Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ

ސަރުކާރެއް ބޭނުންކޮށްގެން ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހިންގަވާ ބޭފުޅަކީ މުއިއްޒު: އާޒިމް

ސަރުކާރުގެ ކޮރަޕްޝަން އާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ނުބަލާ ކަމަށް އާއްމުން ދަނީ ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ސެޕްޓެމްބަރު 2025 | އަންގާރަ 13:58
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ރާއްޖެއެމްވީ އަށް ބަސްތީގަތުމެއް ދެއްވަނީ 30.09.2025

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ރާއްޖެއެމްވީ އަށް ބަސްތީގަތުމެއް ދެއްވަނީ 30.09.2025

ސަރުކާރެއް ބޭނުންކޮށްގެން ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހިންގަވާ ބޭފުޅަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެންސްޕާގެ ފައިސާއިން އެމްއެމްޓީވީ އުފެއްދިކަމުގެ ތުހުމަތުކުރެވޭތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރުމަށް އޭސީސީ އަށް މައްސަލަ ހުށަހެޅުމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

މިއަދު މިނިވަން މުއައްސަސާތައް މިނިވަން ނޫންކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އަބަދު ވެސް ފެންނަނީ ނިމޭ ސަރުކާރެއްގެ ނުވަތަ ބާރު ނެތް ބައެއްގެ މައްސަލަތައް ނަގައިގެން މިނިވަން މުއައްސަސާތަކުން އެ މައްސަލަތައް ކުރިއަށް ގެންދާ މަންޒަރު ކަމަށެވެ.

" މުއިއްޒު ވަކިން ޚާއްސަކޮށް ވަޒީރުކަމުގައި އާއި މޭޔަރުކަމުގައި ހުންނެވި އިރު ކޮށްފައި ހުރި ވައްކަންތައް އިންތިހާ އަށް އެބަ ހުރި. އެކަންކަން މިއަދު މުއައްސަސާތަކުން ވެސް މިނިސްޓްރީން ވެސް ސިޓީ ކައުންސިލުން ވެސް ބަލާފައި ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ އެންމެ މުހިންމު ކަންތައް." އާޒިމް ވިދާޅުވިއެވެ.

އެކަމާއި ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގައި، މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު ވެސް ވަރަށް ބައިވަރު ވައްކަންތައް ހިންގާފައިވާ ކަމަށެވެ. އަދި އެކަންކަން ބެލެން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އަށް ވުރެ ބޮޑަށް ކޮރަޕްޝަން ހިންގާ، ވައްކަން ކޮށްފައިވާ އެއްވެސް މީހެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް ވަޒީރަކަށް ވެސް ނުހުންނާނެކަން ޔަޤީންވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ފަރާތްތަކުންނާއި އިދިކޮޅު ޕާޓީ އެމްޑީޕީ ހިމެނޭހެން ސަރުކާރުގެ ކޮރަޕްޝަން އާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ނުބަލާ ކަމަށް ބުނެ އާއްމުން ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް މުއިއްޒުއަލީ އާޒިމްއޭސީސީކޮރަޕްޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު