Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފަރަންސޭސި ސަރުކާރާ ދެކޮޅަށް އެތައް ލައްކަ މީހުން ބުރާސްފަތި ދުވަހު މުޒާހަރާ އަށް ނުކުންނަނީ

ފްރާންސްގެ ރައްޔިތުންގެ މެދުގައި ދިރިއުޅުމުގެ އަގު ބޮޑުވުމާ ގުޅިގެން ހިތްހަމަ ނުޖެހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި މި އިހުތިޖާޖުގައި 800،000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ސްކޫލްތަކާއި ދަތުރުފަތުރުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2025 | ބުދަ 02:12
ފްރާންސް ރައްޔިތުން ބުރާސްފަތި ދުވަހު މުޅި ގައުމުގައި މުޒާހަރާ ކުރުމަށް ތައްޔާރުވަމުން އަންނައިރު، ކަމާބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ގާތްގަނޑަކަށް 800،000 މީހުން މަގުމައްޗަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.

ފަރަންސޭސި ސަރުކާރާ ދެކޮޅަށް އެތައް ލައްކަ މީހުން ބުރާސްފަތި ދުވަހު މުޒާހަރާ އަށް ނުކުންނަން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ޤައުމީ ފެންވަރުގައި ހިނގާނެ މުޒާހަރާ އަށް ފަރަންސޭސި ވިލާތުން ތައްޔާރުވަމުން ދާއިރު، ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި 800،000 މީހުން މަގުމައްޗަށް ނުކުންނާނެ ކަމަށް ލަފާކުރެވެއެވެ.

ރައްޔިތުން މަގުމައްޗަށް ނުކުންނަން މަސައްކަތްތެރިންގެ ޔޫނިއަންތަކުން ގޮވާލީ ދިރިއުޅުމުގެ އަގުތައް އުފުލިފައިވަނިކޮށް ފްރާންސްގެ އިތުރުވަމުންދާ ދަރަނި ދަށް ކުރުމަށް ސަރުކާރުން ތައްޔާރު ކޮށްފައިވާ ބަޖެޓު ޑްރާފްޓަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

ބުރާސްފަތި ދުވަހު އެއްގަމު ދަތުރުފަތުރާއި، ވައިގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެ، ގިނަ ސްކޫލްތަކެއް ބަންދުވާނެ ކަމަށް ބެލެވެއެވެ.

މި އިހުތިޖާޖުތައް ރޭވިފައިވަނީ ރައީސް އެމެނުއެލް މެކްރޯން އޭނާގެ ގާތް ފަރާތެއް ކަމަށްވާ ސެބަސްޓިއަން ލުކޮނޫ، ސިޔާސީ ހަމަނުޖެހުން ގެނައުމުގެ އުއްމީދުގައި ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ލުކޮނޫ ގެ ކުރިން ހުންނެވި ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ، ފްރާންސްގެ ދަރަނި ކުޑަކޮށް، އިތުރުވަމުންދާ ދަރަނި ހައްލުކުރުމަށް ހުށަހެޅުއްވި ޚަރަދު ކުޑަކުރުމުގެ ބަޖެޓެއް ފާސްކުރަން މަސައްކަތްކުރެއްވުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ވަނީ ވަކިކޮށްފައެވެ.

ފާއިތުވި ހަފްތާގެ ބުދަ ދުވަހު، ސޯޝަލް މީޑިއާގައި "ބްލޮކް އެވްރީތިންގ" ގެ ނަމުގައި، ފެށި އިހުތިޖާޖެއް ގައި މެކްރޯންއާ ދެކޮޅަށް 200،000 މީހުން ވަނީ މުޒާހަރާ ކޮށްފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އަދި މާ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ އަށް ނުކުންނާނެ ކަމަށް ބެލެވެއެވެ. ވަޒީފާގެ ޔޫނިއަންތަކުން އިހުތިޖާޖުކުރާ މީހުން މަގުމައްޗަށް ނުކުތުމަށް ގޮވާލީ ސިޔާސީ ހަމަނުޖެހުމާއި ދިރިއުޅުމުގެ އަގުބޮޑުވުމާ ގުޅިގެން އާންމުން ރުޅިއައިސްފައިވާ ވަގުތެއްގައި ކަން ފާހަގަ ކުރެވެއެވެ.

މަސްދަރު: އޭއެފްޕީ

އެމެނުއެލް މެކްރޯންސެބަސްޓިއަން ލުކޮނޫފްރާންސްމުޒާހަރާތައް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު