Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

ކުރިއަށް އޮތް ސީޒަންގައި ވެލެންސިއާ އަށް އިރުޝާދު ދޭނީ ފެސްކޯ

30 އޯގަސްޓު 2025 | ހޮނިހިރު 02:52

އެންމެ ފަހުން ވެސް ވެލެންސިއާގެ ކޯޗަކަށް ހުރީ ފެސްކޯ އެވެ. އޭނާ ވެލެންސިއާއާ ހަވާލުވީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. ނަމަވެސް ފެސްކޯ ވަނީ ފަހުން ވެލެންސިއާގެ ކޯޗުކަމުން ވަކިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2025 | ހޮނިހިރު 02:52
ވެލެންސިއާގެ ކޯޗަކަށް އެންމެ ފަހުން ވެސް ހުރި ފެސްކޯ

ވެލެންސިއާގެ ކޯޗަކަށް އެންމެ ފަހުން ވެސް ހުރި ފެސްކޯ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަންގައި ކުލަބު ވެލެންސިއާގެ ކޯޗަކަށް، އަޙުމަދު މުޖުތަބާ (ފެސްކޯ) އެ ކުލަބުން ހަމަޖައްސައިފި އެވެ.

އެންމެ ފަހުން ވެސް ވެލެންސިއާގެ ކޯޗަކަށް ހުރީ ފެސްކޯ އެވެ. އޭނާ ވެލެންސިއާއާ ހަވާލުވީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. ނަމަވެސް ފެސްކޯ ވަނީ ފަހުން ވެލެންސިއާގެ ކޯޗުކަމުން ވަކިވެފަ އެވެ.

މިވަގުތު ވެލެންސިއާ އިން އަންނަނީ ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް އެ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ވެލެންސިއާ އިން އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ، އިސްމާއީލް އާސިފް (ކުޑަ ހީނާ)ގެ އިރުޝާދުގެ ދަށުންނެވެ.

އައު ސީޒަނަށް ވެލެންސިއާ ތައްޔާރުވަމުން އަންނައިރު، މިއަހަރުގެ ތެރޭގައި އެ ކުލަބުން ވަނީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ އެންމެހައި ދަރަނިތަކެއް އަދާކޮށް ނިންމައިފަ އެވެ. އެގޮތުން ވެލެންސިއާ އިން ވަނީ ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހިފައި އޮތް 1.3 މިލިއަން ރުފިޔާގެ ދަރަނި ދައްކައިފަ އެވެ.

ވެލެންސިއާ އިން މީގެ ކުރިން ބުނެފައި ވަނީ އެ ކުލަބުން އައު ސީޒަނަށް ތައްޔާރުވަމުން އަންނައިރު، އެ ކުލަބަށް ބިދޭސީ ކުޅުންތެރިން ވެސް ގެންނަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ވެލެންސިއާގައި ޒުވާން ގިނަ ކުޅުންތެރިން ހިމެނޭއިރު، އެންމެ ފަހުން ވެސް އެ ޓީމު ކުޅެފައި ވަނީ ޒުވާން ކުޅުންތެރިންގެ މައްޗަށް އޮތް ސްކޮޑަކާ އެކު އެވެ.

މީގެ ކުރިން ރާއްޖޭގައި ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަަކެއް ހޯދާފައިވާ ވެލެންސިއާ އަށް މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މާލީ ދަތިކަމުގެ މައްސަލަ އެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅަައިގެ މައި އިދާރާ (ފީފާ) އިން 2022 ވަނަ އަހަރު ވެލެންސިއާ އަށް ފިޔަވަޅު އެޅިއިރު، އެ މައްސަލައިގައި އެ ޓީމަށް އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތީ ނިންމައިފަ އެވެ. އެއީ ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގަ އެވެ.

ނަމަވެސް ވެލެންސިއާގެ މެނޭޖުމަންޓު ބަދަލުވެ، މިހާރު އެ ކުލަބުން އަންނަނީ އަނެއްކާ ވެސް އިހުގައި އޮތް އަމާޒަށް ވާސިލުވުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން ވެލެންސިއާގެ އައު މެނޭޖުމަންޓް އިން އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ ދަރަނިތައް އަދާކޮށް، ކުލަބު ހަމަ މަގަށް އަޅުވައި، ރަނގަޅު ސްކޮޑަކާ އެކު ސީޒަން ފެށުމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް