Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރްސުލާ ވޮން ޑަރ ލެޔަން

އީޔޫގެ ވެރިޔާ ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ހުރަސް އެޅުމުން ކަރުދާސް ޗާޓު ބޭނުން ކުރަން ޖެހިއްޖެ

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔަންގެ މަތިންދާބޯޓުގެ ނެވިގޭޝަން ނިޒާމަށް ހުރަސް އެޅުމުން ބޯޓު ޖެއްސީ ކަރުދާސް ޗާޓު ބޭނުން ކޮށްގެން ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2025 | ހޯމަ 12:27
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔަން

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަރ ލެޔަން

ޔޫރަޕިއަން ކޮމިޝަނުގެ ވެރިޔާ އުރްސުލާ ވޮން ޑަރ ލެޔަން ދަތުރު ކުރެއްވި މަތިންދާބޯޓުގެ ނެވިގޭޝަން ސިސްޓަމަށް ރަޝިޔާ އިން ހުރަސް އަޅައިފި ކަމަށް ތުހުމަތު ކޮށްފިއެވެ.

ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި "ޖީޕީއެސް ޖޭމިންގ" ކުރިމަތިވީ އާދީއްތަ ދުވަހު ކޮމިޝަންގެ ރައީސް ދަތުރު ކުރެއްވި ބޯޓު ބަލްގޭރިއާ އަށް ޖައްސަން އުޅުނު ވަގުތުގައެވެ. ނަމަވެސް އޭނާ ދަތުރު ކުރެއްވި ބޯޓު ވަނީ ރައްކާތެރި ކަމާއެކު ޖައްސާފައެވެ.

ބަލްގޭރިއާގެ ސަރުކާރުގެ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތުން، މިއީ ސީދާ ރަޝިޔާ އިން ހިންގާފައިވާ ކަމެއް ކަމަށް ޝައްކުކުރެވޭ ކަމަށް އީޔޫ ގެ ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.

ނަން ހާމަ ނުކުރާ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ވޮން ޑަރ ލެޔަން ޕްލޮވްޑިވް އެއަރޕޯޓަށް ޖައްސާފައި ވަނީ ކަރުދާސް ޗާޓު ބޭނުން ކޮށްގެން ނެވެ.

ބަލްގޭރިއާ ސަރުކާރުން ޔަގީން ކޮށްދީފައިވާ ގޮތުގައި "މަތިންދާބޯޓުގެ ޖީޕީއެސް ނެވިގޭޝަން ސިސްޓަމަށް މަޢުލޫމާތު ފޮނުވާ ސެޓެލައިޓް ސިގްނަލް ނިއުޓްރަލައިޒް ކުރެވިފައިވެއެވެ." ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "ދަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެއަރ ކޮންޓްރޯލް ސަރވިސްތަކުން ވަގުތުން ވަނީ ޓެރެސްޓްރިއަލް ނެވިގޭޝަން ޓޫލްސް ބޭނުން ކޮށްގެން އެހެން ގޮތަކަށް ބޯޓު ޖެއްސުމުގެ މަގު ތަނަވަސްކޮށްދީފައި،" ކަމުގައެވެ.

ބަލްގޭރިއާގެ އެއަރ ޓްރެފިކް ސަރވިސަސް އޮތޯރިޓީން ފައިނޭންޝަލް ޓައިމްސް އަށް ބުނެފައިވާ ގޮތުގައި ޖެނުއަރީ 2022 އިން ފެށިގެން ނެވިގޭޝަން ޖޭމިންގ "ފާހަގަކުރެވޭ މިންވަރަކަށް" އިތުރުވެފައިވެއެވެ.

ކްރެމްލިން އިން ފައިނޭންޝަލް ޓައިމްސް އަށް ބުނެފައި ވަނީ ރަޝިޔާ އިން މި ގޮތައް ނެވިގޭޝަން ނިޒާމުތަކަަށް ހުރަސް އަޅާ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ "ރަނގަޅު ނޫން" މަޢުލޫމާތެއް ކަމަށެވެ.

އުރްސުލާ ވޮން ޑަރ ލެޔަންޔޫރަޕިއަން ކޮމިޝަން ަބަލްގޭރިއާޕްލޮވްޑިވް އެއަރޕޯޓް

އިތުރަށް ކިޔާލަން

18 މާރިޗު 2025

ސީރިއާ އަށް 2.5 ބިލިއަން ޔޫރޯގެ އެހީ ދިނުމަށް އީޔޫ އިން ނިންމައިފި

18 މާރިޗު 2025
ސީރިއާ އަށް 2.5 ބިލިއަން ޔޫރޯގެ އެހީ ދިނުމަށް އީޔޫ އިން ނިންމައިފި
22 މާރިޗު 2024

ޣައްޒާ އޮތީ ނުރައްކާތެރި އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައި: ޔޫރަޕިއަން ކޮމިޝަންގެ ރައީސް

22 މާރިޗު 2024
ޣައްޒާ އޮތީ ނުރައްކާތެރި އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައި: ޔޫރަޕިއަން ކޮމިޝަންގެ ރައީސް
16 ސެޕްޓެމްބަރު 2022

ޔޫކްރެއިނުން އީޔޫ އާއި ގުޅުމަށް ކުރާ މަސައްކަތް ދަނީ ރަނގަޅަށް: އީޔޫގެ ރައީސް

16 ސެޕްޓެމްބަރު 2022
ޔޫކްރެއިނުން އީޔޫ އާއި ގުޅުމަށް ކުރާ މަސައްކަތް ދަނީ ރަނގަޅަށް: އީޔޫގެ ރައީސް
27 އެޕްރީލު 2022

ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ރަޝިއާއިން ހުއްޓާލައިފި

27 އެޕްރީލު 2022
ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް އެކްސްޕޯޓްކުރުން ރަޝިއާއިން ހުއްޓާލައިފި
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު