Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޓަޔަަރމަންޓް އެލަވަންސް

މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ރައީސް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށް ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 01:14
 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށާއި، ރިޓަޔަރމަންޓް ޕެންޝަން އިނާޔަތްތަކަށް އިޞްލާޙު ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފި އެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށްޓަކައި، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާޙުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރެއްވުމަށްޓަކައި، ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިޞްލާޙުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޓަޔަަރމަންޓް އެލަވަންސްރައީސް މުޢިއްޒު

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2025

އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި

03 ސެޕްޓެމްބަރު 2025
އަލަށް ސޮއި ކުރި 11 ފަހުމުނާމާ ހިމަނައިގެން ޗައިނާ އާ އެކު މުއިއްޒު ސަރުކާރުން ސޮއި ކުރި ފަހުމުނާމާގެ އަދަދު 31 ށް އަރައިފި
30 ޖޫން 2025

ރާއްޖޭގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ މައްސަލައެއް: ރައީސް މުއިއްޒު

30 ޖޫން 2025
ރާއްޖޭގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ މިންވަރު ދަށްވުމަކީ މައްސަލައެއް: ރައީސް މުއިއްޒު
28 ޖޫން 2025

އެކިކަހަލަ ލުއިތަކާ އިސްތިސްނާތައް ދީގެން ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރަން ފަށަނީ

28 ޖޫން 2025
އެކިކަހަލަ ލުއިތަކާ އިސްތިސްނާތައް ދީގެން ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރަން ފަށަނީ
17 އެޕްރީލު 2025

ރާއްޖެ އައި ޓިކްޓޮކް ވަފުދާއި ރައީސް ބައްދަލުކުރައްވާ އެކުގައި މަސައްކަތް ކުރުމާއި މެދު މަޝްވަރާކުރައްވައިފި

17 އެޕްރީލު 2025
ރާއްޖެ އައި ޓިކްޓޮކް ވަފުދާއި ރައީސް ބައްދަލުކުރައްވާ އެކުގައި މަސައްކަތް ކުރުމާއި މެދު މަޝްވަރާކުރައްވައިފި
17 އެޕްރީލު 2025

ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް މުއިއްޒު އިރާދަކުރައްވައިފި ނަމަ ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެއްޖެ

17 އެޕްރީލު 2025
ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާ ރައީސް މުއިއްޒު އިރާދަކުރައްވައިފި ނަމަ ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު