Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ފަލަސްތީނު ރައްޔިތުންނަށް ތާއީދު ކޮށް ނިއުޔޯކު ގައި ބޭއްވި މުޒާހަރާ އެއްގައި ކޮލަމްބިއާގެ ރައީސް ބައިވެރިވުމުން އެމެރިކާ އިން އޭނާގެ ވިސާ ކެންސަލް ކޮށްފި

ވިސާ ބާތިލުކުރި ނަމަވެސް، ރައީސް ޕެޓްރޯ ވިދާޅުވީ އެކަމާ ކަންބޮޑު ނުވާ ކަމަށާއި، އެއީ އޭނާއަކީ މިނިވަނެއް ކަމަށް.

ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 08:17
އެމެރިކާގެ ނިއުޔޯކް ސިޓީގައި ފަލަސްތީނު ރައްޔިތުންނަށް ތާއީދު ކޮށް ބޭއްވި މުޒާހަރާ އެއްގައި ކޮލަމްބިއާގެ ރައީސް ޕެޓްރޯ ބައިވެރިވެވަޑައިގަންނަވަނީ - 26 ސެޕްޓެމްބަރު 2025

އެމެރިކާގެ ނިއުޔޯކް ސިޓީގައި ފަލަސްތީނު ރައްޔިތުންނަށް ތާއީދު ކޮށް ބޭއްވި މުޒާހަރާ އެއްގައި ކޮލަމްބިއާގެ ރައީސް ޕެޓްރޯ ބައިވެރިވެވަޑައިގަންނަވަނީ - 26 ސެޕްޓެމްބަރު 2025

އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމަށް ކޮލަމްބިއާ ގެ ރައީސް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ބޭއްވި މުޒާހަރާ އެއްގައި ބައިވެރިވެވަޑައިގަތުމުން އެމެރިކާ އިން އޭނާގެ ވިސާ ކެންސަލް ކޮށްފިއެވެ.

ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ހޮނިހިރު ދުވަހު ވަނީ އޭނާގެ ވިސާ ބާތިލުކުރުމަށް އެމެރިކާ އިން ނިންމި ނިންމުމާ މެދު ފާޑު ވިދާޅުވެ، އަދި ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ އާ މެދު އޭނާ ފާޅުކުރެއްވި ޚިޔާލުތަކާ ގުޅިގެން އެމެރިކާ އިން އެޅި ފިޔަވަޅުގެ ސަބަބުން އެމެރިކާ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ހުކުރު ދުވަހު ޕެޓްރޯ ނިއުޔޯކްގެ މަގުތަކަށް ނުކުމެވަޑައިގެން ފަލަސްތީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެ، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް އެމެރިކާގެ ސިފައިންނަށް ގޮވާލުމާ ގުޅިގެން އޭނާގެ ވިސާ ބާޠިލުކުރާނެ ކަމަށް އެމެރިކާ އިން ހަމަ އެ ދުވަހު ބުނެފައިވެއެވެ.

ކޮލަމްބިއާގެ ރައީސް ވިދާޅުވީ، ވިސާ ކެންސަލް ކުރިޔަސް އެކަމާ ކަންބޮޑު ނުވާ ކަމަށެވެ.

"އެމެރިކާ އަށް ދަތުރުކުރުމުގެ ވިސާ މިހާރަކު ނެތް. އަޅުގަނޑު އެކަމާ ކަންބޮޑެއް ނުވޭ. އަޅުގަނޑަށް ވިސާއެއް ބޭނުމެއް ނުވޭ... އެއީ އަޅުގަނޑަކީ ހަމައެކަނި ކޮލޮމްބިއާގެ ރައްޔިތެއް ނޫން، ޔޫރަޕްގެ ރައްޔިތެއް ވެސް މެ، އަދި އަޅުގަނޑު ޙަޤީޤަތުގައި ދެކެނީ އަޅުގަނޑަކީ ދުނިޔޭގެ މިނިވަން މީހެއްގެ ގޮތުގައި،" ޕެޓްރޯ ސޯޝަލް މީޑިއާގައި ބުނެފައެވެ.

އޭނާ އެކްސް ގައި ކުރެއްވި ޕޯސްޓު ގައި އިތުރަށް ވިދާޅުވީ، ނަސްލު ފޮހެލުމުގެ ޢަމަލުތަކާ މެދު ފާޑުކިޔުމުގެ ސަބަބުން ވިސާ ބާތިލު ކުރުމުން ދައްކުވައިދެނީ އެމެރިކާ އިން މިހާރު ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމް ނުކުރާކަން ކަމުގައެވެ.

އދ. ގެ 80 ވަނަ އާންމު މަޖިލީހުގައި ޕެޓްރޯ ދެއްކެވި ވާހަކަފުޅުގައި ފަލަސްތީނު ރައްޔިތުން ދިފާއު ކުރުމަށް ގައުމުތަކުން ގުޅިގެން ޚާއްސަ އަސްކަރީ ބާރެއް އުފެއްދުމަށް ގޮވާލެއްވިއެވެ.

ޣައްޒާ ގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު އާ ދެކޮޅު ހެދުމުގެ ގޮތުން ކޮލަމްބިއާ އިން ވަނީ އިސްރާއީލާ އެކު އޮންނަ ގުޅުން ވެސް ކަނޑާލާފައެވެ.

އިސްރާއީލުން ޣައްޒާ ގައި ހިންގާ ޢަމަލުތަކަކީ ލާއިންސާނީ ނަސްނު ނައްތާލުމުގެ އަމަލުތަކެއް ކަމަށް މުޅި ދުނިޔޭން ބުނަމުން ގެންދާއިރު ވެސް އިސްރާއީލުން އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށް، އެއީ އަމިއްލަ ދިފާޢުގައި ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ޣައްޒާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 65,000 މީހުން މަރުވެފައިވާ އިރު، އެ ސަރަޙައްދުގެ މުޅި އާބާދީ ވަނީ އެކި ފަހަރު މަތިން އެކި ތަންތަނަށް ހިޖުރަކުރަން މަޖުބޫރު ކޮށްފައެވެ.

މަސްދަރު: ރޮއިޓާރސް

އެމެރިކާ-ކޮލޮމްބިއާއިސްރާއީލް-ޣައްޒާގުސްޓާވޯ ޕެޓްރޯފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު