Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން-އިސްރާއީލު

ދެ ދައުލަތުގެ ހައްލު ހޯދުމަށް އދ އިން ތާއީދު ކުރާ ޕްލޭންގައި ޕެލެސްޓައިން އޮތޯރިޓީ އަށް އޮންނާނީ ކޮން ދައުރެއް؟

ފަލަސްތީނާއި އިސްރާއީލް މައްސަލައިގައި ދެ ދައުލަތުގެ ހައްލަކަށް އދ. އިން ތާއީދުކުރާ ޕްލޭނެއް އެކުލަވާލައިފިއެވެ. މި 7 ސަފުހާގެ ޕްލޭނުގައި ޕެލެސްޓައިން އޮތޯރިޓީގެ ދައުރު ބަޔާންކޮށްފައިވާއިރު، ހަނގުރާމަ ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައިވެއެވެ.

ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 17:58
ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް

ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް

އދ. އިން ތާއީދު ކޮށްފައިވާ އިސްރާއީލާއި ފަލަސްތީނުގެ ދެމެދު ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރިއަށް ގެންދިއުމަށް އެކުލަވާލެވިފައިވާ ޕްލޭންގައި މަހުމޫދު އައްބާސް ވެރިއަކަށް ހުންނަވާ ޕެލަސްޓައިން އޮތޯރިޓީއަށް އޮތް ޒިންމާތަކާއި ދައުރު ބަޔާންކޮށްފައިވެއެވެ.

މި 7 ޞަފްޙާގެ ޕްލޭނަކީ ޖުލައި މަހު އދ. ގައި ބޭއްވުނު ބައިނަލްއަޤްވާމީ ކޮންފަރެންސެއްގެ ނަތީޖާއެކެވެ. މި ކޮންފަރެންސް ބޭއްވީ ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުން އިސް ނަގައިގެންނެވެ. އެމެރިކާ އާއި އިސްރާއީލުން މި ކޮންފަރެންސް ބައިކޮޓްކުރިއެވެ.

އދ. އިން ތާއީދުކުރާ މި އިނީޝިއޭޓިވް އާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެމެދު ހޯމަ ދުވަހު ބޭއްވޭ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަކަށް ނުބެލެވެއެވެ.

އޭގެ ބަދަލުގައި، މި ދެ ފަރާތުން މަޝްވަރާ ކުރާނީ ހަނގުރާމަ ނިންމުމަށާއި، ބަންދުގައި ތިބި މީހުން ދޫކޮށްލުމަށާއި، އިސްރާއީލާއި ފަލަސްތީނު ސުލްޙަވެރިކަމާއެކު އެކުގައި ދެމި އޮތުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މަގުފަހިކުރުމަށް އަމާޒުކޮށް ވޭތުވެދިޔަ ހަފްތާގައި އަރަބި އަދި މުސްލިމު ޤައުމުތަކަށް ވޮޝިންގްޓަނުން ހުށަހެޅި 21 ނުކުތާގެ ސުލްޙައިގެ ޕްލޭނަކާ ބެހޭގޮތުންނެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ 193 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ސެޕްޓެމްބަރު 12 ގައި ދެ ދައުލަތުގެ ޕްލޭނަށް ތާއީދުކުރާ ޤަރާރެއް ފާސްކުރިއެވެ. މި ޤަރާރަށް 142 ވޯޓު ލިބުނުއިރު، 10 ވޯޓު ލިބުނީ އިދިކޮޅަށެވެ. އަދި 12 ޤައުމުން ވޯޓު ދިނުމުން ދުރުހެލިވިއެވެ.

އދ. އިން ތާއީދުކުރާ ޕްލޭނުގައި ބަޔާންކޮށްފައި ވަނީ "ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ނިންމަންޖެހޭ" ކަމަށާއި، އެމެރިކާ އާއި ގަތަރު އަދި މިޞްރުގެ މެދުވެރިވެގެން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށެވެ.

ޕެލަސްޓައިން އޮތޯރިޓީގެ ދައުރާ ޒިންމާ ތަކާ ބެހޭގޮތުން މި ޕްލޭނުގައި ބަޔާން ކޮށްފައިވަނީ:

  1. ޣައްޒާގައި ހަނގުރާމަ ހުއްޓުމަށްފަހު، ވަގުތީ އިދާރީ ކޮމިޓީއެއް ވަގުތުން އުފައްދަންވާނެއެވެ. މި ކޮމިޓީން ޣައްޒާގައި މަސައްކަތްކުރާނީ ޕެލަސްޓައިން އޮތޯރިޓީ ގެ ދަށުންނެވެ.
  2. ޕެލަސްޓައިން އޮތޯރިޓީގެ ދަޢުވަތަކަށް އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ތާއީދާއެކު، އެކަށީގެންވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ވަގުތީ ބައިނަލްއަޤްވާމީ މިޝަނެއް ފޮނުވުމަށް މި ޕްލޭނުން ތާއީދުކުރެއެވެ.
  3. މި މިޝަނުގެ މަސައްކަތް ބަދަލުވަމުންދާނީ އެ ވަގުތެއްގެ ހާލަތާ އެއްގޮތަށެވެ. މި މިޝަނުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެތެރޭގެ ސަލާމަތީ ޒިންމާތައް ޕެލަސްޓައިން އޮތޯރިޓީއަށް ބަދަލުކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ފަލަސްތީނު ދައުލަތާއި އެ ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދީ، އިސްރާއީލާއި ފަލަސްތީނަށް ސަލާމަތީ ގެރެންޓީތައް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ހަނގުރާމަ ހުއްޓުވުމާއި މުސްތަޤްބަލުގައި ވެވޭ ސުލްޙައިގެ އެއްބަސްވުމެއް މޮނިޓަރކުރުމެވެ. މިހުރިހާ ކަމެއްވެސް ކުރާނީ އެ ދެ ފަރާތުގެ ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމް ކުރުމާ އެކުގައެވެ.
  4. މި ޕްލޭނުން ގައި ގޮވާލާފައިވަނީ ޕެލަސްޓައިން އޮތޯރިޓީން އިތުބާރު ހުރި އިޞްލާޙީ އެޖެންޑާއެއް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމުކަމެވެ. މިކަމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބެންވާނެއެވެ. ޚާއްޞަކޮށް ޔޫރަޕިއަން ޔޫނިއަން އަދި އަރަބި ލީގުގެ އެހީތެރިކަން ލިބެންވާނެއެވެ. މި އިޞްލާޙީ އެޖެންޑާގައި އަމާޒުކުރަންވާނީ ހެޔޮ ވެރިކަމާއި، ހާމަކަން ބޮޑުކުރުމާއި، މާލީ ދެމެހެއްޓެނިވިކަމާއި، ރުޅިވެރިކަމާއި ނަފްރަތުގެ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ވިޔަފާރީގެ މާޙައުލާއި ތަރައްޤީއަށެވެ.
  5. ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އަހަރެއްގެ ތެރޭގައި އޮކިއުޕައިޑް ފަލަސްތީނު ޓެރިޓަރީގައި، އޭގެ ތެރޭގައި އިރުމަތީ ޖެރޫސަލަމްވްވެސް ހިމެނޭގޮތަށް، ޑިމޮކްރޮކްރެޓިކް އަދި ހާމަކަން ބޮޑު އާންމު އަދި ރިޔާސީ އިންތިޚާބުތަކެއް ބޭއްވުމަށް ވެފައިވާ ވަޢުދަށް މި ޕްލޭނުން މަރުޙަބާ ކިޔާފައިވެއެވެ. މި އިންތިޚާބުތައް ބާއްވާނީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ބެލުމުގެ ދަށުންނެވެ. މި އިންތިޚާބުތަކުން ފަލަސްތީނު ލިބަރޭޝަން އޯގަނައިޒޭޝަންގެ ސިޔާސީ ޕްލެޓްފޯމަށާއި، އެ ޖަމާއަތުން ވެފައިވާ ބައިނަލްއަޤްވާމީ ވަޢުދުތަކަށާއި، ކަމާގުޅޭ އދ. ގެ ޤަރާރުތަކަށް އިޙްތިރާމްކުރާ ފަލަސްތީނުގެ ފަރާތްތަކުގެ މެދުގައި ޑިމޮކްރެޓިކް ވާދަވެރިކަމަށް ފުރުޞަތު ދޭނެއެވެ. މި އިންތިޚާބުތަކުން އާ ޖީލެއްގެ އިންތިޚާބުކުރެވޭ ބަޔަކަށް ޒިންމާ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ޕެލަސްޓައިން އޮތޯރިޓީގެ ދަޢުވަތަކަށް، ޔޫރަޕިއަން ޔޫނިއަނުން އިންތިޚާބީ މަސައްކަތްތަކަށް ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ޒިންމާވެފައެވެ.
  6. އދ. އިން ތާއީދުކުރާ މި ޕްލޭނުގައި ފަލަސްތީނު އޮތޯރިޓީއަށް ސިޔާސީ އަދި މާލީ އެހީތެރިކަން ހޯދައިދިނުމަށް ހުށަހަޅާފައިވެއެވެ. މިގޮތުން އޮތޯރިޓީން އިޞްލާޙުތައް ކުރިއަށް ގެންދިއުމަށާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، އިޞްލާޙީ އެޖެންޑާ ތަންފީޒު ކުރުމަށާއި، އޮކިއުޕައިޑް ފަލަސްތީނު ޓެރިޓަރީ ގައި ޒިންމާތައް އަދާކުރުމަށް އެހީތެރިވެދޭނެއެވެ. މި ޕްލޭނުގައި އިތުރު ޤައުމުތަކުން މާލީ އެހީތެރިކަން އިތުރުކުރުމަށް ވަޢުދުވުމަށް ގޮވާލާފައިވެއެވެ. އަދި ވީހާވެސް އަވަހަކަށް ބައިނަލްއަޤްވާމީ ހިލޭ އެހީ ދޭ ފަރާތްތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައިވެއެވެ.

މަސްދަރު: ރޮއިޓާރސް

އިޒްރޭލް-ފަލަސްޠީންމަޙްމޫދު އައްބާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު