Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް-ދެކުނު އެފްރިކާ

މެދު އިރުމަތީގެ މައްސަލަ އާއި، ޔުކްރެއިންގެ ހަނގުރާމައާ ގުޅޭ ގޮތުން މެކްރޮން އާއި ރަމަފޯސާ މަޝްވަރާ ކުރައްވައިފި

އެކަމާ ގުޅިގެން މެކްރޮން އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްވަރާ ތަކުގައި ވާހަކަ ދައްކާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވަައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުމާ ގުޅޭ ގޮތުން ކަމަށެވެ.

ފްރާންސްގެ ރައީސް މެކްރޯން އާއި ދެކުނު އެފްރިކާގެ ރައީސް ރަމަފޯސާ ވަނީ ޔުކްރެއިންގެ ހަނގުރާމަ އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ މެދު މަޝްވަރާކުރައްވާފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2025 | އާދީއްތަ 08:12
މީގެ ކުރިން މެކްރޮން އާއި ރަމަފޯސާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

މީގެ ކުރިން މެކްރޮން އާއި ރަމަފޯސާ ކުރެއްވި ބައްދަލުވުމުގެ ތެރެއިން

މެދު އިރުމަތީގެ ޙާލަތާއި، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ މަޝްވަރާ ކުރައްވައިފި އެވެ.

މެކްރޮން އާއި ރަމަފޯސާ މަޝްވަރާ ކުރައްވާފައި ވަނީ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައިގެންނެވެ. އެކަމާ ގުޅިގެން މެކްރޮން އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްވަރާ ތަކުގައި ވާހަކަ ދައްކާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވަައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުމާ ގުޅޭ ގޮތުން ކަމަށެވެ.

ޚާއްސަކޮށް ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ޙާލަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެ އެވެ. މީގެ އިތުރުން ގްރޭޓް ލޭކް ސަރަހައްދާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދަވާފައިވާ ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްވަރާތަކުގައި މެކްރޮން އާއި ރަމަފޯސާ ވެސް ވަނީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ ގެ އާންމު މަޖިލީހިގެ ބައްދަލުވުމުގެ ތެރޭގައި ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް އެއްބަސްވެފަ އެވެ.

މި ބައްދަލުވުމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ބަދަހި ކުރުމުގެ އިތުރުން، އިތުރު މަޝްވަރާތަކަށް މަގު ފަހި ކޮށްދޭނެ ބަައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން މި މަޝްވަރާތަކަކީ ޔުކްރެއިން ހަނގުރާމަ އަދި މެދު އިރުމަތީގެ ހަމަޖެހުންތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުމަށް ފްރާންސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަޝްވަރާތަކެކެވެ.

ފްރާންސް އިން ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ހާމަކޮށްފަ އެވެ. ފްރާންސްގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ބައެއް އެހެން ޤައުމު ތަކުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ވަނީ ނިންމައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު