Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިންގެ ހަނގުރާމައިގެ ސުލްޙަ އަށް ރަޝިޔާ އިން މުހިންމު ފިޔަވަޅު ތަކެއް އަޅައިފި: ވޭންސް

25 އޯގަސްޓު 2025 | ހޯމަ 07:04

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ވޭންސް ވިދާޅުވެފައި ވަނީ މިދިޔަ ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ފެނިފައި ނުވާ ފަދަ ފިޔަވަޅު ތަކެއް މިހާރު ރަޝިޔާ އިން އަޅާފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށް ރަޝިޔާއިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިކަމަށް އެމެރިކާގެ ނައިބު ރައީސް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2025 | ހޯމަ 07:04
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސުލްޙަ އަށް، ރަޝިޔާ އިން މުހިންމު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

އެންބީސީގެ މީޓް ދަ ޕްރެސް ވިތު ކްރިސްޓެން ވެލްކާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވޭންސް ވިދާޅުވީ، ޔުކްރެއިން އާއެކު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށްޓަކައި ރަޝިޔާ އިން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމުގެ ޔަގީންކަން އޭނާ އަށް އޮތް ކަމަށް ވެސް ވޭންސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ވޭންސް ވިދާޅުވެފައި ވަނީ ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން، އެކަމުގައި ޚަރުދަނާ އެތައް ފިޔަވަޅު ތަކެއް އަޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކ ކަމަށް، ގެރެންޓީތަކެއް ދިނުން ހިމެނޭ ކަމަށް ވޭންސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ވޭންސް ވިދާޅުވެފައި ވަނީ މިދިޔަ ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ފެނިފައި ނުވާ ފަދަ ފިޔަވަޅު ތަކެއް މިހާރު ރަޝިޔާ އިން އަޅާފައިވާ ކަމަށެވެ.

ޔުކްރެއިންގައި އަމިއްލަ ސަރުކާރެއް ޤާއިމު ކުރުމަށް ގެން ގުޅެމުން އައި ވިސްނުން ތަކެއް ދޫކޮށްލައި، ޔުކްރެއިންގެ ސަލާމަތާއި، ޔުކްރެއިންގެ ސަރައްދުގެ ސަމާލަތަށް ގެރެންޓީ ދިނުމަށް މިހާރު ރަޝިޔާާ އިން ވަނީ އެއްބަސްވެފައި ކަމުގައި ވޭންސް ވިދާޅުވި އެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވިދާޅުވެފައި ވަނީ، އދ ފެ ސަލާމަތީ ކައުންސިލްގެ މެމްބަރުން ހިމެނޭ ގޮތަށް، ޤައުމު ތަކުގެ ވަފުދަކުން ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޔަގީންކަން ނުވަތަ ގެރެންޓީ ދޭން ވާނެ ކަމަށެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެލަސްކާގައި ޕުޓިން އާއެކު ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް، އެ ބައްދަލުވުމުން ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ވާސިލުވެފައި ނުވެ އެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވެވުނު ނަަމަވެސް، ޕުޓިން އާއި ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ އެ މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ސުލްޙަވެރިކަމަށް މަގު ފަހި ވާނެ ކުރިއެރުން ތަކެއް ނުފެނިއްޖެ ނަމަ، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅަން ނިންމާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވީ، ދަތި ކުރުންތައް ތަންފީޒު ކުރާނީ ވަކި ވަކި ކަންކަމށް ބަލައިގެން ކަމަށެވެ. އަދި އައު ދަތިކުރުން ތަކުން ރަޝިޔާ ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރު ވާނެ ކަމަށް ނުފެންނަ ކަމުގައި ވޭންސް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އިންޑިއާ އިން ރަޝިޔާޣެ ތެޔު ގަތުމުގެ ވިޔަފާރި ކުރިއަށް ގެންދިޔުމާ ގުޅިގެން، އިންޑިއާގެ މުދަލުން 25 އިންސައްތައިގެ ޓެރިފް އިތުރު ކުރުމަކީ، ސުލްޙަވެރިކަމަށް މަގު ފަހި ކުރުމަށް ބޭނުން ކުރެވޭނެ އިޤްތިސާދީ ބާރެއްގެ ގޮތުގައި ވޭންސް ވަނީ ސިފަ ކުރައްވައިފަ އެވެ.

އިތުރަށް ވޭންސް ވިދާޅުވީ ރަޝިޔާ އިން ހަނގުރާމަ ހުއްޓާލައި، މީހުން މެރުން ހުއްޓާލަައިފި ނަމަ، ރަޝިޔާ އަށް ދުނިޔޭގެ އިޤްތިސާދަށް އަނބުރައި އައުމުގެ ފުރުސަތު އޮތް ކަމަށާއި، އެކަން އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ސާފު ކޮށްދެއްވާފައިވާ ކަމަށެވެ. ނަމަވެސް، ރަޝިޔާ އިން މީހުން މެރުން ހުއްޓައި ނުލައިފި ނަމަ، ދުނިޔެ އިން އެކަހެރިވެފައި ތިބެން ޖެހޭނެ ކަމަަށް ވޭންސް ވިދާޅުވި އެވެ.

ވޭންސް މި ވާހަތައް ދައްކަވާފައިވާ މި ދަނޑިވަޅަކީ، ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އެމެރިކާ އަދި ޔޫރަޕުގެ ޤައުމު ތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ވަގުތެކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް