Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕް ޣައްޒާ އަށް ހުށަހަޅާ 21 ނުކުތާގެ ސުލްޙައިގެ ޕްލޭނުގެ ތަފްސީލުތައް ހާމަވެއްޖެ

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ހުށަހެޅި 21 ނުކުތާގެ ޕްލޭނުގައި ވާ ގޮތުން، މުޅި ޕްލޭން ބިނާވެފައި ވަނީ ޙަމާސް އިން އެ ފަރާތުގެ ހަތިޔާރުތައް ދޫކޮށްލައި ޣައްޒާ ދޫކޮށް ދިއުމަށް އެއްބަސްވުމުގެ މައްޗަށެވެ.

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 03:07
ސެޕްޓެމްބަރު 23، 2025 ގައި ނިއުޔޯކް ސިޓީގައި ޣައްޒާގެ ސުލްހައިގެ ޕްލޭން އާ ބެހޭ ގޮތުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

ސެޕްޓެމްބަރު 23، 2025 ގައި ނިއުޔޯކް ސިޓީގައި ޣައްޒާގެ ސުލްހައިގެ ޕްލޭން އާ ބެހޭ ގޮތުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާ 21 ނުކުތާގެ ޕްލޭނުގެ ތަފްސީލުތައް ހާމަ ވެއްޖެއެވެ.

މެދުއިރުމަތީގެ އަލް އަރަބިއްޔާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ މީޑިއާ އަށް ޕްލޭނުގެ ކޮޕީއެއް ވަނީ ލިބިފައެވެ.

މި ހުށަހެޅުން ޓްރަމްޕް ނިއު ޔޯކުގައި ޢަރަބި އަދި މުސްލިމު ޤައުމުތަކުގެ އިސް އޮފިޝަލުންނާ އެކު މިދިޔަ ހަފްތާ ގައި ބޭއްވި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނެވެ. މި މަޝްވަރާތަކާ އަހުލުވެރި ޑިޕްލޮމެޓުން ބުނާ ގޮތުގައި މި ޕްލޭނުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ބަންދުގައި ތިބި އެންމެން ދޫކޮށްލޮށްލުމާއި، ޣައްޒާގެ ބާރުތައް މަރުހަލާތަކަކަށް ބަހާލައިގެން ބަދަލުކުރުން ހިމެނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މި ޕްލޭނުގައި އިންސާނީ އެހީ އާއި، ސިޔާސީ ފަސޭހަތަކާއި، ސަލާމަތީ ގެރެންޓީތައް ތަރުތީބުކޮށްފައިވާ ގޮތުން މި ޕްލޭން ބަލައިނުގަތުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

ޕްލޭނުގެ މައިގަނޑު ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުން.
  • އެއްވެސް ޝަރުތަކާ ނުލައި ހަމާސް އިން ބަންދު ކޮށްފައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުން.
  • އެތައް ހާސް ފަލަސްޠީނު ގައިދީން ދޫކޮށްލުން، އޭގެ ތެރޭގައި ހަރުކަށި އަދަބު ތަންފީޒު ކުރަމުންދާ 100 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން ހިމެނޭ.
  • ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ތަކާއި އ.ދ. އިން ފޯރުކޮށްދޭ އިންސާނީ އެހީ ހުރަހެއްނެތި ޣައްޒާ އަށް ވަނުމަށް ހުއްދަދިނުން.

މީގެ އިތުރުން، މި ޕްލޭނުގައި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން ބަންދުކުރުމަށާއި، ވަކި މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ، ޢަރަބި ބާރަކުން ޙަމާސްގެ ހަތިޔާރުތައް ހޯދުމަށް ގޮވާލާފައިވެއެވެ. އޭގެ އިތުރުން ހަތިޔާރު ބަހައްޓާ ޣައްޒާ ދޫކޮށް ދިއުމަށް އެއްބަސްވާ ޙަމާސްގެ މެންބަރުންނަށް މަޢާފު ދެވޭނެއެވެ.

މި ރޯޑްމެޕްގެ ދަށުން، ޣައްޒާ ވަގުތީ ގޮތުން ހިންގާނީ ބައިނަލްއަޤްވާމީ، ޢަރަބި ސަލާމަތީ ބާރަކުންނެވެ. ފަލަސްޠީނު އޮތޯރިޓީ (ޕީއޭ) ގެ ދަށުން ފަލަސްޠީނު ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީން ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަން ބަލަހައްޓާނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕީއޭ އަށް ފުރިހަމަ ބާރު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ރައްކާތެރި އިންސާނީ ކޮރިޑޯތައް ގާއިމުކުރެވޭނެއެވެ. އަދި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް 5 އަހަރުގެ ތެރޭގައި ކުރިއަށްދާނެއެވެ. މި މަސައްކަތް ބަލަހައްޓާނީ ބައިނަލްއަޤްވާމީ އަދި ޢަރަބި ކޮންސޯޓިއަމްއަކުންނެވެ.

ޕްލޭން ގައިވާ ގޮތުން އިސްރާއީލުން ވެސްޓް ބޭންކް ހިސޯރު ކުރުން ހުއްޓުވުމަށް އެމެރިކާ އިން ގެރެންޓީ ދޭނެ އެވެ. އަދި ދެ ފަރާތުން ވެސް އިސްރާއީލާއި ފަލަސްޠީން އާ މެދުގައި ފައިނަލް-ސްޓޭޓަސް މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވާނެއެވެ.

މި ޑްރާފްޓުގައިވާ ގޮތުން، މުޅި ޕްލޭން ބިނާވެފައި ވަނީ ޙަމާސް އިން އެ ފަރާތުގެ ހަތިޔާރުތައް ދޫކޮށްލައި ޣައްޒާ ދޫކޮށް ދިއުމަށް އެއްބަސްވުމުގެ މައްޗަށެވެ.

އެމެރިކާގެ އިސް އޮފިޝަލުން ބުނާ ގޮތުގައި މި ރޯޑްމެޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓް ހައުސް އަށް ޒިޔާރަތް ކުރާއިރު އޭނާ އަށް ހުށަހެޅޭނެއެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޣައްޒާ ހަނގުރާމަ ޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު