Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ސައީދު (ކޭޑު)

ފަލާހު ދެއްކެވި ވާހަކަ ކުށްވެރިކުރި ކުރުމާ ގުޅިގެން ކޭޑު ހުންނެވި ސިޔާސީ މަގާމުން ވަކިކޮށްފި

28 އޯގަސްޓު 2025 | ބުރާސްފަތި 09:51

އޭނާ ހުންނެވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މަގާމުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޯގަސްޓު 2025 | ބުރާސްފަތި 09:51
ކޭޑު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

ކޭޑު އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު

ނޫސްވެރިން އުލުބައިންދަންޖެހޭ ކަމަށް ޕީއެންސީގެ ޕަރލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަ ކުށްވެރިކުރި، އިބްރާހިމް ސައީދު (ކޭޑު) ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ބުރާސްފަތި ދުވަހު ކޭޑު ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭނާ ހުންނެވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މަގާމުގައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާ ލިިބިދޭ ބާރުގެ ދަށުން ކޭޑު ވަޒީފާއިން ވަކި ކުރައްވާފައިވާ ކަމަށެވެ.

ކޭޑު ވަޒީފާއިން ވަކިކޮށްފައިމިވަނީ، މެންބަރު ފަލާހު ނޫސްވެރިންނާ ގުޅުވައި ދެއްކެވި ވާހަކަތައް ކުށްވެރިކުރިތާ 24 ގަޑިއިރު ނުވަނީސްއެވެ. އޭނާ ބުނެފައިވަނީ މެންބަރު ފަލާހު ނޫސްވެރިން މަރާލުމަށް ގޮވާލި މައްސަލަ ބަލަންޖެހޭ ކަމަށާއި، އަބަދު ބަރާއި ނުފޫޒު ދައްކައިގެން ނޫޅެވޭނެ ކަމަށެވެ. އަދި މެންބަރު ފަލާހު ދެކެ ބިރު ނުގަންނަ ކަމަށް ބުނެފައިވެއެވެ.

މެންބަރު ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެމްޑީޕީން ވެސް މެންބަރު ފަލާހުގެ ވާހަކަތައް ކުށްވެރިކޮށްފައިވާއިރު، އެމްޖޭއޭއިން ވަނީ ފަލާހާއި ޕީއެންސީން ނޫސްވެރިންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށް ބުނެފައެވެ.

މިނިވަން މީޑިއާ ނެތިކޮށްލަން ހުށަހަޅާފައިވާ ބިލަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެންބަރު ފަލާހު ވިދާޅުވެފައިވަނީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް ފަތުރާފައިވާ ކަމަށާއި، އެފަދައިން މަސައްކަތްކުރާ މީޑިއާގެ މުވައްޒަފުން "އުލުބައިންދަން" ޖެހޭ ކަމަށެވެ.

ފަލާހު މި ވާހަކަ ދެއްކެވި ނަމަވެސް، އޭނާ ވިދާޅުވި ފަދަ ދޮގު ހަބަރުތަކެއް އެއްވެސް މީޑިއާއަކުން ގެނެސްފައިނުވެއެވެ، އެ ވާހަކަތައް ދައުރުވެފައިވަނީ ހަމައެކަނި ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް