Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ޣައްޒާ

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރު ކުރަމުންދާ އުޅަނދުފަހަރަށް އެހީތެރިވުމަށް އިޓަލީން ދެވަނަ އަސްކަރީ އުޅަނދެއް ފޮނުވަނީ

ޣައްޒާގެ ކަނޑުގެ ހިސޯރު ނިމުމަކަށް ގެނައުމަށް 50 އަށްވުރެ ގިނަ އަމިއްލަ އުޅަނދު މަސައްކަތް ކުރަމުންދާއިރު، އިޓަލީގެ ދިފާއީ ވަޒީރު އެކްޓިވިސްޓުންނަށް ވިދާޅުވީ، އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކަށް އުޅަނދުތައް ވަނުމުން އެ އުޅަނދުތަކުގައި ތިބި އިޓަލީގެ ރައްޔިތުން ސަލާމަތް ކުރުމަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް.

ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 11:37
އިޓަލީގެ ޑިފެންސް މިނިސްޓަރު ނޭވީ ފްރިގޭޓް ފޮނުއްވީ ޣައްޒާ އަށް ދަތުރުކުރާ ފްލޮޓިލާ އަށް އެހީތެރިވުމަށް - ސެޕްޓެމްބަރު 24، 2025

އިޓަލީގެ ޑިފެންސް މިނިސްޓަރު ނޭވީ ފްރިގޭޓް ފޮނުއްވީ ޣައްޒާ އަށް ދަތުރުކުރާ ފްލޮޓިލާ އަށް އެހީތެރިވުމަށް - ސެޕްޓެމްބަރު 24، 2025

ޣައްޒާ އަށް އެހީ ހިފައިގެން ދަތުރުކުރަމުންދާ އުޅަނދުފަހަރަށް އެހީތެރިވުމަށް އިޓަލީން ދެވަނަ ކަނޑު އުޅަނދެއް ފޮނުވައިފިއެވެ.

އިޓަލީ ދެވަނަ އުޅަނދެއް ފޮނުވަން ނިންމީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އުޅަނދުފަހަރަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދެމުން ގެންދާތީ ކަމަށް އިޓަލީގެ ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) އިން 50 އާ ގާތްކުރާ އަމިއްލަ އުޅަނދުފަހަރު ބޭނުން ކޮށްގެން ދަތުރު ކުރަމުން ދަނީ އިސްރާއީލުން ޣައްޒާގައި އަޅާފައިވާ ކަނޑުގެ ހިސޯރު ނިމުމަކަށް ގެނައުމަށެވެ. މި ދަތުރުގައި ސުވިޑްން ގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބަރގް ހިމެނޭ ގޮތަށް ގިނަ ޤާނޫނީ ވަކީލުންނާއި އެކްޓިވިސްޓުން ބައިވެރިވެއެވެ.

"އަޅުގަނޑުމެން އެއް އުޅަނދު ފޮނުވައިފިން އަދި އަނެއް އުޅަނދު ދަތުރުމަތީގައި އެވަނީ، ކޮންމެ ކަމަކަށްވެސް ތައްޔާރަށް،" ކްރޮސެޓޯ ޕާލަމެންޓުގެ ތިރި ގޭގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިޓަލީން ފުރަތަމަ ފްރިގޭޓް ފޮނުވީ ބުދަ ދުވަހުއެވެ. އެއީ ބައިނަލްއަޤްވާމީ ކަނޑުގައި، ޖީއެސްއެފް އަށް ސްޓަން ގްރެނޭޑްތަކާއި ޑްރޯން ހަމަލާތަކެއް އަމާޒުވިކަމަށް ބުނި ވަގުތާ ދާދި ގާތްކޮށެވެ.

ޖީއެސްއެފް އިން މި ހަމަލާގެ ޒިންމާ އިސްރާއީލުގެ މައްޗަށް އަޅުވާފައިވެއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން މި ތުހުމަތަށް ސީދާ ޖަވާބެއް ނުދެއެވެ. ނަމަވެސް އިސްރާއީލުގެ ބަނދަރަކަށް އިންސާނީ އެހީ ގެންގޮސް، އިސްރާއީލުގެ އިދާރާތަކުން އެ ތަކެތި ޣައްޒާ އަށް ގެންދިއުމަށް ހަވާލު ކުރުމަށް ހުށަހަޅާ ކަމަށް ބުނާ ވާހަކަ ތަކުރާރު ކޮށްފައިވެއެވެ. އެހެން ނޫނީ ނަތީޖާ ގޯސްވާނެ ކަމަށް ބުނެފައިވެއެވެ.

ސްޕެއިން އިން ވެސް ވަނީ ފްލޮޓިލާ ހިމާޔަތް ކުރުމަށް ހަނގުރާމަމަތީ އުޅަނދެއް ފޮނުވަން ނިންމާފައެވެ.

އިޓަލީގެ ދިފާއީ ވަޒީރު ކްރޮސެޓޯ ދަތުރު ގައި ބައިވެރިވާ އެކްޓިވިސްޓުންނަށް އިންޒާރުދެއްވީ އިސްރާއީލުގެ ހިސޯރު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމުގައި އިސްރާއީލަށް ކުރިމަތިލާ ނުހެދުމަށެވެ. އަދި އެހީގެ ތަކެތި އިސްރާއީލާ ޙަވާލުކޮށް، ޣައްޒާގައި ހުރި ނަސޯރާ ފައްޅިއެއް މެދުވެރިކޮށް އެ ތަކެތި ބެހުމަށް އިޓަލީން ހުށަހަޅާފައިވާ ހުށަހެޅުން ޤަބޫލު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެން ޤައުމުތަކުގެ ސަރަޙައްދީ ކަނޑުތަކަށް ވަދެއްޖެނަމަ އިޓަލީ އަށް އިޓަލީގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމުގައެވެ.

ޖީއެސްއެފް އިން ބުރާސްފަތި ދުވަހު ހެނދުނު ބުނެފައި ވަނީ އެމީހުންގެ އުޅަނދުފަހަރު ދަތުރު ކުރަމުން ދަނީ ގްރީސްގެ ސަރަޙައްދީ ކަނޑުގައި މަޑު ދުވެއްޔެއްގައި ކަމަށާއި، ރޭގަނޑުގެ ވަގުތުތަކުގައި ޑްރޯން ހަރަކާތްތަކާ ކުރިމަތިވެފައިވާ ކަމަށާއި، "މިއަދުގެ ފަހު ވަގުތެއްގައި" ބައިނަލްއަޤްވާމީ ކަނޑަށް ނުކުތުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

މަސްދަރު: ރޮއިޓާރސް

ގުއިޑޯ ކްރޮސެޓޯއިސްރާއީލް-ޣައްޒާގްލޯބަލް ސުމުދު ފްލޯޓިލާޣައްޒާ ހިސޯރުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ރަފަޙް ގައި ތިބިި ހަމާސް ގެ ހަނގުރާމަވެރިން އަމާން ނުދޭނެ ކަމަށް ބުނެފި

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު