Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ޣައްޒާގެ ވެރިކަމަށް ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ޓޯނީ ބްލެއަރ؟

ހަނގުރާމައަށް ފަހު ޣައްޒާގައި އުފައްދާ ވަގުތީ ވެރިކަމުގެ އިސް މަޤާމެއްގައި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ހުންނެވުން އެކަށީގެންވާ ކަމަށް މީޑިއާތަކުން ހާމަކޮށްފި. އެމެރިކާގެ އިސްނެގުމުގެ މަތިން ހިންގާ މި މަސައްކަތުގައި "ޣައްޒާ އިންޓަނޭޝަނަލް ޓްރާންސިޝަނަލް އޮތޯރިޓީ" ގެ ނަމުގައި މުއައްސަސާއެއް އުފައްދައި، ފަސް އަހަރު ގެ މުއްދަތަކަށް ޣައްޒާގެ ވެރިކަން އެ އޮތޯރިޓީން ކުރުމަށް ވަނީ ރޭވިފައި.

ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 16:37
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ

ހަނގުރާމަ އަށް ފަހު ޣައްޒާ ހިންގުމަށް އުފައްދާ ވަގުތީ ވެރިކަމުގައި އިސްދައުރެއް އަދާކުރައްވާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއަރ ކަމަށް ބެލޭ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއި ކަމާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާއެކު ހަނގުރާމައަށްފަހު ޣައްޒާގައި އުފައްދާ ވަގުތީ ވެރިކަމާ ގުޅޭ ގޮތުން ބްލެއަރ ވަނީ މަޝްވަރާ ކުރައްވާފައެވެ.

ބީބީސީ އާއި ދަ އިކޮނޮމިސްޓް މަޖައްލާގައި ބުނެފައިވާ ގޮތުގައި ޕްލޭނުގައި ހިމެނެނީ އދ އާއި ގަލްފު ޤައުމުތަކުގެ އެހީތެރިކަމާއެކު ބްލެއަރ އިސްކޮށް ހުންނަވައިގެން ވަގުތީ ވެރިކަން ހިންގުމެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2007 އިން 2015 އަށް މެދުއިރުމަތީގެ ސުލްޙަވެރިކަމުގެ މެދުވެރިއެއްގެ ގޮތުގައި ރަސްމީކޮށް މަސައްކަތްކުރެއްވި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ވަނީ ވަގުތީ ވެރިކަމުގެ ސުޕަރވައިޒަރީ ބޯޑު ގައި ހިމެނުނަށް އެދިވަޑައިގަނެފައެވެ.

އެމެރިކާގެ އިސްނެގުމުގެ މަތިން ހިންގާ ސުލްޙައިގެ މަސައްކަތުގައި ބްލެއަރގެ ބައިވެރިވުމާ ގުޅޭ ގޮތުން ފާއިތުވި ހަފްތާގައި އިސްރާއީލުގެ މީޑިއާތަކުން ހާމަ ކުރި ވާހަކަތަކާ ގުޅިގެން ބްލެއަރއާ ގާތް މަސްދަރުތަކުން ކަށަވަރުކޮށްދީފައި ވަނީ އޭނާ ކަމާ ބެހޭ ފަރާތްތަކާއެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެ މަސްދަރުތަކުން ފާހަގަކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން ދާއިމީކޮށް އެތަނުން ނެރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް އޭނާ ތާއީދު ނުކުރާނެ ކަމަށާއި، އަދި އެ ސަރަޙައްދަށް އުފައްދާ ކޮންމެ ވަގުތީ ވެރިކަމަކުން ވެސް އެންމެ ފަހުން ބާރުތައް ހަވާލުކުރާނީ ވެސްޓް ބޭންކުގެ ރާމަﷲގައި ހުންނަ ފަލަސްޠީނު އޮތޯރިޓީއާ ކަމަށެވެ.

ދަ އިކޮނޮމިސްޓްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި "ޣައްޒާ އިންޓަނޭޝަނަލް ޓްރާންޒިޝަނަލް އޮތޯރިޓީ" ގެ ނަމުގައި އުފައްދާ މުއައްސަސާއަކުން އދގެ މެންޑޭޓެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. އެއީ 5 އަހަރު ވަންދެން "އެންމެ މަތީ ސިޔާސީ އަދި ޤާނޫނީ އޮތޯރިޓީ" އެއްގެ ގޮތުގައި ޣައްޒާ އާ ބެހޭ މަސައްކަތް ކުރުމަށްފަހު ބާރުތައް ފަލަސްޠީނުގެ ރައްޔިތުންނާ ހަވާލުކުރާ ގޮތަށެވެ.

މި އޮތޯރިޓީގައި 25 މީހުންގެ ސެކްރެޓޭރިއެޓަކާއި 7 މެންބަރުންގެ ބޯޑެއް ހިމެނޭނެ ކަމަށް އެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި މި އޮތޯރިޓީ ފުރަތަމަ ޤާއިމު ކުރާނީ ޣައްޒާގެ ދެކުނު ސަރަޙައްދާ ކައިރި މިސުރުގައެވެ. އަދި ޣައްޒާގެ ރައްކާތެރިކަން ކަށަވަރު ވުމުން ޣައްޒާ އަށް އޮފީސް ބަދަލުކުރެވޭނެ އެވެ.

މޮސާޑު ގެ ކުރީގެ ވެރިޔާ ޔޮސި ކޯހެން ވަނީ ހުކުރު ދުވަހު ބީބީސީ ރޭޑިއޯ އަށް ދިން ބަޔާނެއްގައި މި ޚިޔާލަށް "ގަޔާވާ" ކަމަށް ބުނެ، ބްލެއަރ އަކީ "ވަރަށް ބަރާބަރު މީހެއް" ކަމަށް ބުނެފައެވެ.

"އޭނާ މި ބޮޑު ޒިންމާ ނަގަން ބޭނުންވާ ނަމަ، އަހަރެން ދެކޭގޮތުގައި... ޣައްޒާ އަށް އުއްމީދެއް އެބައޮތް،" އޭނާ އިތުރަށް ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި އޭނާ އަށް އެ ބުރަ ވަރަށް ވަރުގަދަ އަށް އުފުލޭނެ."

މިޒިންމާ ބްލެއަރ ނަންގަވާނަމަ 2003 ވަނަ އަހަރު އިރާގުގައި އެމެރިކާގެ އިސްނެގުމުގެ މަތިން ކުރި ހަނގުރާމައިގައި ބްލެއަރގެ ބައިވެރިވުމާ ގުޅިގެން އޭރު ކުރެވުނު ތުހުމަތުތަައް އަލުން ފެންމަތިވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހަނގުރާމައާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ރަސްމީ ތަޙްޤީޤަކުން ދައްކާފައިވަނީ ހަނގުރާމައިގައި ބައިވެރިވުމަށް ނިންމުމުގައި ބްލެއަރ ދެއްކެވި ސަބަބުތައް ބިނާކޮށްފައި ވަނީ ނުބައި އިންޓެލިޖެންސްގެ މައްޗަށް ކަމަށެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ބްލެއަރ ވަނީ އޯގަސްޓު މަހު ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމެއްގައި ޓްރަމްޕާއެކު ބައިވެރިވެ، ހަނގުރާމަ އަށް ފަހު ޣައްޒާއާ ގުޅޭ ރޭވުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

މަސްދަރު: އޭއެފްޕީ

ޓޮނީ ބްލެއަރޣައްޒާއިސްރާއީލް-ޣައްޒާފަލަސްތީނު އޮތޯރިޓީޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު