Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިމެން އެންޑް ޑިމޮކްރަސީ

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން ވިމެން އެންޑް ޑިމޮކްރެސީން ކަންބޮޑުވުން ފާޅުކޮށްފި

ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިކޮށްލުމަށް ސަރުކާރުން އެޅި ފިޔަވަޅެއް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 08:21
މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރައިގެ ތެރެއިން

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރައިގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މީޑިއާ ބްރޯޑްކާސްޓިންގ ބިލާމެދު ވިމެން އެންޑް ޑިމޮކްރެސީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ނެތިކޮށްލުމުގެ މަގުސަދުގައި މިސަރުކާރުން ކުރި ފިނޑި އަމަލެކެވެ. އަދި މިއީ ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އަޅާ ނުރައްކާތެރި ފިޔަވަޅެއް ކަމަށް އެ ޖަމކިއްޔާއިން ފާހަގަ ކުރެއެވެ.

Advertisement - newsAdvertisement

ބިލު އެކުލަވާލުމުގެ މަރުހަލާގައި އެންމެ ބޮޑު އެއް މައްސަލައަކީ މަޝްވަރާގެ ދާއިރާ ހަނިކޮށްފައިވުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. އަދި ނޫސްވެރިންނާއި، މީޑިއާގެ ފަންނުވެރިންނާއި، މަދަނީ ޖަމްއިއްޔާތަކުގެ ހިޔާލު ހޯދުމެއްނެތި، އަވަސް އަވަހަށް ބިލު ފާސްކުރުމަށް މަސައްކަތްކޮށްފައިވާކަން ވިމެން އެންޑް ޑިމޮކްރެސީން ވަނީ ފާހަގަކޮށްފައެވެ. ބިލާއި މެދު ގިނަ ފަރާތްތަކެއް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ ކަންބޮޑުވުންތަކަށް ސަމާލުކަމެއް ދީފައިނުވާކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ގުޅިގެން ނޫސްވެރިންނާއި ޒުވާނުން ކުރި ސުލްހަވެރި އިހްތިޖާޖުތަކުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި ޒުވާނުންނާ ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާތި އެ ޖަމިއްޔާއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ޚާއްސަކޮށް އަންހެން ނޫސްވެރިންނާމެދު ފުލުހުން އަމަލު ކޮށްފައިވާ ގޮތާމެދު އެ ޖަމްއިއްޔާއިން ވަނީ ފާޅުކޮށްފައެވެ.

އަދި ނޫސްވެރިންނަށް ބިރުދެއްކުމާއި ދެމުންދާ މަރުގެ އިންޒާރުތަކަކީ ހަމައެކަނި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ދެވޭ ހަމަލާތަކެއް ނޫންކަމަށް ވިމެން އެންޑް ޑިމޮކްރެސީން ވަނީ ބުނެފައެވެ. މިއީ މުޅި ޑިމޮކްރެސީގެ އަސާސްތަކަށް ދެވޭ ނުރައްކާތެރި ހަމަލާއެއްކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ

ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ހަރަކާތްތަކުގައި އަންހެން ނޫސްވެރިން އަދާކުރަމުންދާ މުހިންމު ދައުރު ވިމެން އެންޑް ޑިމޮކްރެސީން ވަނީ ފާހަގަކޮށްފައެވެ. އަންހެން ނޫސްވެރިން މީޑިއާ ދާއިރާއަށް ގެނެސްދޭ ތަފާތު ނަޒަރިއްޔާތަކާއި، ޖެންޑަރ މައްސަލަތަކަށް އަލިއަޅުވާލުމުގައި އަދާކުރާ ދައުރުގެ މުހިންމުކަން އެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ވިމެން އެންޑް ޑިމޮކްރެސީން ވަނީ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ވަގުތުން އަނބުރާ ގެންދިއުމަށާއި، މި ބިލު ރައީސް މުއިއްޒު ތަސްދީޤުނުކުރުމަށް ގޮވާލާފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެސީގެ މައިގަނޑު ތަނބެއްކަމަށާއި، މި މިނިވަންކަން ހަނިކުރުމަކީ ޤައުމުގެ ޑިމޮކްރެޓިކް އަސާސްތަކަށް ދެވޭ ނުރައްކާތެރި ހަމަލާއެއްކަމަށް އެ ޖަމްއިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.

ވިމެން އެންޑް ޑިމޮކްރަސީމީޑިއާ ބްރޯޑްކާސްޓިންގ ބިލްމަޖިލީސްޕްރެސް ފްރީޑަމްމަދަނީ ޙައްޤުތަކުގެ ޖަމްޢިއްޔާތައްދުލާއި ގަލަމުގެ މިނިވަންކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު