Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް

އޮފީހުގެ އެންމެ އިސްވެރިޔާ އައްޔަންކޮށް ވަކިކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމްކުރަން ފާސްކޮށްފި

11 އޯގަސްޓު 2025 | ހޯމަ 09:50

އައު އޮފީހުގެ މައިގަނޑު މަަސައްކަތަކީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ހިމާޔަތްކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2025 | ހޯމަ 09:50
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު, މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް ވެރިއަކުން އައްޔަންކުރުމުގެ ބާރު އޮތީ މިނިސްޓަރުގެ އަތުގައި

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު, މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހަށް ވެރިއަކުން އައްޔަންކުރުމުގެ ބާރު އޮތީ މިނިސްޓަރުގެ އަތުގައި

އޮފީހުގެ އެންމެ އިސްވެރިޔާ އައްޔަން ކޮށް ވަކި ކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ ގޮތައް މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް ގެ ނަމުގައި އައު އޮފީހެއް އުފެއްދުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މި ބިލު ފާސްކޮށްފައިވާއިރު، މަޖިލީހަށް މި ބިލު ހުށަހެޅުނު ދުވަހު ފުރަތަ ކިއުން އިއްވާ އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ގެންގޮސް ކޮމިޓީއަށް ފޮނުވިއެވެ. މި ބިލުގައި 4 ބާބު އަދި 34 މާއްދާ ހިމެނެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދުއެވެ.

Advertisement - newsAdvertisement

މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ، ދިވެހިރާއްޖޭ ގައި ފިކުރީ މުދާ ހިމާޔާތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކޮށް ވިޔަފާރީގެ ދާއިރާ ގައި ފަންނުވެރިކަމާއި އިނޮވޭޝަން އަށް ހިތްވަރުދީ އެ ދާއިރާ ކުރިއަރުވައި ގައުމުގެ އިގްތިސާދީ ތަރައްގީ އަށް މަގުފަހި ކުރުމަށްޓަކައި މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމު ކޮށް އެ އޮފީހުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބިލުގައި ބަޔާން ކުރުން ކަމަށެވެ.

މި އޮފީހުން ހިމާޔަތް ކޮށްދޭ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓް އާއި ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.

މި ގާނޫނު ތަންފީޒު ކުރުމާއެކު އުފެދޭ މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓަރީ ކުރުމާއި، އެފަދަ މުދަލުގެ ދަފްތަރު ބެލެހެއްޓުމާއި، ކަމާ ބެހޭ ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކާ ގުޅުން ބަދަހި ކުރުމާއި، ކަމާ ބެހޭ ބައިނަލް އަގްވާމީ މުއާހަދާ ތަކުގައި ބައިވެރިވުމުގެ ކަންކަން ކުރުމާއި، އާންމުން ހޭލުންތެރި ކުރުވުމާއި، ގާނޫނުގެ ދަށުން ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން ހިމެނެއެވެ.

އޮފީހުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނާނީ ރެޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ކަމަށް ބިލުގައި ވެއެވެ.

މި މަގާމަށް މީހަކު އައްޔަނު ކޮށް ވަކި ކުރާނީ މިނިސްޓަރު ކަމަށް ބުނެފައިވުމާއެކު، އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި ރަޖިސްޓްރަރ އާއި އޮފީހުގެ އެންމެހާ މުވައްޒަފުން އަމަލު ކުރަންވާނީ ސިޔާސީ އަދި އެހެނިހެން ނުފޫޒަށް ލެނބުމަކާ ނުލައި ޕްރޮފެޝަނަލް އިންޑިިޕެންޑެންސް ހިފަހައްޓައގެން ކަމަށް ބިލުގައި ވެއެވެ.

އޭނާގެ މުސާރަ ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް ބުނެފައިވެއެވެ.

ސިވިލް ސާވިސްގެ ނިޒާމުން ބޭރުން މި އޮފީހުގެ އެންމެ އިސް މަގާމަށް މިނިސްޓަރު އައްޔަން ކުރާ ފަރާތެއް 5 އަހަރު ދުވަހުގެ މުއްދަތައް މަގާމު ދެމި އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަކި ކުރެވޭ ފަރާތެއް ފިޔަވާ އެހެން ފަރާތްތައް ފަސް އަހަރުގެ އިތުރު ދައުރަކަށް ދެމި ހުރެވިދާނެ ކަމަށް ވެސް ބިލުގައި ވެއެވެ.

ބިލުގައި ބުނަނީ، އޮފީހުގެ އޮނިގަނޑު އެކުލަވާލާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރެޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީސް ކަމަށެވެ. އެ އޮފީހަށަ ބޭނުންވާ މުވަައްޒަފުންނާއި ވަސީލަތްތައް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭން ވާނެ ކަމަށް ބިލުގައި ވެއެވެ.

މި ގާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ނުވަ ޝަރުތެއް ހަމަވާން ޖެހޭ

  • ރަޖިސްޓްރީ ކުރެވޭ މުދަލާއި އޭގެ ކްލެސިފިކޭޝަން
  • ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތުގެ މައުލޫމާތު
  • ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތަށް ލިބިދޭ ހައްގުތައް
  • ރަޖިސްޓްރީ ކުރި ތާރީހު
  • ރަޖިސްޓްރީ ކުރެވޭ މުދަލަށް ހިމާޔަތް ލިބިދެވޭ މުއްދަތެއް
  • ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ގުޅޭގޮތުން ރަޖިސްޓްރީގައި ހިމަނަން ގާނޫނުން ލާޒިމުކުރާ މުއާމަލާތްތަކުގެ މައުލޫމާތު
  • ހައްގުތައް ބަދަލުކުރެވިފައިވާނަމަ، އެކަން ނުވަތަ ލައިސަންސިން އެގްރީމެންޓެއްވާނަމަ އެކަން ހިމެނޭ ގޮތުން، ރަޖިސްޓްރޭޝަންގެ ހާލަތު
  • ރަޖިސްޓްރޭޝަނަށް ގެނެވޭ އެންމެހާ ބަދަލުތައް
  • ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ބެހޭ، ކަމާބެހޭ ގާނޫނުގައި އަދި މި ގާނުނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ނޫންވެސް މައުލޫމާތު

މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއިން ގެނައި އަށް އިސްލާހާ އެކުއެވެ. ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް