Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޖަލްސާ

އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކޮށްގެން ދައުވާ ކުރި ފުރަތަމަ މީހަކީ މުޢިއްޒު: ވައްޑޭ

29 އޯގަސްޓު 2025 | ހުކުރު 14:02

ލޯކަލް ކައުންސިލް އިންތިހާބުގައި މުޢިއްޒު ބޮޑުތަނުން ބަލިކުރުން އެއީ ގައުމީ ވާޖިބެއް

އަލީ ޝާހީން
އަލީ ޝާހީން | 29 އޯގަސްޓު 2025 | ހުކުރު 14:02
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ފެހި ގާނޫނު އަސާސީ 2007 ވަނަ އަހަރު ތަސްދީގު ކުރެވުނު ފަހުން އަލަށް އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކޮށްގެން ދައުވާކުރި ފުރަތަމަ މީހަކީ ރައިސް ޑރ މުޙައްމަދު މުޢިއްޒު ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ސަންގު ނޫހުގެ ޒަމާނުގައި ސިއްރު ލިޔުން އަޅައިގެން ފާރު ފާރުގައި ސިއްރު ޝިއާރު ޖަހައިގެން އުޅުނު ޒަމާނުގެ ހާލަތައް އަލުން ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރަން ރައީސް މުޢިއްޒު އެ ނިކުންނެވީ ލަދެއް ހަޔާތެއް ނެތި ކަމަށެވެ. އަދި ގާނޫނު އަސާސީ ތަސައްވަރު ކުރާ އެންމެ ބޮޑު ބާރު ރައްޔިތުން މަޖިލީސް މިއަދު އެވަނީ އެސްޓީއޯ ފުއްގުދަނަށް ހަދާފައިކަމަށް ވިދާޅުވެ ވަހީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement
ރައްޔިތުންގެ މަންދޫބުންގެ ނަމުގައި މީހުންތަކެއް ގުދަން ކުރާތާކަށް އެތަން އެވަނީ ހަދާފަ، އެސްޓީއޯ ފުއްގުދަނެކޭ އެތަނެކޭ ކޮބައިތޯ ތަފާތަކީ މީގެ ދެތިން ބޭފުޅަކު ވަރަށް ހިތްވަރު ކުރައްވާ، ތިބޭއިރު 93 ތިބޭއިރު އޭގާ 80 އަށްވުރެ ގިނައީ ހަމަ 80 ފުއްބަސްތާއެކޭ އެޔެކޭ ނެތް ތަފާތެއް ޝަރުއީ ނިޒާމެކޭ އަނެއް ޝަރުޢި ގުދަނެކޭ އެއްގޮތް މިނިވަން މުއައްސަސާތަކަކީ ދެން ތަންކޮޅެއް ކުދިކުދި ގުދަން އެއީ ހަމަ ޖަހާފަ ހުންނަ ފަސް ފުއްބަސްތާއެކޭ ފަސް ކޮމިޝަނަރުންނެކޭ ތަފާތެއް ނެތް ދައްކާ ވާހަކައެއް ނެތް ކުރާ ކަމެއް ނެތް އެމީހުންނަކަށް ކަންބޮޑުވާ މައްސަލައެއް ނެތް
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވަހީދު ވިދާޅުވީ މިދައުލަތް ވަނީ މުޢިއްޒުގެ މުދާ ރައްކާ ކުރާ ގުދަނަކަށް ވެފައި ކަމަށާއި ލާމަރުކަޒީ ނިޒާމް އަލުން އަނބުރާ މަރުކަޒީ ކުރުމުގެ ނުރައްކާތެރި މަސައްކަތް ވެސް ފަށާފައިވާކަމަށެވެ. އަދި މީގެ 8 މަސް ފަހުން އޮން ލޯކަލް ކައުންސިލް އިންތިހާބަކީ ދައުރު މެދުތެރެއިން މުޢިއްޒަށް ނުރުހޭ ބުނަން ލިބޭ އެންމެ ސާފު ފުރުސަތު ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އަންނަ އަހަރު އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެން ގުޅިގެން ތަރުތީބު ވެގެން ރޭވުންތެރިކަމާއެކީ އިންތިޒާމުވެގެން ނުކުމެ މުޢިއްޒު ބޮޑުތަނުން ބަލިކުރުން އެއީ ގައުމީ ވާޖިބެއް ކަމުގައި ދެކެންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް