Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ ސަރުކާރު ހުއްޓުމުގެ ސަބަބުން ދުވާލަކު 15 ބިލިއަން ޑޮލަރުގެ ގެއްލުންް

އެމެރިކާގެ ފެޑަރަލް ސަރުކާރު ހުއްޓިފައި އޮންނަތާ މިހާރު ދެ ހަފުތާ ވެފައިވާއިރު، ބެސެންޓް ވިދާޅުވެފައި ވަނީ ސަރުކާރު ހުއްޓުމުގެ ސަބަބުން ދުވާލަކު 15 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން އިޤްތިޞާދަށް ވަމުން އަންނަ ކަމަށެވެ.

ފެޑެރަލް ސަރުކާރުގެ ޝަޓްޑައުންގެ ސަބަބުން ދުވާލަކު 15 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ގެއްލުން ވަމުންދާކަމަށް ޓްރެޜަރީ ސެކްރެޓަރީ ބެސެންޓް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 08:09
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓު ފާސް ނުކުރެވި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، އެކަމުގެ ސަބަބުން ދުވާލަކު 15 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވަމުން ދާ ކަމަށް، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފެޑަރަލް ސަރުކާރު ހުއްޓިފައި އޮންނަތާ މިހާރު ދެ ހަފުތާ ވެފައިވާއިރު، ބެސެންޓް ވިދާޅުވެފައި ވަނީ ސަރުކާރު ހުއްޓުމުގެ ސަބަބުން ދުވާލަކު 15 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން އިޤްތިޞާދަށް ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ސަރުކާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް، ރިޕަބްލިކަނުންނާއި ޑިމޮކްރަޓުން ގުޅިގެން މަސަައްކަތް ކުރުމަށް ވެސް ގޮވާލައްވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބެސެންޓް ވިދާޅުވީ، ސަރުކާރު ހުއްޓިފައި އޮތުމުން ސަބަބުން އެކަމުގެ އަސަރު މަސްތަކެއް ވަންދެން އެމެރިކާގެ އިޤްތިޞާދަށް ކުރާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާ ތަކަށް ކުރެވޭ އިންވެސްޓްމަންޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، ސަރުކާރު ހުއްޓުމުގެ ސަބަބުން އެކަމަށް ހުރަސް ތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް މަނިޓްރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުން ތަކުގެ ތެރެއިން ވާހަކަ ދައްކަވަމުން ބެސެންޓް ވިދާޅުވީ، އިންވެސްޓްމަންޓަށް ޑިމާންޑު އޮތް ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތު ތަކުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ފެނިގެންދާ ކަމަށެވެ. އަދި މިވަގުތު އިޤްތިޞާދަށް ހުރަސް އެޅެމުން ދަނީ ހަމައެކަނި ސަރުކާރު ހުއްޓިފައި އޮތުމުން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

2025 ވަނަ އަހަރުގެ ފިސްކަލް ޑެފިސިޓް ވަނީ ކުރީ އަހަރުގެ 1.833 ޓްރިލިއަން ޑޮލަރަށް ވުރެ ކުޑަ ވެފައި ކަމަށް ބެސެންޓް ވިދާޅުވި އެވެ. ޑެފިސިޓް-ޓު-ޖީޑީޕީ ރޭޝިއޯ އަންނަ އަހަރު ތަކުގައި ތިން އިންސައްތަ އަށް ތިރި ކުރެވި ދާނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ. މިކަން ޙާސިލު ކުރެވޭނީ އިތުރަށް ކުރިއަރައި، ޚަރަދުތައް މަދުކޮށް، އަދި ޚަރަދުތައް ކޮންޓްރޯލް ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ކުރުމުގައި ރިޕަބްލިކަނުންނާއި، ޑިމޮކްރަޓުންނަށް ވަނީ ކާމިޔާބު ހޯދޭ ގޮތް ނުވެފަ އެވެ. އެކަމުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި، ހިންގުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެމެރިކާގެ ސަރުކާރަށް އައި މި ހުއްޓުން ކިހާ ދުވަހަކަށް ދެމިގެން ދާނެކަން މިވަގުތު ސާފެއް ނުވެ އެވެ. ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ މައުލޫމާތު ތަކަށް ބަލާއިރު، 1980 ވަނަ އަހަރުން ފެށިގެން 14 ފަހަރެއްގެ މަތިން ސަރުކާރުގެ ހިންގުން ހުއްޓިފައިވެ އެވެ. އޭގެ ތެރެއިން ގިނަ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ވަރަށް މަދު ދުވަސް ކޮޅަކަށެވެ.

އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރު ހުއްޓުމަކަަށް އައިސްފައި ވަނީ، 2018 ވަނަ އަހަރުގެ ފަހު ކޮޅާއި، 2019 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. އެއީ ގާތް ގަނޑަކަށް 34 ދުވަހުގެ މުއްދަތަކަށެވެ.

މަސްދަރު: ރޮއިޓާސް

ސްކޮޓް ބެސެންޓްޔޫއެސް ޝަޓްޑައުންޑިމޮކްރެޓް-ރިޕަބްލިކަންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު