Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިމްޕޯޓް-އެކްސްޕޯޓް

ޖުލައި މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާ އިން، ރާއްޖޭގެ މުދާ އެންމެ ގިނައިން ބޭރު ކުރީ ތައިލެންޑަށް

ރާއްޖޭގެ 2025 ޖުލައި މަހުގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 4.5 ބިލިއަން ރުފިޔާގެ އިމްޕޯޓާއި 210 މިލިއަން ރުފިޔާގެ އެކްސްޕޯޓާއެކު، ބޭރުގެ މުދަލަށް ބަރޯސާވާ މިންވަރު ފާހަގަ ކުރެވެއެވެ. ތެލާއި ކާބޯތަކެތި އިމްޕޯޓުގައި އިސްދައުރެއް އަދާކުރާއިރު، މަސްވެރިކަމުގެ ބާވަތްތަކަކީ އެކްސްޕޯޓުގެ މައިގަނޑު ބައިކަމުގައި ދެމިއޮތެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 15:33
ކޮންޓެއިނަރ ވެސެލް އެމްއެސްސީ ވިންޑް II

ކޮންޓެއިނަރ ވެސެލް އެމްއެސްސީ ވިންޑް II

ހުސްވި ޖުލައި މަހު 4.5 ބިލިއަން ރުފިޔާ ގެ މުދާ ރާއްޖެ އަށް އެތެރެ ކުރި ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރާއްޖެ އިން ބޭރަށް ޖުލައި މަހު އެކްސްޕޯޓު ކުރީ 210 މިލިއަން ރުފިޔާގެ މުދާ ކަމަށް ވެސް ކަސްޓަމްސްގެ ތަފާސް ހިސާބުން ހާމަ ވެއެވެ.

Advertisement - businessAdvertisement

ޖުލައި މަހު އެންމެ ބޮޑު އެއްޗެއް ހޭދަވެފައި ވަނީ ތެޔޮ އިމްޕޯޓް ކުރުމަށެވެ. އެއީ 923 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން އިމްޕޯޓު ޚަރަދެއް ހިނގާފައި ވަނީ ކާބޯތަކެތީގެ ބާވަތްތައް އެތެރެ ކުރުމަށެވެ. އެއީ 859 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން 735 މިލިއަން ރުފިޔާގެ މެޝިނަރީ މެކޭނިކަލް އަދި އިލެކްޓްރިކަލް އެޕްލަޔަންސަސް އެތެރެ ކޮށްފައި ވެއެވެ. އެހެނިހެން މުހިންމު އިމްޕޯޓް ބައިތަކުގެ ތެރޭގައި 380 މިލިއަން ރުފިޔާ ގެ މެޓަލްގެ ބާވަތްތަކާއި، 308 މިލިއަން ރުފިޔާ ގެ ކެމިކަލް ބާވަތްތަކާއި 241 މިލިއަން ރުފިޔާގެ އަދި މިނަރަލްގެ ބާވަތްތައް ޖުލައި މަހު އެތެރެ ކޮށްފައި ވެއެވެ.

ރާއްޖެ އިން ޖުލައި މަހު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. 126 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަސް އެކްސްޕޯޓު ކޮށްފާވާއިރު، މިއީ ޖުމްލަ އެކްސްޕޯޓްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރެކެވެ. އޭގެ އިތުރުން 43 މިލިއަން ރުފިޔާގެ ކަޅުބިލަމަހުގެ އުފެއްދުންތައް ޖުލައި މަހު ބޭރު ކޮށްފައިވެއެވެ. އޭގެ އިތުރުން 7 މިލިއަން ރުފިޔާގެ ރީނދޫއުރަހަ ކަންނެލި އެކްސްޕޯޓު ކޮށްފައިވެއެވެ. ކަންނެލި ލޮއިންސްގެ ގޮތުގައި 6 މިލިއަން ރުފިޔާގެ އުފެއްދުން ވަނީ އެކްސްޕޯޓު ކޮށްފައެވެ. އިންސާނުން ކެއުމަށް އެކަށީގެން ނުވާ މަހުގެ ބައިތަކުގެ އުފެއްދުންތަކުން 5 މިލިއަން ރުފިޔާގެ ބާވަތްތައް ވަނީ އެކްސްޕޯޓް ކޮށްފައެވެ.

ޖުލައި މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ރާއްޖެ އާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް ހަދާފައިވާ ޗައިނާ އިންނެވެ. ޗައިނާ އިން 712 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު އެއީ ޖުމްލަ އިމްޕޯޓުގެ 16 އިން ސައްތަ އެވެ. ކުޑަ ތަފާތަކާ އެކު ދެވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓު ކުރި އިންޑިއާ އިން 704 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން 622 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރެވުނެވެ. އޮމާން އާއި ސިންގަޕޫރު އެންމެ ގިނަ އިން އިމްޕޯޓު ކުރި ފަސް ޤައުމުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ އިން ޖުލައި މަހު ވެސް އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްގެ 53 އިންސައްތަ ނުވަތަ 111 މިލިއަން ރުފިޔާގެ މުދާ ގަނެފައިވަނީ ތައިލެންޑުންނެވެ. އިނގިރޭސި ވިލާތުން 18 އިންސައްތަ ނުވަތަ 38 މިލިއަން ރުފިޔާގެ މުދާ ގަތެވެ. މޮރިޝަސް، ފްރާންސް އަދި ވިއެޓްނާމް ރާއްޖެ އިން އެކްސްޕޯޓްކުރާ މުހިންމު ފަސް ޤައުމުތަކުގެ ތެރޭގައި ހިމެނެއެވެ.

ކަސްޓަމްސް އިން ޖުލައި މަހު ހިންގި މުއާމަލާތްތަކުން 295 މިލިއަން ރުފިޔާގެ އާމްދަނީ ލިބި، 1 މިލިއަން ރުފިޔާގެ ރޯޔަލްޓީ ލިބުނެވެ. 2024 ގެ ޖުލައި މަހާ އަޅާބަލާއިރު، ކުރީ އަހަރު އައި 97 އުޅަނދުގެ ބަދަލުގައި، މި އަހަރު 105 އުޅަނދު ރާއްޖެ އަށް އައެވެ. ރާއްޖެ އިން ބޭރަށް ފުރި އުޅަނދުގެ އަދަދަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު 118 އުޅަނދު ރެކޯޑް ކުރެވިފައި ވާއިރު މިއަހަރުގެ ޖުލައި މަހު ރެކޯޑް ކުރެވިފައިވަނީ 96 އުޅަނދެވެ. މި އަހަރުގެ ޖުލައި މަހު ޕްރޮސެސް ކުރި ޑިކްލަރޭޝަންގެ އަދަދަކީ 21,919 އެވެ.

މަސްދަރު: މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އިމްޕޯޓް އެކްސްޕޯޓްކަސްޓަމްސް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު