Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ނަޝީ ކޭކްސް

ޑިލީޝަސް މެގަޒިން އެވޯރޑްސް - "ނަޝީ ކޭކްސް" އުންމީދާއި އެކު، އިތުރު ހަރުފަތަކަށް!

ދިވެހިންގެ ތެރޭގައި ކޭކު އެޅުމުގެ ރޮނގުން ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ ނަޝީ އަކީ އެ ދާއިރާ އިން އެތައް ކާމިޔާބެއް ހޯދާފައިވާ މަޤްބޫލް ފަންނާނެކެވެ. އަނެއްކާވެސް ނަޝީ ތައްޔާރުވަމުން ދަނީ މިފަދަ އިތުރު ހަރުފަތަކަށް އެރުމަށެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 09:36
އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ), އޭނާ އަޅާފައިވާ ބައެއް ކޭކުތަކާއި އެކު

އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ), އޭނާ އަޅާފައިވާ ބައެއް ކޭކުތަކާއި އެކު

ދިވެހިންގެ ތެރޭގައި ކޭކު އެޅުމުގެ ރޮނގުން ބޮޑު މަޤްބޫލްކަމެއް ހޯދާފައިވާ އައިމިނަތު ނަޝީދާ އަބޫބަކުރު ނުވަތަ ދިވެހިންނަށް މަޤްބޫލް ނަމުން ނަމަ (ނަޝީ) އަކީ ކޭކު އެޅުމުގެ ދުނިޔޭގައި އުހުގައި ފިޔަ ޖަހަމުން އަންނަ ފަންނާނެކެވެ.

ނަޝީ ފެންނަނީ އަހަރަކަށް ވުރެ އަހަރެއް ކޭކު އެޅުމުގެ ދާއިރާ އިން ކުރިއަރަމުން، އޭނާގެ މަސައްކަތް ދުވަހަކަށް ވުރެ ދުވަހެއް ފުރިހަމަ ކުރަމުން އަންނަ ކުޅަދާނަ ފަންނާނެއް ގޮތުގައެވެ. ކަވި މަސައްކަތްތަކާއި، ކުޅަދާނަ އީޖާބީ އުކުޅުތަކާއި އެކު ކޭކު އުޅުމުގެ ދުނިޔޭގައި ރާއްޖޭގެ ނަން އުޖާލާ ކޮށްދިނުމުގައި ނަޝީ އަދާކޮށްފައި ވަނީ ކާމިޔާބު ދައުރެކެވެ.

މިހާތަނަށް އައި އިރު ރާއްޖެ އިން ބޭރުގެ ފާހަގަކޮށްލެވޭ އެތައް އެވޯޑް ތަކެއް ހޯދާ، ނަޝީ ވަނީ ރާއްޖޭގެ ކޭކު އެޅުމުގެ ސިނާއަތާއި މަސައްކަތްތެރިންނަށް ފަޚުރުވެރި ނަމޫނާ އެއް ދައްކާފައެވެ. މަސައްކަތް ކޮށްފި ނަމަ ދިވެހިންނަކީ ދުނިޔޭގެ ކުރީ ސަފުގައި ގުނާލެވޭނެ ފަދަ ކުޅަދާނަ ފަންނާނުން ތަކެއްކަން ނަޝީ އެ ދަނީ ކެނޑިނޭޅި ސާބިތު ކޮށްދެމުންނެވެ.

ފަހުގެ ތާރީހުގައި ނަޝީގެ ކާމިޔާބީތަކަށް ބަލާލާ ނަމަ ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ކަމަށްވާ ޑިލީޝަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި 2024 ވަނަ އަހަރު ނަޝީ ހިމެނުމަކީ ފާހަގަކޮށްލަން ޖެހޭ މުހިންމު ކާމިޔާބީއެކެެވެ.

މިދިޔަ އަހަރު ވެސް ނަޝީ ވަނީ ދެ ގެޓަގަރީ އަކުން ފައިނަލިސްޓަކަށް ހޮވިފައެވެ. އެއީ އެ މަޤާމަށް ވާދަކުރި 11400 މީހުންގެ ތެރެއިން އެންމެ ރަނގަޅު 5 އާޓިސްޓުންގެ ތެރޭގައި ހިމެނިގެންނެވެ. ނަޝީ ފައިނަލިސްޓަކަށް ހޮވުނު ދެ ދައިރާ އަކީ ކޭކް ޑިޒައިނަރ އޮފް ދަ އިއަރ އަދި މޮޑާން ކޭކް އާޓިސްޓް އިނޮވޭޓަރ އޮފް ދަ އިއަރއެވެ.

ނަޝީ ކޭކްސް ގެ ބާނީ ނަޝީ އަކީ ދިވެހިންގެ އިތުރުން ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ކަމުދާނެ އެތައް ކޭކުތަކެއް ގެނެސްދިފައިވާ ލާމަސީލު އާޓިސްޓެކެވެ. ރީތި، ރަހަ މީރު ކޭކު ތައް އާއްމުންނާ ހަމައަށް ގެނެސްދީ، އެ މަސައްކަތުގެ އެންމެ ކުރީގައި ނަޝީ ދުނިޔޭގެ އެހެން އާޓިސްޓުންނާ ފައިހަމަ ކުރަމުން ދިއުމަކީ މުޅި ރާއްޖެ އަށް ލިބޭ ފަޚުރެކެވެ.

އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) އަޅާފައިވާ ބައެއް ކޭކުތައް
އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) އަޅާފައިވާ ބައެއް ކޭކުތައް

ނަޝީ ވަނީ ޑެލިޝަސް އެވޯޑްސް (ޑީއެމްއޭސް) 2025 ގައި އަނެއްކާ ވެސް އިތުރު ބައެއް ކެޓަގަރީތަކަށް ކުރިމަތިލާން ނިންމާފައެވެ. ޑީއެމްއޭސް 2025ގެ ނޮމިނޭޝަންތަކަށް މިހާރު ހުޅުވާލާފައިވާ އިރު ރާއްޖެ އަށް ކޭކު އެޅުމުގެ ދާއިރާ އިން އާ ރީތި ނަމެއް ހޯދާ ދިނުމަށް އަނެއްކާ ވެސް ނަޝީ މި ވަނީ ތައްޔާރުވެފައެވެ. މުޅި ދުނިޔެ އަށް ހުޅުވާލައިގެން ހުޅުވާލާ މި ނޮމިނޭޝަންތަކުން ހޮވާލެވެނީ މުޅި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ، ހުނަރުވެރި ފަންނާނުންނެވެ.

މިފަހަރު ނަޝީ ބައިވެރިވާ ކެޓަގަރީތަކަކީ "ވަން ޓު ވޮޗް ކެޓަގަރީ - 9"، "މޮޑާން ކޭކް އާޓިސްޓް އިނޮވޭޓަރ އޮފް ދަ އިއަރ ކެޓަގަރީ -13" އެވެ. ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޭކު އެޅުންތެރިން ވެސް ވާދަކުރާ މި އެވޯޑުގައި ނަޝީ ވާދަކުރާ އިރު އާއްމުންގެ ފަރާތުން ނަޝީ އެދެނީ އޭނާ އަށް އާއްމުން ދެމުންދާ ލޮތްބާއި ހިތްވަރު މި ފަހަރުވެސް ދައްކައި ދިނުމަށެވެ.

ޑިލީޝިއަސް މެގަޒިން އެވަރޑް އާއި މެދު ނަޝީ ކުރައްވާފައިވާ ޕޯސްޓު
ޑިލީޝިއަސް މެގަޒިން އެވަރޑް އާއި މެދު ނަޝީ ކުރައްވާފައިވާ ޕޯސްޓު

ޑިލީޝަސް މެގަޒިން ކަވަރގަވެސް މީގެ ކުރިން ނަޝީ ގެ ކޭކް ޓިއުޓޯރިއަލްގެ ފޮޓޯ ވަނީ ހިމަނާފައެވެ. ނަޝީ ވަނީ މިފަދަ ބައިނަލްއަޤުވާމީ އެވޯޑް ތައް މީގެ ކުރިން ވެސް ހާސިލު ކޮށްފައެވެ. ދާދި ފަހުން އޭޝިއާ ކޭކު އޮސްކާގެ، "މާސްޓަރ ކޭކު އާޓިސްޓް އޮފް ދަ އިއަރ" އެވޯޑް ވެސް ނަޝީ ހާސިލު ކޮށްފައި ވުމުން، މި ދާއިރާގައި މެދުކެނޑުމެއް ނެތި ނަޝީ ކޮށްފައިވާ ފުރިހަަމަ މަސައްކަތްތައް ވަރަށް ރަނގަޅަށް ހާމަވާން އެބަހުއްޓެވެ.

އައިމިނަތު ނަޝީދާ އަބޫބަކުރުނަޝީ ކޭކްސްޑިލީޝިއަސް މެގަޒިން އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް

08 ނޮވެމްބަރު 2025
ކޭކް އަޅައިގެން ނަޝީއަށް އޮސްކާ އެއް - އާޓިސްޓް އޮފް ދަރ އިއަރ

ކޭކް އަޅައިގެން ނަޝީއަށް އޮސްކާ އެއް - އާޓިސްޓް އޮފް ދަރ އިއަރ

27 ޖޫން 2025
ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ

ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ

17 ޑިސެމްބަރު 2024
ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

03 އެޕްރީލު 2022
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

06 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު