Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 22:10
ފެންފުއްޓަށް މުއިއްޒު އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބައެއް ފަރާތްތައް
ފެންފުއްޓަށް މުއިއްޒު އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބައެއް ފަރާތްތައް
ރައީސް އޮފީސް
އދ. ފެންފުށި
މުއިއްޒުގެ ފެންފުށި ދަތުރުފުޅު - ވައުދު ލިސްޓް
ފެންފުށީގައި އެކި މަޝްރޫޢުތައް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާނެކަމަށް މުއިއްޒު ވިދާޅުވެއްޖެ
ސިއްހީ މަރުކަޒު އަލުން ދެބުރިއަށް އެޅުމަށް ހަމަޖެހިފައިވާއިރު ފުލް ފްލެޖް މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ
ސްކޫލުގެ އައު ކްލާސްރޫމްތައް މިއަންނަ ދިރާސީ އަހަރަށް ނިންމުމަށްފަހު ހުރިހާ ކްލާސް ރޫމެއް ވެސް އޭސީ ކުރެވޭނެ

ފެންފުއްޓަށް 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު މުއިއްޒު ވަޑައިގެން ވިދާޅުވީ، އެ ރަށުގައި ފެށި މަޝްރޫއު ތަކަކީ ވަރަށް އިސްކަމެއް ދީގެން، ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫޢުތަކެއް ކަމުގައެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

މިހާރު ހެދިފައިވާ ޑިޒައިނަށް ރައްޔިތުން އެދިފައިވާ ގޮތައް އިތުރު ބަދަލެއް ގެނެސްދީ، އެއްގަމުތޮށި، ނޫނީ ކީވޯލް އޭގައި ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްގޮތަށް ހިމަނައިގެން މި މަޝްރޫޢު ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިސްކިތުގެ މަޝްރޫޢު ކުރިއަށް ދާއިރުގައި، ހިނަވާގެ އެއްވެސް އެއާ ގުޅުވައިލައިގެން ހިމެނިގެންދާނެ ގޮތަށް، ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޞިއްޙީ މަރުކަޒުގެ މަޝްރޫޢު

މިހާރު ބޭނުން ކުރަމުންދާ މަރުކަޒުގެ ބަދަލުގައި، މިއަދު މިފެށި މަޝްރޫޢު ކުރިއަށް ގެންދާނީ، އިތުރު ޑިޒައިނަށް، ސްކޯޕަށް، ބަދަލުތަކެއް ގެނެސްގެން ފުލްފުލެޖް، ވަކި މަރުކަޒެއްގެ ގޮތުގައި ހެދިގެންދާގޮތަށް، ދެބުރިއަށް ނެގިފައި ހުންނަ އިމާރާތެއް ގޮތަށް، އެތަނަށް މިހާރު ހުރި މަރުކަޒުގެ މަސައްކަތްތައްވެސް ބަދަލުކުރެވި، އިތުރު ޖާގަ ލިބޭ، ވަކި އާ އިމާރާތެއްގެ ގޮތުގައި އެޅިގެންދާގޮތަށް، ރައްޔިތުން އެދޭ، އުންމީދު ކުރާ މިންވަރަށް ހެދިގެންދާނެ މަރުކަޒެއް ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވޮލީކޯޓު ކަމަށް ވިޔަސް، ފުލުހުންގެ މަރުކަޒު ކަމުގައިވިޔަސް، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކަމުގައިވިޔަސް، އަދި ފުޓްބޯޅަ ދަނޑުގެ ޓްރެކް އެޅުން ކަމުގައިވިޔަސް، މިއިން ކޮންމެ ކަމަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްގޮތަށް ކުރިއަށްދާނެ ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޓްރެކުގެ މަސައްކަތް ނިމިގެންދާއިރުގައި، ދަނޑުގައި ލައިޓުވެސް ހަރުކުރެވި، ރޭގަނޑު ކުޅެވޭ ގޮތަށް ބަދަލުވެގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ސްކޫލް މަސައްކަތް

މިހާރު އަލުން ފެށިގެން، ބާކީހުރި މަސައްކަތްތައް ވަރަށް ހަމަ ރިސޯސް ވައިސް، އަދި ހުރިހާ ގޮތަކުންވެސް އިތުރު ކޮށްދީގެން އަވަހަށް، ބާރު ސްޕީޑުގައި ގެންގޮސްދީ، މި އަންނަ ދިރާސީ އަހަރަށް، އެ ކްލާސް ރޫމްތަކުގެ އިމާރާތް ބޭނުން ކުރެވޭ ގޮތަށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މަލްޓިޕާޕަސް ހޯލް

އާ މަޝްރޫޢެއް ގޮތުގައި، މަލްޓި ޕަރޕަސް ހޯލެއް އެޑްވެގެންދާނެ.

ކްލާސްރޫމްތައް އޭސީ ކުރުރުން

ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް އަދި ސްޓާފުން ބޭނުންކުރާ ޖާގަތައް އޭސީ ކުރުމުގެ ޕްރޮގްރާމެއް ހިންގަމުންދާ ކަމަށާއި އޭގެތެރެއިން ފެންފުށީގެ ހުރިހާ ކްލާސްރޫމްތަކެއްވެސް، ކުދިން ބޭނުންކުރާ ތަންތަނާއި، ސްޓާފުން ބޭނުންކުރާ ތަންތަން އެއީ އޭސީވާނެ ތަންތަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނަރުދަމާ

އައުޓްފްލޯރ އޮންނަ ލޮކޭޝަން، ސަރަޙައްދު ބަދަލުކުރުމާ އެކު ނަރުދަމާގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

- ކޮމެންޓް