Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ނަޝީ ބޭކަރީ

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ބޭކަރީ ހުރިހާ އެއްޗެއް ނަޝީ ބޭކަރީން ލިބޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 09:24
ނަޝީ ބޭކަރީ ހުޅުވުން

ނަޝީ ބޭކަރީ ހުޅުވުން

ތ. ހިރިލަންދޫގައި "ނަޝީ ކޭކްސް"ގެ ފަރާތުން "ނަޝީ ބޭކަރީ"ގެ ނަމުގައި ބޭކަރީއެއް ހުޅުވައިފިއެވެ.

މަޝްހޫރު ކޭކު އެޅުންތެރިޔާ އާމިނަތު ނަޝީދާ (ނަޝީ)ގެ އުފަން ރަށުގައި ބޭކަރީއެއް ހުޅުވާފައިވާއިރު މިކަމާއި ގުޅިގެން ރާއްޖެއެމްވީ އާއި ވާހަކަދައްކަމުން ނަޝީ ބުނީ މި ބޭކަރީންވެސް ބޭކަރީއަކުން ލިބޭނެ ހުރިހާ އެއްޗެއް ލިބެން ހުންނާނެ ކަމަށެވެ. ބޭކަރީ ތަކެތީގެ އިތުރުން ކޭކް ސްލައިސްވެސް ބޭކަރީން ލިބެން ހުންނާނެ ކަމަށެވެ. އަދި ކޭކް އޯޑަރުވެސް ނަގާނެ ކަމަށް ނަޝީ ބުނިއެވެ.

ނަޝީ ބުނީ ހިރިލަންދޫގައި ބޭކަރީއެއް ހުޅުވަން ނިންމީ ރަށުން ބޭކަރީގެ ބާވަތްތައް ލިބެން ނެތުމުން ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި ބޭކަރީ ހުޅުވައި އެތަކެތި ފޯރުކޮށްދޭން ފެށުމާއެކު، ރައްޔިތުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތައް ހުށަހަޅަމުން އަންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނަޝީ ބުނީ ހިރިލަންދޫއިން ކައިރި ރަށްރަށަށް މިތަކެތި ސަޕްލައި ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން ތ. ވަންދޫއާއި ތ. ކަނޑޫދޫގެ ބައެއް ފިހާރަތަކަށް މިހާރުވެސް މިތަކެތި ސަޕްލައި ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ ވީހާވެސް ގިނަ ރަށަކަށް ސަޕްލައި ކުރަން ފެށުން ކަމަށް އޭނާ ބުނިއެވެ.

ނަޝީ ބުނީ ހިރިލަންދޫގެ އިތުރުން އެހެން ރަށްރަށުގައި ބޭކަރީ ހުޅުވުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު މަސައްކަތްކުރަނީ ތަންކޮޅެއް އާބާދީ ބޮޑު ރަށެއްގައި ބޭކަރީއެއް ގާއިމްކުރުމަށް ކަމަށް ނަޝީ ބުނިއެވެ.

ނަޝީ ކޭކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް

ދުނިޔޭގެ އެންމެ ބޮޑު އެއް ކޭކު މުބާރާތުން ނަޝީ އަށް ފަޚުރުވެރި ރިހި މެޑަލް އެއް

08 ނޮވެމްބަރު 2025
ޑިލީޝަސް މެގަޒިން އެވޯރޑްސް - "ނަޝީ ކޭކްސް" އުންމީދާއި އެކު، އިތުރު ހަރުފަތަކަށް!

ޑިލީޝަސް މެގަޒިން އެވޯރޑްސް - "ނަޝީ ކޭކްސް" އުންމީދާއި އެކު، އިތުރު ހަރުފަތަކަށް!

21 އޮކްޓޯބަރު 2025
ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ

ޑިލީޝިއަސް މެގަޒިން އެވޯރޑްސްގެ ދެ ކެޓަގަރީގެ ފައިނަލިސްޓުންގެ ތެރޭގައި "ނަޝީ"، ވޯޓު ދިނުން ކުރިއަށް ދަނީ

17 ޑިސެމްބަރު 2024
ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

ކޭކް ސްޓަރ ކޮންޕެޓިޝަން: ނަޝީ ކޭކްސްއަށް އެއްވަނަ

06 އޮކްޓޯބަރު 2021
ނަޝީ ކޭކު ހަދަން ފުރަތަމަ ޝައުގުވެރިވީ އުމުރުން އެންމެ ނުވަވަރަކަށް އަހަރުގައި

ނަޝީ ކޭކު ހަދަން ފުރަތަމަ ޝައުގުވެރިވީ އުމުރުން އެންމެ ނުވަވަރަކަށް އަހަރުގައި

21 މާރިޗު 2021

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު