Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިއަން ސުޕަ ކަޕް

ދިވެހި ސަޕޯޓަރުންނަށް އަގު ބޮޑުކޮށް ޓިކެޓު ވިއްކުމުގެ ކަންބޮޑުވުން

9 ސެޕްޓެމްބަރު 2025 | އަންގާރަ 04:22

ފުރަތަމަ މެޗުގައި ލަންކާ ސަޕޯޓަރުންގެ އަދަދު މަދުވުމުން، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަނީ އެކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެ މެޗުގައި ލަންކާގެ ސަޕޯޓަރުންނަށް ވުރެ ދިވެހި ސަޕޯޓަރުން ދަނޑުގައި ގިނަ ކަމަށާއި، މުޅި ދަނޑުގައި އޮތީ ދިވެހި ސަޕޯޓަރުންގެ އަޑު ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2025 | އަންގާރަ 04:22
ރާއްޖެ އިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން

ރާއްޖެ އިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ސަޕޯޓަރުން

ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ ވަނަ މެޗުގައި ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ނިކުންނައިރު، އެ މެޗުގެ ޓިކެޓު ރާއްޖޭގެ ސަޕޯޓަރުންނަށް އަގުބޮޑުކޮށް ވިއްކާ ކަމުގެ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ސުޕަ ކަޕްގައި ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އިން ވަނީ، 3-0 އިން ލަންކާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ އިން ލަންކާއާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ހަވީރު، 17:15 ގައެވެ.

ނަމަވެސް، ދެ ވަނަ މެޗަށް ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން އިން ރާއްޖޭގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާފައި ވަނީ 3000 ރުޕީސް އަށެވެ. އޭގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާފައި ވަނީ 1000 ރުޕީސް އަށެވެ. އެހެންކަމުން، ދެ ވަނަ މެޗަށް ލަންކާ ފެޑެރޭޝަން އިން ރާއްޖޭގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކީ 2000 ރުޕީސް ބޮޑު ކޮށެވެ.

އެކަމާ ގުޅިގެން ލަންކާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ދެ ވަނަ މެޗުގެ ޓިކެޓު ވިއްކާފައި ވަނީ ސީދާ ލަންކާ ފުޓުބޯޅަ ފެޑެރޭޝަންގެ މީހުން ކަމަށާއި، ޓިކެޓު ވިއްކަން އެމްބަސީގައި މަސަައްކަތް ކުރާ ފަރާތްތަކާ ހަވާލު ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ލަންކާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ދެ ވަނަ މެޗު ބަލަން ދާން ވެސް ބޭނުންވެ އެވެ. އެގޮތުން އާއިލާ ތަކުގައި ތިބި އެންމެން މެޗު ބަލަން ދާން ބޭނުންވާ ކަމަށާއި، ނަމަވެސް ޓިކެޓު އަގު ބޮޑު ކޮށްފައި ހުރުމުން އެކަމުގައި ބޮޑު އުނދަގޫ ތަކެއް ކުރިމަތިވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

ލަންކާ ފުޓުބޯޅަ ފެޑެރޭޝަން އިން ދިވެހި ސަޕޯޓަރުންނަށް ބޮޑު އަގުގައި ޓިކެޓު ވިއްކާފައިވާއިރު، ފުރަތަމަ މެޗުގައި ލަންކާ ސަޕޯޓަރުންގެ އަދަދު މަދުވުމުން، ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަނީ އެކަން ފާހަގަކޮށްފަ އެވެ. އެގޮތުން އެ މެޗުގައި ލަންކާގެ ސަޕޯޓަރުންނަށް ވުރެ ދިވެހި ސަޕޯޓަރުން ދަނޑުގައި ގިނަ ކަމަށާއި، މުޅި ދަނޑުގައި އޮތީ ދިވެހި ސަޕޯޓަރުންގެ އަޑު ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖެ އަތުން ބަލިވި ފުރަތަމަ މެޗަށް ފަހު ވާހަކަ ދައްކަމުން މުތައިރީ ބުނެފައި ވަނީ ދެ ވަނަ މެޗަށް ނިކުންނައިރު އެކަން ބަދަލުވާން ޖެހޭ ކަމަށާއި، ލަންކާގެ ގިނަ ސަޕޯޓަރުން ދަނޑަށް ވަންނަން ޖެހޭ ކަމަށެވެ. އެހެންވެ، ދެ ވަނަ މެޗުގެ ޓިކެޓު، ލަންކާ ފުޓުބޯޅަ ފެޑެރޭޝަން އިން އެ ޤައުމުގެ ސަޕޯޓަރުންނަށް ވިއްކާފައި ވަނީ އަގު ހެޔޮ ކޮށެވެ.

ސައުތު އޭޝިއަން ސުޕަރ ކަޕްގައުމީ ހޭންޑްބޯލް ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
23 ސެޕްޓެމްބަރު 2025

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާހު އަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

23 ސެޕްޓެމްބަރު 2025
ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާހު އަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް