Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ޞާލިޙު

އެންމެން ނިކުމެ މިކަން ހަމަ މަގަށް އަޅުވަން ވެއްޖެ، އަޅުގަނޑު ވެސް ނިކުންނާނަން: ރައީސް އިބޫ

2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:38

ރައީސް އިބޫ ވިދާޅުވީ، ގަދަވެ ސަލާމަތު ހުރެއްޖެ ނަމަ، ހުކުރު ދުވަހު އޮންނަ އެއްވުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 07:38
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުކުރު ދުވަހު ބާއްވާ ލޫޓުވައިފި އެއްވުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، ކަންބޮޑުވުންތައް ހުރި އެންމެން ވެސް އެއްވުމުގައި ބައިވެރުވުމަށް އެދޭ ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ، ގަދަވެ ސަލާމަތު ހުރެއްޖެ ނަމަ، ހުކުރު ދުވަހު އޮންނަ އެއްވުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކަންބޮޑުވުންތައް ހުރި ހުރިހާ ބޭފުޅުން ވެސް ވަޑައިގެން، އެއްވުމުގައި އެ ޝުއޫރުތައް ފާޅު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ. އެމްޑީޕީ އިން ކުރަމުން އަންނަ މަސައްކަތުން މިހާރު ވެސް ސަރުކާރަށް އަޑު އިވިއްޖެ ކަަމަށާއި، އަދިވެސް ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވެން އޮތް ކަމަކީ ޤާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ގޮތަށް ކަން ކުރުން ކަަމަށް ރައީސް އިބޫ ވިދާޅުވި އެވެ.

ހަމަ އެހެންމެ ޤާނޫނު އަސާސީގައި އެ ބުނާ ބާރު އަބަދު ވެސް އޮންނާނީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި، މިހާރު މިއީ އެ ބާރު ރައްޔިތުންގެ އަތް މައްޗަށް ނަގަން ޖެހޭ ވަގުތު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް އިބޫ ވަނީ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ކަންތައްތަކަކީ ހަމައެކަނި ސިޔާސީ މީހުންގެ އަތް މައްޗަށް ދޫކޮށްލައިގެން ތިބޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް އިބޫ ވިދާޅުވި އެވެ. ރައީސް އިބޫ ވިދާޅުވީ އެންމެން ނިކުމެ މިއަދު މި ޤައުމު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ.

އިދާރަ ކުރެއްވިއްޔާ އަޅުގަނޑު ސަލާމަތުން ހުރިއްޔާ އަޅުގަނޑު ބައިވެރި ވާނަން. އަޅުގަނޑު އެދެން އެމްޑީޕީގެ އަދި މި ކަންބޮޑުވުން އޮތް ހުރިހާ ބޭފުޅުން ވަޑައިގެން އެ ޝުއޫރުތައް ފާޅުކޮށް ސަރުކާރަށް އެ އަޑު އިއްވަން. މިހާރު ވެސް އިވެމުން އެބަ ދޭ މި ކުރެވުނު މަސައްކަތުން. އެހެންވީމާ އަދި ވެސް އަދި ވެސް، ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި، ޖަވާބުދާރީ ކުރުމަށްޓަކައި މިއަދު ކުރެވެން އޮތް ކަމަކީ މިހާރު އަޅުގަނޑު ދެކޭ ގޮތުގައި ޤާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި އެ ބުނާ ގޮތަށް ރައްޔިތުންގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމާއި، އެ ބާރު އަބަދު ވެސް ދެމި އޮންނާނީ ރައްޔިތުންގެ އަތް މަތީގައި ކަމަށް ވާތީ އެ ބާރު މިވަގުތު ރައްޔިތުންގެ އަތް މައްޗަށް ނަގަން ޖެހިއްޖެ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. ސިޔާސީ ކަންތައްތަކަކީ ހަމަ އެކަނި ސިޔާސީ މީހުންގެ އަތް މައްޗަށް ދޫކޮށްލައިގެން ތިބޭ ވަރަށް ވުރެ މިއަދު މި ޤައުމުގެ ޙާލަތު ނާޒުކު ވެއްޖެ. އެންމެން ނިކުންނަން ޖެހިއްޖެ. އެންމެން ނިކުމެ މިކަން ހަމަ މަގަށް އަޅުވަން އެބަ ޖެހޭ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ހުއްޓި، ތަރައްޤީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުންގެ އަސާސީ ހައްޤުތައް ނިގުޅައިގެންފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން އެއްވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ އެއްވުމުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ސަރުކާރަށް އަޑު އިއްވުމަށް އެމްޑީޕީ އިން އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުލޫޓުވައިފި, ލޫޓުވައިފި އެއްވުންލޫތުވައިފިމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
09 އޮކްޓޯބަރު 2025

ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް

09 އޮކްޓޯބަރު 2025
ކުނބުރުދޫގައި ރައީސް ހުޅުވައި ދެއްވި ފުޓުބޯޅަ ދަނޑަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް