Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ފެންވެރުން

ހަށިގަނޑަށް ފައިދާ ބޮޑީ ރޭގަނޑު ނިދަމުން ފެންވެރުންތަ ނުވަތަ ހެނދުނު ހޭލައިގެން ފެންވެރުންތަ؟

ހެނދުނު ފެންވަރާ މީހުން އާންމުކޮށް ބުނާ ގޮތުގައި އެމީހުންނަށް ހޭލެވި، ސާފުތާހިރުވެ، ދުވަސް ފެށުމަށް ތައްޔާރުވެވެއެވެ. އަނެއްކޮޅުން ރޭގަނޑު ނިދުމުގެ ކުރިން ފެންވަރާ މީހުން ބުނާ ގޮތުގައި ނިދަން އޮށޯތުމުގެ ކުރިން ފެންވެރުމުން ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ޖަމާވެފައިވާ ހަޑި ތަކެތި ދޮވެލެވި، ހަށިގަނޑު ސާފުވެ، އަރާމުކޮށް ނިދާލެވެއެވެ.

ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 16:46
ފެންވަރާ މާގަނޑު

ފެންވަރާ މާގަނޑު

ބައެއް މީހުން ހެނދުނު ހޭލާ ގޮތައް އެންމެ ފުރަތަމަ ކަމަކަށް ފެންވަރަން އިސްކަން ދޭ އިރު އަނެއް ބައި މީހުންނަކީ ނިދުމުގެ ކުރިން ރޭގަނޑު ފެންވަރާ މީހުންނެވެ. މީގެ ތެރެއިން ރަނގަޅީ ކޮން ގޮތެއް ހެއްޔެވެ؟

ބައެއް މީހުންނަކީ ހެނދުނު ތެދުވާ ގޮތައް ރަނގަޅަށް ލޮލުން ނިދި ނުފިލަނީސް ފެންވަރަން ބޭނުންވާ މީހުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރާ ކަންތައްތަކުގެ ތެރޭގައި ފެންވެރުން ހިމެނެއެވެ. ހެނދުނު ފެންވަރާ މީހުން އާންމުކޮށް ބުނާ ގޮތުގައި، 10 މިނެޓު ވަންދެން ހޫނު ފެނުގެ ދަށުގައި ހުރުމުން އެމީހުންނަށް ހޭލެވި، ސާފުތާހިރުވެ، ދުވަސް ފެށުމަށް ތައްޔާރުވެވެއެވެ. އަނެއްކޮޅުން ރޭގަނޑު ނިދުމުގެ ކުރިން ފެންވަރާ މީހުން ބުނާ ގޮތުގައި ނިދަން އޮށޯތުމުގެ ކުރިން ފެންވެރުމުން ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ޖަމާވެފައިވާ ހަޑި ތަކެތި ދޮވެލެވި، ހަށިގަނޑު ސާފުވެ، އަރާމުކޮށް ނިދާލެވެއެވެ.

އެހެންވީމާ، އަހަރެމެންނަށް އެންމެ ފައިދާހުރީ ކޮން ގޮތެއްކަން ސައިންސްގެ ނަޒަރުން ބަލާއިރު ފެންނަނީ ކިހިނެއް ހެއްޔެވެ؟

ފެންވެރުމުން ހަށިގަނޑުގެ ހަމުގައި ހުންނަ ހަޑި، ދާ އަދި ތެޔޮ ފަދަ ތަކެތި ފިލުވައި ސާފު ކުރެވެއެވެ. މިއީ ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ބޭރުގައި ޖަމާވާ ތަކެއްޗެވެ. އަދި މީގެ އިތުރުން ވަށައިގެންވާ މާހައުލުން ގަޔަށް ވާސިލުވާ ނުސާފު ތަކެއްޗާއި، ކުނޑި ފަދަ ތަކެތި ގައިގައި ތަތްލާ ޖަމާވެއެވެ. ނިދަން އޮށޯތުމުގެ ކުރިން ފެން ނުވަރާނަމަ މި ތަކެތި ޖަމާވާނީ އެނދުގައި އަޅާފައި އޮންނަ ބެޑްޝީޓު މައްޗަށެވެ.

އަނެއްކޮޅުން ލޮލަށް ނުފެންނަ އެތައް ބާވަތެއްގެ ކުދި ކުދި މައިކްރޯބުތައް ހަމުގައި އުޅެއެވެ. ހަމުގެ އެއް އަކަ ސެންޓިމީޓަރަށް މައިކްރޮސްކޯޕެއްގެ އެހީގައި ބަލާލިޔަސް، އެކުޑަ ޖާގައިގެ ތެރޭގައި 10,000 އާއި އެއް މިލިއަން އާ ދެމެދުގެ އަދަދެއްގެ ބެކްޓީރިއާ އުޅޭތަން ފެންނާނެއެވެ. މި ބެކްޓީރިއާތައް ކާނާގެ ގޮތުގައި ބޭނުންކުރަނީ ހަންގަނޑުން ދާ ނުކުންނަ ކުދި ވިދު ތަކުގައި އުފެދޭ ތެލެވެ. ދާ އެއީ އޭގެ ޒާތުގައި އެއްވެސް ވަހެއް ހުންނަ އެއްޗެއް ނޫނެވެ. ހަމުން ނުބައިވަސް ދުވަން ފަށަނީ ސްޓެފިލޮކޮކަސް ފަދަ ބެކްޓީރިއާ ތަކުން އުފައްދާ މާއްދާ ތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންކަމުން، ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމަކީ އެންމެ ސާފުތާހިރު ގޮތްކަމަށް ހީވެދާނެއެވެ.

"ރޭގަނޑު ފެންވަރައިގެން ނިދަން އެ އޮށޯވެވެނީ ވަރަށް ސާފުތާހިރުކޮށެވެ. ނަމަވެސް ރޭގަނޑު ނިދީގައިވެސް ދާ ހިތްލާނެއެވެ،" ލެސްޓަރ ޔުނިވަރސިޓީގެ މައިކްރޯބައޮލޮޖިސްޓް ޕްރިމްރޯސް ފްރީސްޓޯން ވިދާޅުވިއެވެ.

ފްރީސްޓޯންގެ ބަހުން، ފިނި މޫސުމުގައި ވިޔަސް މީހަކު ރޭގަނޑު ނިދާފައި އޮންނަ އިރު ގާތްގަނޑަކަށް ދޮޅު ލީޓަރު ގެ ދާ ހަށިގަނޑުން ބޭރުވާނެއެވެ. އޭގެ އިތުރުން 50,000 އަށް ވުރެ ގިނަ ހަމުގެ ސެލްތައް ގައިން ވަކިވާނެއެވެ. މިފަދަ ސެލް ތަކަކީ މައިކްރޯބް އަށް ލިބޭ ކާނާގެ ވަސީލަތެކެވެ.

އެހެން ކަމުން ނިދަން އޮންނަ މީހަކު އެ އުފައްދަނީ ދަލާއި ގައިން ވަކިވާ ހަމުގެ ސެލްތައް އެކުލެވޭ ގޮތުން ކުދި މައިކްރޯބުތައް އާލާވާނެ މާޙައުލެކެވެ. އެއާ އެކު މީހާގެ ގައިގެ ހަމުގައި އުޅޭ ބެކްޓީރިއާ ތަކުން މި ތަކެތި ކައި، ކޮންމެ ވެސް މިންވަރަކަށް ހަށިގަނޑުގައި ނުބައި ވަސް އުފައްދާނެއެވެ. އެހެން ކަމުން ރޭގަނޑު ނިދުމުގެ ކުރިން ފެންވެރި ނަމަވެސް، ހެނދުނު ހޭލާއިރު ހަށިގަނޑުގެ ތާޒާކަން ގެއްލި ނުބައި ވަސް ދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފްރީސްޓޯން ވިދާޅުވިއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރޭގަނޑު ފެންވެރުމުން ފައިދާތައް ލިބޭނީ އެނދުގައި އަޅާ ބެޑްޝީޓް އަދި ބާލީހު އުރަ ފަދަ ތަކެތި ގަވާއިދުން ދޮވެ ބަދަލުކުރާ ނަމައެވެ. ބެކްޓީރިއާ ތަކަށް ބެޑްޝީޓް އާއި ބާލީހު އުރައިގައި ހަފްތާ އެއް ހާ ދިގު މުއްދަތުގައި ދިރި ތިބެވޭނެއެވެ. މީގެ އިތުރުން އެނދުމަތީގައި އެކި ބާވަތުގެ ފަންގަސް އާއި މައިކްރޯބް ތައް އިތުރުވެ އާލާވަމުން ދާނެއެވެ. ޚާއްޞަކޮށް ބާލީސް ފަދަ ތެތްކަން ހުންނަ އެއްޗެހީގައި މި މައްސަލަ ވަކިން ބޮޑުވާނެއެވެ. ފުރިހަމަ އަށް މަސައްކަތް ކުރާ ދިފާއީ ނިޒާމެއް ލިބިފައިވާ މީހުންނަށް މި މައިކްރޯބުތަކާ ކުރިމަތިލެވޭނެ ނަމަވެސް، ނޭވާހިއްލުން ފަދަ ބަލީގައި އުޅޭ މީހުންގެ ތެރެއިން 76% އަށް މަދުވެގެން އެއް ބާވަތެއްގެ ފަންގަސް އަށް އެލަރޖީވެއެވެ. އަދި ޓީބީ ނުވަތަ ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ފުއްޕާމޭގެ ބައްޔެއް ޖެހިފައިވާ މީހުންނަށް ދިގު މުއްދަތުގެ ފުއްޕާމޭގެ ބަލި ޖެހިދާނެއެވެ.

"ރޭގަނޑު ފެންވެރުމަށް ވުރެ ވެސް ރަނގަޅު ކަމަށް ސައިންސްވެރިން ބުނަނީ ގަވައިދުން ބެޑްޝީޓާއި ބާލީހު އުރަ ބަދަލު ކުރުމާއި އެނދު ސާފުކުރުން ކަމުގައި ވެދާނެ ކަމަށް އިނގިރޭސިވިލާތުގެ ހަލް ޔުނިވަރސިޓީގެ މައިކްރޯބައޯމްގެ ސީނިއަރ ލެކްޗަރަރ ހޮލީ ވިލްކިންސަން ވިދާޅުވިއެވެ. "އެއީ ރޭގަނޑު ފެންވަރައިގެން ނިދަން އޮށޯވި ނަމަވެސް، ބެޑްޝީޓް މަހެއްގެ މުއްދަތަށް ބަދަލު ނުކޮށް ބަހައްޓައިފި ނަމަ، އޭގައި ބެކްޓީރިއާ، ހަޑިމުޑުދާރު ތަކެތި އަދި ޖަރާސީމު ޖަމާވާނެތީއެވެ."

ކުނޑިފަދަ ތަކެއްޗަށް އެލަރޖީ ހުންނަ މީހެއްނަމަ، ބެޑް ޝީޓް ނުދޮވެ ގިނަ ދުވަސް ވުމުން އެލަރޖީގެ މައްސަލަ އިތުރުަށް ގޯސް ވާނެ ކަމަށް ވެސް ބެލެވެއެވެ. އަދި މީގެ އިތުރުން ހަމުގެ އިންފެކްޝަންތައް ޖެހުމުގެ ފުރުޞަތު އިތުރުވެދާނެ ކަމަށް ވެސް ބެލެވެއެވެ. - ނަމަވެސް މިކަމުގެ ހެކި ކަނޑައެޅިގެން ސާބިތުވެފައެއް ނުވެއެވެ.

ރޭގަނޑު ގަޑީގައި ފެންވަރާ މީހުން ބުނާ ގޮތުގައި އެކަމުން ރަނގަޅަށް ނިދުމަށް އެހީތެރިވެދެއެވެ. އަދި މިކަން ސާބިތުކޮށްދޭ ހެކިތަކެއްވެސް ވެއެވެ. މިސާލަކަށް، 13 ދިރާސާއެއްގެ ނަތީޖާތައް އަޅާކިޔާ ބެލި އެނަލިސިސްއަކުން ދައްކާގޮތުގައި، ނިދަން އޮށޯތުމުގެ ގަޑިއެއް ނުވަތަ ދެގަޑިއިރު ކުރިން 10 މިނެޓު ވަންދެން ހޫނު ފެނުން ފެންވެރުމުން ނިދިއައުމަށް ހޭދަވާ ވަގުތު މާބޮޑަށް ކުރުވެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ޖައްސާލުމަށްފަހު އަނެއްކާވެސް ތިރިކޮށްލުމަކީ ނިދުމަށް ތައްޔާރުވުމަށް ހަށިގަނޑަށް ދެވޭ ސާރކޭޑިއަން ސިގްނަލެއް ކަމުގައި ވުން އެކަށީގެންވެއެވެ. ނަމަވެސް މިކަން ޔަޤީންކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.

އެހެންކަމުން، ހެނދުނު ފެންވެރުންތޯ ނުވަތަ ރޭގަނޑު ފެންވެރުންތޯ އެންމެ ރަނގަޅީ މި ސުވާލުގެ ޖަވާބު ހޯދާ އިރު ފްރީސްޓޯން އިސްކަންދެނީ ހެނދުނު ފެންވެރުމަށެވެ. އެއީ އޭރުން ރޭގަނޑުގެ ނިދުމުގެ ތެރޭގައި ހަށިގަނޑުގައި ޖަމާވެފައިވާ ދަލާއި މައިކްރޯބުތައް ރަނގަޅަށް ދޮވެވި، ދުވަސް ފަށާއިރު ތާޒާކަމާއި ސާފުތާހިރުކަން ބޮޑުވާނެތީއެވެ.

ނަމަވެސް، ރޭގަނޑު ފެންވެރިޔަސް ނުވަތަ ނިދާ ހޭލައިގެން ފެންވެރިޔަސް ސިއްޙަތަށް މާބޮޑު ތަފާތެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި އެއީ އެމީހަކު ތާޒާ ކަމާއި ސާފުތާހިރު ކަމުގައި ހުންނަން ބޭނުންވާ ވަގުތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ބޮޑަށް ބެލެވެއެވެ.

"ދުވާލަކު އެއްފަހަރު ފެންވަރާ ނަމަ، ފެންވަރަނީ ދުވަހުގެ ކޮން ވަގުތެއްގައި ކަމާ މެދު ވިސްނުމުގެ މާބޮޑު މުހިންމުކަމެއް ނެތް ކަމަށް،" ވިލްކިންސަން ވިދާޅުވިއެވެ.

ޙަޤީޤަތުގައި، ހަށިގަނޑުގެ މުހިންމު ބައިތައް ދުވާލަކު އެއްފަހަރު ދޮވެ ސާފުކުރާނަމަ، ހަފުތާއަކު ދެފަހަރު ފެންވެރުން ވެސް ސިއްޙަތާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ފުދޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެން ނަމަވެސް ކުރާ މަސައްކަތުގެ ބާވަތުން މިސާލަކަށް ދަނޑުވެރިން ފަދަ މަސައްކަތްތެރިންނާއި ހޫނުގައި ގިނަ އިރު އުޅެން ޖެހޭ މީހުން ތަންކޮޅެއް އަވަސް އަވަހަށް ފެންވަރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއާ އެކު ތަޖުރިބާކާރުންގެ ނަޒަރުގައި މުހިންމު ކަމަކީ ނިދާ ތަނުގައި އަޅާ ތަކެތި ސާފުތާހިރު ކޮށް ބެހެއްޓުމެވެ.

މަސްދަރު: ބީބީސީ

ފެންވެރުންނިދުމުގެ އާދަތައްސާފުތާހިރުކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޚާނާ ތަށިމަތީ އިށީނދެގެން ބަލި އަރާނެތަ؟

ފާޚާނާ ތަށިމަތީ އިށީނދެގެން ބަލި އަރާނެތަ؟

16 އޮކްޓޯބަރު 2025
ނިދުން: ފައިދާ ހުރި ކަސްރަތެއް

ނިދުން: ފައިދާ ހުރި ކަސްރަތެއް

29 މެއި 2018
ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

27 މެއި 2018
ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

15 މެއި 2018
ބީޓާ ކެރޮޓީން- ހަށިގަނޑަށް ކިހާ މުހިއްމުތަ؟

ބީޓާ ކެރޮޓީން- ހަށިގަނޑަށް ކިހާ މުހިއްމުތަ؟

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު