Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޭކް ސްޓަރ ކޮންޕެޓިޝަން

ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

މުޅި ޖުމްލަ 20 ގައުމަކުން މި ކޮންޕެޓިޝަންގައި ބައިވެރި ވެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އޮކްޓޯބަރު 2021 | ބުދަ 09:34
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

ކޭކް ސްޓަރ މުބާރާތުގެ ވެޑިން ކޭކް ކެޓެގަރީން އެއްވަނަ ރާއްޖޭގެ މަޝްހޫރު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ (ނަޝީ) އަށް ލިބިއްޖެއެވެ.

ކޭކް ސްޓަރ މުބާރާތަކީ އޮންލައިންކޮށް ބޭއްވުނު އިންޓަނޭޝަނަލް މުބާރާތެކެވެ.

ރާއްޖެ ހިމަނައިގެން، މުޅި ޖުމްލަ 20 ގައުމަކުން މި މުބާރާތުގައި ބައިވެރި ވެފައިވެއެވެ. މި މުބާރާތުގައި އެތައް ކެޓަގަރީއެއް އެކުލެވިގެންވާއިރު، މުބާރާތުގައި ބައިވެރިކޮށްފައިވާ ކޭކުތައް ޖަޖް ކޮށްފައިވަނީ ކެޓަގަރީތައް ވަކިވަކިންނެވެ. ނަޝީ ކޭކްސްއަށް އެއްވަނަ ލިބިފައިވަނީ 'ވެޑިންގ ކޭކްސް 2021' ގެ ކެޓަގަރީންނެވެ.  

ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ނަޝީ ބުނެފައިވަނީ، މި މުބާރާތަށް ކޭކް ތައްޔާރުކުރަން 1 މަސް ދުވަހުގެ މުއްދަތެއް ލިބުނު ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކޮވިޑް ލޮކްޑައުން ތެރޭގައި މުބާރާތް ފެށުމާ ގުޅިގެން ފިހާރަތަކަށް ނުދެވުން ކަމުގައި ނަޝީ ފާހަގަކުރިއެވެ.

ނަޝީ ބުނެފައިވާ ގޮތުގައި، ކޭކްތަކުގެ ފެންވަރަށް ބަލަމުން ކެންޑިޑޭޓުން އުނިކުރަމުން ގޮސް ފައިނަލަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 15 ސެޕްޓެންބަރުގައެވެ. އަދި މި ކޮންޕެޓިޝަންގެ ވަނަތައް ހޮވަން ނިންމާފައިއޮތީ 4 އޮކްޓޯބަރގައި ނަމަވެސް ވަނަތައް އިއުލާންކުރީ އޮކްޓޯބަރ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މީގެއިތުރުން ނަޝީ ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މޮޅު ކޭކް އާޓިސްޓުން ނަޝީ ކޭކްސްއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޝެއަރ ކުރި ކަމަށެވެ.

ނަޝީ ކޭކްސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް

08 ނޮވެމްބަރު 2025
ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް
21 އޮކްޓޯބަރު 2025

ޑިލީޝަސް މެގަޒިން އެވޯރޑްސް - "ނަޝީ ކޭކްސް" އުންމީދާއި އެކު، އިތުރު ހަރުފަތަކަށް!

21 އޮކްޓޯބަރު 2025
ޑިލީޝަސް މެގަޒިން އެވޯރޑްސް - "ނަޝީ ކޭކްސް" އުންމީދާއި އެކު، އިތުރު ހަރުފަތަކަށް!
17 ޑިސެމްބަރު 2024

ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ

17 ޑިސެމްބަރު 2024
ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ
03 އެޕްރީލު 2022

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

03 އެޕްރީލު 2022
ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
21 މާރިޗު 2021

ނަޝީ ކޭކު ހަދަން ފުރަތަމަ ޝައުގުވެރިވީ އުމުރުން އެންމެ ނުވަވަރަކަށް އަހަރުގައި

21 މާރިޗު 2021
ނަޝީ ކޭކު ހަދަން ފުރަތަމަ ޝައުގުވެރިވީ އުމުރުން އެންމެ ނުވަވަރަކަށް އަހަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު