

ފިލްމު ރިލީޒްކުރުމަށް ލަސްކުރީ ގަވްލީގެ ދަރިފުޅުގެ އެދުމުގެ މަތިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ޖުލައި 2017 | ބުދަ 09:22
"ޑެޑީ"ގެ ޕޯސްޓަރެއް

"ޑެޑީ"ގެ ޕޯސްޓަރެއް

އަރުޖުން ރާމްޕަލްގެ އެންމެ ފަހުގެ ފިލްމް "ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރިން "ޑެޑީ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހަށެވެ.

މި ފިލްމަކީ އިންޑިއާގެ މުމްބާއީގައި ހިނގާދިޔަ ހާދިސާއެއްގެ މައްޗަށް ހަދާ ފިލްމެކެވެ. މުމްބާއީގެ ގޭންސްޓާރެއް ކަމަށްވާ އަރުން ގަވްލީގެ ހަޔާތް ފަހުން ޕޮލިޓިޝިއަނަރަކަށް ބަދަލުވާ ގޮތް ފެނިގެންދާ މިފިލްމުގައި އަރުޖުން ރާމްޕަލްގެ އިތުރުން ފެނިގެންދާނީ ފަރްހާން އަހްތަރް އާއި އައިޝްވަރްޔާ ރާޖޭޝްއެވެ.

މި ފިލްމު ސިނަމާތަކަށް އައުން ލަސްކޮށްފައި ވަނީ އަރުން ގަވްލީގެ އަންހެންދަރި ގީތާގެ އެދުމަކަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އަރުން ގަވްލީ ޕޮލިޓިކަލް ދާއިރާއަށް ވަދެފައިވަނީ 1980 ގެ ތެރޭގައެވެ.

ގަވްލީގެ ޕޮލިޓިކަލް ހަޔާތް ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރު، ޝިވް ސޭނާ ލީޑަރ ކަމްލާކަރ ޖަމްސަންދެކަރު މަރާލިކަމަށް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ. އެހެންކަމުން މުމްބާއީ ކޯޓުން ވަނީ އޭނާގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ހުކުމް އިއްވާފައެވެ. ގަވްލީގެ އަންހެން ދަރިފުޅު ގީތާ އުއްމީދު ކުރަނީ "ޑެޑީ" ރިލީޒްކުރުމާއެކީ ޕެރޯލްގެ ދަށުން އޭނާގެ ބައްޕަ ޖަލުން މިނިވަން ވާނެ ކަމަށެވެ. ޝިވް ސޭނާ ލީޑަރ ކަމްލަކަރ ޖަމްސަންދެކަރު މަރާލާފައި ވަނީ 2008 ވަނަ އަހަރުގައެވެ.

ޖަމްސަންދެކަރު މަރާލުމުގައި ބައިވެރިވި ގަވްލީ ގޭންގުގެ 11 މީހަކަށް އެ ފަހަރު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް