Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު-އިސްރާއީލް

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްކި ވާހަކަތައް މިސުރާއި ޤަތަރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން އެހެން ތަންތަނަށް ބަދަލުކުރުމަށް ނަތަންޔާހޫ ދެއްކި ވާހަކަތައް މިސްރާއި ޤަތަރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނެރުމަކީ ހުރަސް ނުކުރެވޭނެ "ރަތް ރޮނގެއް" ކަމަށް ދެ ޤައުމުންވެސް ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 02:06
2025 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ޣައްޒާގެ ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ބައެއްގެ އާއިލާ މީހުން ހިތާމަ ކުރަނީ

2025 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު ޣައްޒާގެ ޣައްޒާ ސިޓީއަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި ބައެއްގެ އާއިލާ މީހުން ހިތާމަ ކުރަނީ

ފަލަސްތީނުގެ ރައްޔިތުން، ރަފާހް ކްރޮސިންގް ތެރެއިން ނަމަވެސް އެހެން ތަންތަނަށް ބަދަލުކުރުމާ ގުޅޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް މިސްރާއި ޤަތަރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ހުކުރު ދުވަހު މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މި ވާހަކަތައް ސިފަކޮށްފައި ވަނީ "ސަރަހައްދުގައި ހަމަ ނުޖެހުން ދިގުދެންމުމާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުން ގެންދާ ގާނޫނާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކުމަށް ކުރެވޭ ދެމިގެންދާ މަސައްކަތްތަކުގެ" ބައެއްގެ ގޮތުގައެވެ.

އިސްރާއީލުގެ ޓެލެގްރާމް ޗެނަލް އަބޫ ޢަލީ އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ "ޣައްޒާ އަލުން ބިނާ ކުރުމަށް ތަފާތު ޕްލޭންތަކެއް" ހުރި ކަމަށާއި، އެ ގޮތުން އެތަނުގެ "އާބާދީގެ ދެބައިކުޅައެއްބައި ޣައްޒާ ދޫކޮށް ދާން ބޭނުންވާ" ކަމަށެވެ. އަދި މިއީ "މަޖުބޫރުން ބަޔަކު ނެރުމެއް" ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"އަހަރެންނަށް އެމީހުންނަށް ރަފާހް ކްރޮސިންގ ހުޅުވައި ދެވިދާނެ، އެކަމަކު މިސްރުން ވަގުތުން އެތަން ބަންދު ކުރާނެ،" އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫގެ މި ވާހަކަތަކާ ގުޅިގެން މިސްރުގެ ފޮރިން މިނިސްޓްރީން ވަނީ "ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނުވަތަ ބިރުދައްކައިގެން ނެރުމާމެދު ކެނޑިނޭޅި ދެކޮޅުހަދާ" ކަން އަލުން ތަކުރާރުކޮށްފައެވެ.

"މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ކަނޑައެޅިގެން ޚިލާފުވުމެއް، އަދި ހަނގުރާމައިގެ ކުށްތަކެއް،" ކަމުގައި މިސްރުން ބުނެފައިވެއެވެ.

މި ބަޔާނުގައި މިސްރުން ކަށަވަރުކޮށް ބުނެފައިވަނީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމުން ބޭރު ކުރުމަށް ކުރެވޭ އެއްވެސް ކަމެއްގައި އެ ގައުމުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އަދި އެފަދަ ކަމެއް ކުރުމަކީ "ރަތް ރޮނގެއް" ކަމަށާއި، އެއީ ފަހަނައަޅައި ނުދެވޭނެ ކަމެއް ކަމުގައެވެ.

ޤަތަރުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ނަތަންޔާހޫގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ "އުޚުއްވަތްތެރި ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކާ ޚިލާފު،" ކަމެއް ކަމުގައި ބުނެފައެވެ.

"އިސްތިއުމާރީ ބާރުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގެންގުޅޭ އިޖްމާއީ އަދަބުދިނުމުގެ ސިޔާސަތުގެ ދަށުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިން ދޫކޮށް ދިއުމަށް މަޖުބޫރު ކުރުވުމުގައި ނުވަތަ އެމީހުންގެ ޝަރުޢީ ޙައްޤުތައް ނިގުޅައިގަތުމުގައި ކާމިޔާބެއް ނުވާނެ،" ކަމަށް ގަތަރުގެ ބަޔާނުގައި ބުނެފައިވެއެވެ.

މަސްދަރު: އަލް ޖަޒީރާ

ނަތަންޔާހޫޣައްޒާރަފާހް ކްރޮސިންގމިސްރު-އިސްރާއީލްފަލަސްތީނު-އިސްރާއީލްގަތަރުފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު