Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ރޭނާގެ އިސްތިއުފާއާ ގުޅިގެން، ސްޓާމަރ ގެ ސަރުކާރަށް ބަދަލު ތަކެއް

ބޮޑު ވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ރޭނާ އިސްތިއުފާ ދެއްވުމާ އެކު، ސްޓާމަރ ވަނީ އެ މަގާމަށް ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ޑޭވިޑް ލެމީ އައްޔަން ކުރައްވައިފަ އެވެ. ލެމީގެ ބަދަލުގައި ފޮރިން މިނިސްޓަރުގެ މަގާމަށް ސްޓާމަރ ވަނީ، އިންޓީރިއަރ މިނިސްޓަރު އިވެޓް ކޫޕާ އައްޔަން ކުރައްވައިފަ އެވެ.

ބްރިޓިޝް ޕްރައިމް މިނިސްޓަރ ކީރ ސްޓާމާ ވަނީ އޭނާގެ ޑެޕިއުޓީ އެންޖެލާ ރޭނާގެ އިސްތިއުފާއާ ގުޅިގެން އައު ޑެޕިއުޓީއަކާއި ފޮރިން އަދި އިންޓީރިއާ މިނިސްޓަރުން އައްޔަންކޮށްފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 04:58
އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމެއްގައި ބޮޑު ވަޒީރު ސްޓާމަރ ބައިވެރިވެ ވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމެއްގައި ބޮޑު ވަޒީރު ސްޓާމަރ ބައިވެރިވެ ވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރގެ ސަރުކާރުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި، ބޮޑު ވަޒީރުގެ ނައިބު އެންޖެލާ ރޭނާ އިސްތިއުފާ ދެއްވުމާ އެކު، ސަރުކާރަށް ބޮޑެތި ބަދަލު ތަކެއް ގެނެސް، މަސައްކަތް ކުރާނެ އައު ގޮތްތަކެއް ސްޓާމަރ ކަނޑައަޅުއްވައިފި އެވެ.

ބޮޑު ވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ރޭނާ އިސްތިއުފާ ދެއްވުމާ އެކު، ސްޓާމަރ ވަނީ އެ މަގާމަށް ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ޑޭވިޑް ލެމީ އައްޔަން ކުރައްވައިފަ އެވެ. ލެމީގެ ބަދަލުގައި ފޮރިން މިނިސްޓަރުގެ މަގާމަށް ސްޓާމަރ ވަނީ، އިންޓީރިއަރ މިނިސްޓަރު އިވެޓް ކޫޕާ އައްޔަން ކުރައްވައިފަ އެވެ.

މީގެ އިތުރުން ކޫޕާ ހުންނެވި މަގާމަށް ވަނީ، ޖަސްޓިސް ސެކްރެޓަރީ ޝަބާނާ މަހްމޫދު އައްޔަން ކުރައްވައިފަ އެވެ. މި ތިން ބޭފުޅުންނަކީ ވެސް، ސަރުކާރުގައި ބޮޑު ވަޒީރު ސްޓާމަރ އެންމެ އިތުބާރު ކުރައްވައި، އަދި އޭނާގެ އެންމެ އަރިސް ތިން ބޭފުޅުން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

ބޮޑު ވަޒީރުގެ ނައިބު ކަމުގެ މަގާމުން ރޭނާ އިިސްތިއުފާ ދެއްވާފައި ވަނީ، އޭނާއާ ގުޅޭ ޓެކްސްގެ މައްސަލައާ ގުޅިގެންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ މިނިވަން ލަފާ ދޭ ފަރާތަކުން ވަނީ، މިނިސްޓީރިއަލް ކޯޑް އާއި ރޭނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. އެއާއެކު ރޭނާ ވަނީ، 40،000 (ސާޅީސް ހާސް) ޕައުންޑުގެ ޓެކްސް ދެއްކުމުގައި މައްސަލަ ޖެހިފައިވާ ކަމަށް ޤަބޫލު ކުރައްވައި، އެކަމަށް މައާފަށް އެދިވަޑައިގެން، މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ރޭނާގެ އިސްތިއުފާއާ ގުޅިގެން ބޮޑު ވަޒީރު ސްޓާމަރގެ ސަރުކާރަށް ގެންނަން ޖެހުނު ކުއްލި ބަދަލުތަކާ ގުޅިގެން، ސްޓާމަރ ވަނީ ސަރުކާރުގެ ލީޑަރޝިޕް އަލުން ބައްޓަން ކުރައްވައި، އޭނާ ނިސްބަތް ވެވަޑައިގަންނަވާ ލޭބަރ ޕާޓީ އަށް ގެއްލެމުންދާ އިތުބާރު އަލުން ހޯދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

އެގޮތުން ސަވަންތާ ޕޯލިމް ފާމްގެ ރިސާޗް ޑިރެކްޓަރު ކްރިސް ހޮޕްކިންސް ފާހަގަ ކޮށްފައިވާ ގޮތުގައި، މިވަގުތު ވެރިކަން ކުރަމުން އަންނަ ލޭބަރ ޕާޓީ އަށާއި، ބޮޑު ވަޒީރު ސްޓާމަރގެ ސަރުކާރަށް ދިމާވެފައިވާ މައިގަނޑު މައްސަލަ އަކީ، އެ މީހުންގެ މަޤުސަދު އަދި ސިޔާސަތުތައް ސާފުކޮށް ބަޔާންކޮށް، އެކަން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް ސްޓާމަރ ވަޑައިގެންނެވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ބޮޑު ވަޒީރު ކަމުގެ މަޤާމަށް ސްޓާމަރ ވަޑައިގެންނެވީ ގިނަ ކަންތައްތަކެއް އިސްލާހުކޮށް، ޚަރުދަނާ ގޮތެއްގައި ސަރުކާރު ހިންގަވާނެ ކަމުގެ ވައުދާ އެކު އެވެ. ނަމަވެސް، ސަރުކާރުގެ ޚަރަދުތަކާއި، ޓެކްސްއާ ގުޅޭ ނިންމުންތަކުގައި ބޮޑު ވަޒީރު ސްޓާމަރ އަށް ދަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވަމުންނެވެ.

މަސްދަރު: ރޮއިޓަރސް

ކިއަ ސްޓާމާއެންޖެލާ ރޭނަރޓެކްސް މައްސަލައިނގިރޭސިވިލާތްޑޭވިޑް ލެމީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު