Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ލޫޓުވައިފި ލޫޓުވައިފި" އެއްވުން

"ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް ނޭޅުމަށް އެމްޑީޕީ އިން ފުލުހުންނަށް ގޮވާލައިފި

މިހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އެޕާޓީން ދިވެހި ރައްޔިތުންނަށް އެމްޑީޕީން އަރުވާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 13:42
އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ސައިކަލު ބުރު

އޮކްޓޫބަރު 3 އަށް ތައްޔާރު ވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ސައިކަލު ބުރު

އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށާއި އެއްވުމަށް ހުރަސް ނޭޅުމަށް އެމްޑީޕީ އިން ފުލުހުންނަށް ގޮވާލައިފި އެވެ.

ބުދަ ދުވަހު އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތައްޔާރުވަމުންދާ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އެޕާޓީން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ އެ ޕާޓީން ބައްދަލުކޮށްފައިވާނެ ކަމަށާއި، އަދި ހަމަ އެ ދުވަހު އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެ ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވާނެ ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ފުލުހުންނަށް ވަނީ ގޮވާލާފަ އެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ގޮވާލާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ފުލުހުންގެ މި މުޑުދާރު އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވާ ކަމަށާއި މި އެއްވުމަކީ ޕީއެންސީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ މުއިއްޒުގެ އަތް ދަށަށް ގެނެސް، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ރާވައިގެން ހިންގޭ ސުލްހަވެރި ހަރަކާތެއް ކަމަށް އެމްޑީޕީން ބުންޏެވެ.

މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައިވަނީ ޕީއެންސީ ސަރުކާރުގެ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަން ސާފުވާ ހިނދު، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ އެ ޕާޓީއިން ކުށްވެރިކުރާ ކަމެއް ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީމޯލްޑިވްސް ޕޮލިސް ސަރވިސްމުއިއްޒުޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު