Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭންގު ކުށް

ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތު ނުދީ 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ހަދައިފި

ކުށްތައް ހުއްޓުވުމަށް ކޮންޓްރޯލްޑް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ހިންގުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 17:25
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކުގެ އާ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިފައި

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކުގެ އާ ގާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިފައި

ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތު ނުދީ 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ހެދި ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފިއެވެ.

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ފުލުހުން ޢަމަލުކުރާނެ އައު ގަވާއިދެއް ދިވެހި ފުލުހުންގެ ޚިދުމަތުން އެކުލަވާލައިފިއެވެ. މި ގަވާއިދަކީ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ގަވާއިދެކެވެ.

Advertisement - newsAdvertisement

މިދިޔަ މަހު ވުޖޫދަށް އައި ގަވާއިދުގެ ސަބަބުން ތަހުގީގީ ހާލަތްތަކުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ބާރު ލިބިގެންދާނެ އެވެ. މި އާ ގަވާއިދުގެ ދަށުން ހައްޔަރު ކުރެވޭ މީހާއަށް ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ހައްގު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވަގުތީ ގޮތުން ހަނި ކުރެވިދާނެ އެވެ. މި ބާރު ލިބޭނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއް ލިބިފައިވާ ބޭފުޅުންނަށެވެ.

އައު ގަވާއިދުގެ ދަށުން، ކުށްތައް ހުއްޓުވުމަށް ކޮންޓްރޯލްޑް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ހިންގުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ޤާނޫނީ ޙައްޤުތަކާއި، އެފަދަ މައްސަލަތަކުގައި ހިފެހެއްޓޭ މުދަލާމެދު ޢަމަލުކުރާނެ ގޮތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ގަވާއިދުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިދެއެވެ. ނަމަވެސް، ވަކި ޚާއްޞަ ހާލަތްތަކެއްގައި، 48 ގަޑިއިރަށް ވުރެ އިތުރުނުވާ ގޮތަށް، ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތު ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

އަދި ކުށުގެ މައްސަލަތަކުގައި ހިފެހެއްޓޭ މުދަލާމެދު ގޮތެއް ނިންމުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. މި ކޮމިޓީގައި މިނިސްޓްރީ އޮފް ފިނޭންސް، ފުލުހުންގެ ޚިދުމަތް، މީރާ، ކަސްޓަމްސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މެންބަރުން ހިމެނޭނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އުސޫލުތައް އެކަށައެޅުމެވެ.

ގެންގު ޖިނާޔަތްމޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްފިނޭންސް މިނިސްޓްރީޖޮއިންޓް އޮޕަރޭޝަންޤާނޫނީ ވަކީލު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު