Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކިރިލުގެ ތަރައްގީ

2 އަހަރުވާ އިރު ކުޑަރިކިލަށް ލިބުނީ އޭޓީއެމްއެއް އެކަނި

10 އޯގަސްޓު 2025 | އާދީއްތަ 14:48

ސަރުކާރުން ކުޑަރިކިލަށް ވެފައިވާ 500 މީހުންގެ މިސްކިތުގެ ވައުދުގެ މަސައްކަތް އަދި ނުފެށޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 އޯގަސްޓު 2025 | އާދީއްތަ 14:48
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2 އަހަރުވާން ކައިރިވެފައިވާ އިރު ބ. ކުޑަރިކިލަށް ލިބުނީ ބޭންކް އޮފް މޯލްޑިވްސް އިން ބެހެއްޓި އޭޓީއެމް އެކަނި ކަމަށް ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް ވިދާޅުވީ އެރަށުގައި ބިންގާ އެޅުމަށް ތައްޔާރުކޮށްފައިވާ ތަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޑަރިކިލުގެ ސިއްހީ މަރުކަަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާ ތަން ކަމަށެވެ. އަދި ހޯމަ ދުވަހު ރައީސް ކުޑަރިކިލަށް ވަޑައިގަންނަވާ އިރު، މި ސަރުކާރުން ކުޑަރިކިލަށް ހަމައެކަނި ކޮށްދެއްވާފައިވާ ކަމަކީ ބޭންކު އޮފް މޯލްޑިވްސް އިން ބެހެއްޓީ އޭޓީއެމްގެ ރިބަން ކެނޑުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށަށް އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ. މިވީ 2 އަހަރުގެ ތެރޭގައި ކޮށްދެވުނު ހަމައެކަނި ކަމަކީ އޭޓީއެމް ކަމަށެވެ. ނަމަވެސް ކުޑަރިކިލަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހިމެނޭ ކަމަށާއި، ނަމަވެސް އެއްވެސް ވަރަށް އެ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތް އެބައޮތް. ދެން އަޅުގަނޑަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އާރުޑީސީއާއި މިހާރު ވަނީ ހަވާލުކޮށްފައި. މަސައްކަތް ކުރިއަކަށް ނުދޭ. މަސައްކަތް ފެށޭނެ ދުވަހެއްވެސް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެއީ މިރަށުގެ ފެނާ ނަރުދަމާ ނިމިގެން ނޫނިއްޔާ މަސައްކަތް ކުރިއަށް ގެންދެވެން ނެތް.
ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހައްނާން އައްބާސް

ކައުންސިލްގެ ރައީސް ވިދާޅުވީ ޒުވާނުންނަށް ކަންކަން ކޮށްދެއްވުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުވެެސް އެއިން އެއްވެސްކަމެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށާއި، ޒުވާނުންގެ މަރުކަޒަކީ މީގެ ތެރެއިން އެއް ވައުދު ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ 2 އަހަރު ވިއިރު އެއްވެސް މަސައްކަތެއް ނުފެށުނު އިރު އެރަށުގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފެނާ ނަރުދަމާ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި މަސައްކަތެއް ކަމަށާއި، ސަރުކާރު ބަދަލުވި އިރުވެސް މަސައްކަތުގެ 40 އިންސައްތަ އޮތީ ނިމިފައި ކަމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި، އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މަސައްކަތް ފެށޭނެ ދުވަހެއް އަދި ދަންނަވަން އުނދަގޫ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް