Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ރޫބިއޯ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުންނާ ބައްދަލު ކުރައްވައިފި

5 އޯގަސްޓު 2025 | އަންގާރަ 08:09

މި ބޭފުޅުންނާ ބައްދަލު ކުރައްވައި ރޫބިއޯ ވަނީ، ޣައްޒާގެ އިންސާނީ ޙާލަތާއި، ކުރިމަތި ވަމުން އަންނަ ހުރަސްއެޅުންތަކާ އެކު ވެސް، ހަނގުރާމަ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2025 | އަންގާރަ 08:09
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ އިތުރުން، ފްރާންސްގެ ޚާރިޖީ ވަޒީރު އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ އިތުރުން، ފްރާންސްގެ ޚާރިޖީ ވަޒީރު އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ އަދި ފްރާންސްގެ ޚާރިޖީ ވަޒިރު ޖީން ނޮއެލް ބަރޮޓްއާ ބައްދަލު ކުރައްވައިފި އެވެ.

މި ބޭފުޅުންނާ ބައްދަލު ކުރައްވައި ރޫބިއޯ ވަނީ، ޣައްޒާގެ އިންސާނީ ޙާލަތާއި، ކުރިމަތި ވަމުން އަންނަ ހުރަސްއެޅުންތަކާ އެކު ވެސް، ހަނގުރާމަ ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ. އެ ބައްދަލުވުމުގައި ރޫބިއޯ ވަނީ ހަމާސް ޖަމާއަތުގެ ފަރާތުން ހަނގުރާމަ ހުއްޓާލުމުގައި ހުރަސްއެޅުންތަކެއް ކުރިމަތި ވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ދެއްވި މައުލޫމާތުގައި ބުނެފައިވާ ގޮތުން، އެ ބައްދަލުވުމުގައި ރޫބިއޯ ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފި އެވެ. 

މި ދަނޑިވަޅަކީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ދެ ރަހީނުންގެ ވީޑިއޯ އެ ޖަމާއަތުން އާންމު ކޮށްފައިވާ ދަނޑިވަޅެކެވެ. އެކަމާ ގުޅިގެން ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވެސް ވަނީ ހަމާސް ޖަމާއަތަށް ނުރުހުން ފާޅު ކޮށްފަ އެވެ. އަދި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އީރާންގެ ނިއުކްލިއާ ޙަރަކާތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އީރާން އިން ނިއުކްލިއާ ހަތިޔާރު ހޯދުން ނުވަތަ އުފެއްދުން ހުއްޓުވުމަށް ޤައުމު ތަކުން ދޭ އަހަންމިއްޔަތުކަމަކީ މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެކަމަކީ ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް، ރޫބިއޯ އާއި ލަމީ އަދި ބަރޮޓް ވެސް ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

އެ މަޝްވަރާތަކަކީ މެދު އިރުމަތީގެ ސަރަހައްދުގައި ހަމަޖެހުން ޤާއިމު ކުރުމަށާއި، އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މަޝްވަރާ ތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އަދި ފްރާންސްގެ ޚާރިޖީ ވަޒީރާ ރޫބިއޯ ބައްދަލު ކުރައްވާފައިވާއިރު، އެ ދެ ޤައުމުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ވެސް ނިންމައިފަ އެވެ. ފްރާންސް އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމާ އެކު، ރޫބިއޯ ވަނީ އެކަމަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

މާކޯ ރޫބިއޯ ޣައްޒާ ހަނގުރާމަހަމާސް-އިސްރާއީލްއީރާންގެ ނިއުކްލިއާފަލަސްޠީނު ދައުލަތްފްރާންސް-އިނގިރޭސިވިލާތް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި

29 ނޮވެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި މަދޫރޯ މަޝްވަރާ ކުރައްވައިފި
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
13 ނޮވެމްބަރު 2025

ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ

13 ނޮވެމްބަރު 2025
ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ
10 ނޮވެމްބަރު 2025

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ

10 ނޮވެމްބަރު 2025
ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ
01 ނޮވެމްބަރު 2025

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން

01 ނޮވެމްބަރު 2025
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން ކެންސަލް ކުރީ، ރަޝިޔާ އިން ފޮނުވި މެމޯއެއްގެ ސަބަބުން
26 އޮކްޓޯބަރު 2025

ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

26 އޮކްޓޯބަރު 2025
ޣައްޒާގައި ބައިނަލްއަޤުވާމީ ބާރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ
25 އޮކްޓޯބަރު 2025

ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ

25 އޮކްޓޯބަރު 2025
ވެސްޓް ބޭންކަކީ އިސްރާއީލްގެ ބިމަކަށް ހަދާނެ ކަމަކަށް ނުދެކެން؛ ރޫބިއޯ
23 އޮކްޓޯބަރު 2025

ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް، އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި

23 އޮކްޓޯބަރު 2025
ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް، އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި
18 އޮކްޓޯބަރު 2025

ހަމާސް އިން، އިތުރު ރަހީނެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފި

18 އޮކްޓޯބަރު 2025
ހަމާސް އިން، އިތުރު ރަހީނެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފި
16 އޮކްޓޯބަރު 2025

މަރުވެފައިވާ އެންމެންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް ހަމާސް އިން ބުނެފި

16 އޮކްޓޯބަރު 2025
މަރުވެފައިވާ އެންމެންގެ ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް ހަމާސް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް