Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް، އިސްރާއީލްގެ ދިފާއީ ވަޒީރު ރުހުން ދީފި

އިސްރާއީލްގެ ދިފާއީ ވުޒާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޗަނަށް ގެނެވޭ ރިޒާވިސްޓުންނަކީ ތަޖުރިބާކާރު އަސްކަރީ މުވައްޒަފުންނެވެ. އަދި މި އޮޕަރޭޝަން އަށް ބޭނުންވާ ހަތިޔާރާއި، އެހެނިހެން ވަސީލަތްތައް ވެސް ވަނީ ތައްޔާރު ކޮށްފައި ކަމަށް ބުނެފައިވެ އެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން ފާސްކޮށް 60،000 އަސްކަރީ ރިޒާވިސްޓުން ގެނައުމަށް ހުއްދަ ދީފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 07:12
އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް، އޭނާ ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން އަށް ރުހުން ދީފައި

އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް، އޭނާ ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން އަށް ރުހުން ދީފައި

ޣައްޒާ ސިޓީ ހިފައި، މުޅި ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓް އިން ނިންމާފައިވާ ނިންމުމަށް، އެ ޤައުމުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ރުހުން ދީފި އެވެ.

އިސްރާއީލްގެ ދިފާއީ ވަޒީރު ކާޓްޒް ވަނީ، ޣައްޒާ ސިޓީ ހިފުމަށް ހުށަހަޅާފައިވާ އަސްކަރީ ޕްލޭން ފާސްކޮށް، އެ އޮޕަރޭޝަން އަށް 60،000 އަސްކަރީ ރިޒާވިސްޓުން ގެނައުމަށް ހުއްދަ ދީފަ އެވެ. އެކަން އިސްރާއީލްގެ ދިފާއީ ވުޒާރާ އިން ވަނީ ބުދަ ދުވަހު ކަށަވަރު ކޮށްދީފަ އެވެ.

މި ނިންމުމަކީ އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުން ގެންދާ ހަނގުރާމައިގެ އައު ބާބެއްގެ ފެށުން ކަމަށް ސަލާމަތީ ދާއިރާގެ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. ޣައްޒާ ސިޓީ އަކީ ހަމާސް ޖަމާއަތުގެ މައި އަދި މުހިންމު މަރުކަޒުތައް ހުރި ސަރަހައްދު ކަަމަށް ވުމާ އެކު، އެ ސަރަހައްދު ހިފުމަކީ އިސްރާއީލްގެ އަސްކަރީ އޮޕަރޭޝަންގެ މުހިންމު ލަނޑު ދަނޑިއެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އިސްރާއީލްގެ ދިފާއީ ވުޒާރާ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޗަނަށް ގެނެވޭ ރިޒާވިސްޓުންނަކީ ތަޖުރިބާކާރު އަސްކަރީ މުވައްޒަފުންނެވެ. އަދި މި އޮޕަރޭޝަން އަށް ބޭނުންވާ ހަތިޔާރާއި، އެހެނިހެން ވަސީލަތްތައް ވެސް ވަނީ ތައްޔާރު ކޮށްފައި ކަމަށް ބުނެފައިވެ އެވެ.

މުޅި ޣައްޒާ ސިޓީ އެއްކޮށް ހިފުމަށް ހުށަހަޅާފައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އަދި އޭނާގެ ހުށަހެޅުން ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފައިވާއިރު، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްރާއީލް ގައި އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

ޣައްޒާ ސިޓީ ހިފުމަށް ނަތަންޔާހޫ ނިންމާފައި ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންގެ ތެރެއިން ދެ މީހެއްގެ ވީޑިއޯ އާންމު ކޮށްފައި ވަނިކޮށެވެ. އެ ދެ މީހުންގެ ޙާލަތު އިންތިހާ އަށް ދަށްވެފައިވާއިރު، ނަތަންޔާހޫ ބުނެފައި ވަނީ އެ މީހުން މިނިވަން ކުރަން ދެން އިސްރާއީލް އިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްރާއީލް އިން ކުރިއަށް ގެންދަން ރާވާފައިވާ މި އޮޕަރޭޝަންގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ވެދާނެ ގެއްލުންތަކާ މެދު ބައިނަލްއަޤުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ ފާޅު ކޮށްފަ އެވެ. އަދި އިސްރާއީލް އިން ނިންމާފައިވާ އެ ނިންމުމަށް ގިނަ ޤައުމުތަކަކުން އަންނަނީ ފާޑު ވެސް ކިޔަމުންނެވެ.

އިސްރާއީލް އިން މި ފަދަ ނިންްމުމެއް ނިންމާފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ގިނަ ޤައުމު ތަކަކުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، މޯލްޓާ އަދި އެހެން ޤައުމުތައް ވެސް ހިމެނެ އެވެ.

އިސްރާއީލް-ހަމާސްއިސްރާއީލް ކަޓްޒްޣައްޒާ ސިޓީއިސްރާއީލް ދިފާއީ ވުޒާރާއަސްކަރީ އޮޕަރޭޝަންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޚާން ޔޫނިސް ގައި 5 މީހުން ޝަހީދުވެ 18 މީހުން ޒަޚަމްވެއްޖ

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު