Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް އަށް ހިތްވަރު ލިބޭ ކަމަށް ބުނެ، އދ ގެ ޤަރާރަށް އިސްރާއީލްގެ ނުރުހުން

އިސްރާއީލްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޔޯރެން މާމޯސްޓީން ބުނެފައި ވަނީ، އދ އިން ފާސް ކުރި ޤަރާރަކީ ހަމާސް ޖަމާއަތަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބޭނެ ޤަރާރެއް ކަމަށެވެ. އަދި އެ ޤަރާރަށް އިސްރާއީލް އިން މުޅިން ދެކޮޅު ހަދާ ކަމަށް ބުނެފައިވެ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީން ހަމާސް ނުހިމެނޭ ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ތާއީދުކޮށް ގަރާރެއް ފާސްކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 04:52
އދ ގެ ޖެނަރަލް އެސެމްބްލީގައި ނިއު ޔޯކް ޑެކްލަރޭޝަން ޤަރާރަށް ނެގި ވޯޓުގެ ނަތީޖާ

އދ ގެ ޖެނަރަލް އެސެމްބްލީގައި ނިއު ޔޯކް ޑެކްލަރޭޝަން ޤަރާރަށް ނެގި ވޯޓުގެ ނަތީޖާ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ދެ ދައުލަތުގެ ޙައްލު ހޯދުމަށް، އދ އިން ފާސް ކުރި ނިއު ޔޯކް ޑެކްލަރޭޝަން ޤަރާރަށް އިސްރާއީލް އިން ފާޑު ކިޔައިފި އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގައި ވަނީ އެ ޤަރާރު ފާސްކޮށްފަ އެވެ. ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން އިސް ނަގައިގެން ހުށަހަޅާފައިވާ އެ ޤަރާރު ފާސްކޮށްފައި ވަނީ 142 ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް 10 ޤައުމަކުން ވޯޓު ދިންއިރު، 12 ޤައުމަކުން ވޯޓުގައި ބައިވެރި ނުވެ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޔޯރެން މާމޯސްޓީން ބުނެފައި ވަނީ، އދ އިން ފާސް ކުރި ޤަރާރަކީ ހަމާސް ޖަމާއަތަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބޭނެ ޤަރާރެއް ކަމަށެވެ. އަދި އެ ޤަރާރަށް އިސްރާއީލް އިން މުޅިން ދެކޮޅު ހަދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ، އެ ޤަރާރުގެ ސަބަބުން ދައްކުވައި ދެނީ އދ ގެ ޖެނަރަލް އެސްމްބްލީ މުޅިން ހަޤީގަތާ އެއްކިބާވެ، ސިޔާސީ ސަހަރަކަށް ބަދަލުވެފައިވާވުން ކަމަށެވެ. އޭނާ ބުނީ ޣައްޒާ ހަނގުރާމަ ކުރިއަށް ދަނީ، ހަނގުރާމައިގެ ތެރޭގައި ހަމާސް އިން ރަހީނު ކޮށްފައިވާ މީހުން ދޫކޮށްލުމާއި، ހަތިޔާރު ދޫކޮށްލުމަށް އެ ޖަމާއަތުން އިންކާރު ކުރާތީކަން އެ ޤަރާރުގައި ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ހަމަ އެހެންމެ، އެ ޤަރާރުން ސުލްޙަވެރި ކަމަށް މަގު ފަހި ނުކުރާ ކަމަށާއި، އޭގެ ބަދަލުގައި އެ ޤަރާރުން ހަމާސް ޖަމާއަތަށް ހަނގުރާމަ އިތުރަށް ކުރިއަށް ގެންދިޔުމަށް ހިތްވަރު ލިބިގެން ދާ ކަމުގައި އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެ ޤަރާރުގައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު، ހަމާސް އިން އިސްރާއީލްގެ އާންމު ރައްޔިތުންނަށް ދިން ހަމަލާ ކުށްވެރި ކޮށްފަ އެވެ. އަދި އެ ދުވަހުގެ ހަމަލާ އަށް ފަހު، ހަމާސް އިން ރަހީނު ކޮށްފައިވާ އެންމެން ދޫކޮށްލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން އެ ޤަރާރުގައި ވަނީ، ހަމާސް ޖަމާއަތުން ޣައްޒާގެ ވެރިކަން ދޫކޮށްލުމަށާއި، ފަލަސްޠީނުގެ އޮތޯރިޓީ އަށް ހަތިޔާރުތައް ހަވާލު ކުރުމަށް ގޮވާލާ ކަމަށެވެ. މި ޤަރާރަކީ މިނިވަން އަދި އަމިއްލަ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމުގެ މަޤުސަދުގައި ހުށަހަޅާފައިވާ ޤަރާރެއް ކަމަށް ވަނީ ބަޔާން ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ހަމާސްޣައްޒާއދފަލަސްތީނުނިއު ޔޯކް ޑެކްލަރޭޝަންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު