Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

22 އޮކްޓޯބަރު 2025 | ބުދަ 13:15

ރީނދޫ ސަމާލު ނެރެފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހުރޭ 18:00 އިން ފެށިގެން 20:30 އާއި ހަމައަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 އޮކްޓޯބަރު 2025 | ބުދަ 13:15
ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުން

ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހުރޭ 18:00 އިން ފެށިގެން 20:30 އާއި ހަމައަށް މިއެލަރޓް ނެރެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ މޫސުމީ ވިއްސާރަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި، މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި ތިން މީހުން ވެސް މަރުވެފައި އޮތްވާ ވަނީ ފެނިފައެވެ. އެއީ ދެ ދިވެހިންނާއި ސްރީލަންކާއަށް ނިސްބަތްވާ މީހެކެވެ.

މީގެ އިތުރުން މާލެއިން ޅ. ނައިފަރަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްވެސް ވަނީ އަޑިއަށް ގޮސްފައެވެ.

މޫސުމާ ގުޅިގެން ކުރިމަތިވެދާނެ އެކި ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 911 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އުތުރުގެ އަތޮޅުތައްމޫސުމާބެހޭ އޮފީސްރީނދޫ ސަމާލު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
18 ޖުލައި 2025

މޫސުން ގޯސް، ބޮޑު ބަޔަކަށް ރީނދޫ ސަމާލް

18 ޖުލައި 2025
މޫސުން ގޯސް، ބޮޑު ބަޔަކަށް ރީނދޫ ސަމާލް
31 ޖުލައި 2022

އުތުރަށް ޔެލޯ އެލަރޓް ނެރެފި

31 ޖުލައި 2022
އުތުރަށް ޔެލޯ އެލަރޓް ނެރެފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
01 މާރިޗު 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް