Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ ނައްތާލައިފި ކަމަށް އިސްރާއީލުން ބުނެފި

ޣައްޒާ ހަނގުރާމައިގައި ހަމާސް ގެ އެންމެ އިސް އަސްކަރީ މޫނު ކަމަށް ބެލޭ އަބޫ އުބައިދާ އިސްރާއީލުގެ ހަމަލާއަކުން މަރުވެއްޖެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. މިއީ ދެއަހަރާ ގާތްކުރާ މި ހަނގުރާމައިގައި ހަމާސްގެ އިސްވެރިންގެ ތެރެއިން އެންމެ ފަހުން މަރުވި ފަރާތް ކަމަށް ވާއިރު، މިކަމާމެދު އަދި ހަމާސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ.

ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 17:14
އަބޫ އުބެއިދާގެ ޕޯސްޓަރެއް ފާރެއްގައި ހަރުކޮށްފައި

އަބޫ އުބެއިދާގެ ޕޯސްޓަރެއް ފާރެއްގައި ހަރުކޮށްފައި

ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ "ނައްތާލައިފި" ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން އާދީއްތަ ދުވަހު ބުނެފައި ވަނީ، ޣައްޒާ އަށް ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ބައިގެ ތަރުޖަމާނު މަރާލެވިފައިވާ ކަމަށެވެ.

"ހަމާސްގެ ޓެރަރިސްޓް ތަރުޖަމާނު އަބޫ އުބައިދާ ޣައްޒާ ގައި ނައްތާލެވިއްޖެ،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އެކްސް ގައި ޕޯސްޓް ކުރި މެސެޖެއްގައި ބުނެފައި ވެއެވެ. އޭގެ ކުރިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަބޫ އުބައިދާ އަށް ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ.

ޣައްޒާ ސަރަހައްދުގައި އިސްރާއީލުން ހިންގަމުން ގެންދާ 23 މަސް ދުވަހުގެ ނުރައްކާތެރި ހަނގުރާމައިގައި އިސްރާއީލުން ވަނީ ހަމާސްގެ ލީޑަރޝިޕްގެ ވަރަށް ގިނަ ފަރާތްތައް ޝަހީދު ކޮށްލާފައެވެ.

އެހެން ނަމަވެސް، އަބޫ އުބައިދާ މަރާލެވުނު ކަމާމެދު ހަމާސް އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަނގުރާމަ ފެށުނީއް ސުރެ، އޭނާ ވަނީ އަސްކަރީ ހެދުމުގައި، ރަތްކުލައިގެ ކަފިޔާ އަކުން މޫނު ނިވާ ކޮށް ޓީވީގައި އެތައް ބަޔާން ތަކެއް ދީފައެވެ. އަދި ގިނަ އަދަދެއްގެ އޯޑިއޯ މެސެޖްތަކާއި، ނޫސް ބަޔާންތަކާއި، ސޯޝަލް މީޑިއާ ޕޯސްޓްތައް ވެސް ކޮށްފައިވެއެވެ.

އަބޫ އުބައިދާ ގެ ނަމުން މަޝްހޫރު ވެފައިވާ ހަމާސް ގެ އަސްކަރީ ތަރުޖަމާނުގެ އަސްލު ނަމަކީ ހުޒައިފާ އަލް-ކަހްލޫތު އެވެ.

އާދީއްތަ ދުވަހު، ހަމާސް އިން ކަށަވަރުކޮށްދިން ގޮތުގައި އެ ޖަމާޢަތުގެ ޣައްޒާގެ ލީޑަރު ކަމަށް ބެލެވޭ މުޙައްމަދު ސިންވާރު ވަނީ ޝަހީދުވެފައެވެ. ހަމާސް އިން މިކަން ހާމަ ކުރީ އިސްރާއީލުން ދިން ވައިގެ ހަމަލާ އަކުން އޭނާ މަރާލި ކަމަށް ބުނިތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

މަސްދަރު: އޭއެފްޕީ

އިސްރާއީލް-ހަމާސްއަބޫ އުބައިދާޣައްޒާއިސްރާއީލް ކަޓްޒްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު