Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް އިން، އިތުރު ރަހީނެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފި

އިސްރާއީލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވަނީ، ރެޑް ކްރޮސް މެދުވެރިކޮށް މަރުވެފައިވާ އިތުރު ރަހީނެއްގެ ހަށިގަނޑު ހަމާސް އިން ވަނީ އިސްރާއީލްގެ ސަލާމަތީ ބާރުތަކާ ހަވާލު ކޮށްފައި ކަމަށެވެ. އެހެންކަމުން، އެ ހަށިގަނޑު ދެނެގަތުމަށްޓަކައި އިސްރާއީލްގެ މެޑިކަލް އެނަލިސިސް ސެންޓަރަކަށް ގެންދެވޭނެ ކަމަަށް ވެސް ބުނެފައިވެ އެވެ.

ހަމާސްއިން 20 ދިރިހުރި ރަހީނުންނާއި 9 މަރުވެފައިވާ ރަހީނުންގެ ހަށިގަނޑު އިސްރާއީލާ ހަވާލުކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 08:20
ހަމާސްގެ ހަތިޔާރު އެޅި އޮފިޝަލުން ތަކެއް

ހަމާސްގެ ހަތިޔާރު އެޅި އޮފިޝަލުން ތަކެއް

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ މަރުވެފައިވާ ރަހީނުންގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ހަވާލު ކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ހަމާސް އިން ވަނީ އިތުރު ރަހީނެއްގެ ހަށިގަނޑު އިސްރާއީލްއާ ހަވާލު ކޮށްފަ އެވެ. އަދި ދެ އަހަރުވީ ހަނގުރާމައިގެ ތެރޭގައި ޣައްޒާ ސަރަހައްދުގައި ވީ ނުވީއެއް ނޭނގި ގެއްލިފައިވާ އެހެން ރަހީނުންގެ ހަށިގަނޑުތައް ހަވާލު ކުރާނެ ކަމަށް އެ ޖަމާއަތުން ވަނީ ހާމަ ކޮށްފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވަނީ، ރެޑް ކްރޮސް މެދުވެރިކޮށް މަރުވެފައިވާ އިތުރު ރަހީނެއްގެ ހަށިގަނޑު ހަމާސް އިން ވަނީ އިސްރާއީލްގެ ސަލާމަތީ ބާރުތަކާ ހަވާލު ކޮށްފައި ކަމަށެވެ. އެހެންކަމުން، އެ ހަށިގަނޑު ދެނެގަތުމަށްޓަކައި އިސްރާއީލްގެ މެޑިކަލް އެނަލިސިސް ސެންޓަރަކަށް ގެންދެވޭނެ ކަމަަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެގުމުގެ މަތިން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާއިރު، ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ރަހީނުންގެ ތެރެއިން ދިރި ތިބި 20 މީހުން މިނިވަން ކޮށްފަ އެވެ. އަދި މަރުވެފައިވާ 28 މީހުންގެ ތެރެއިން ނުވަ މީހެއްގެ ހަށިގަނޑު ވަނީ އިސްރާއީލްއާ ހަވާލު ކޮށްފަ އެވެ. އޭގެ ތެރޭގައި ހުކުރު ދުވަހުގެ ރޭ ހަވާލު ކުރި ހަށިގަނޑު ވެސް ހިމެނެ އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ހަނގުރާމައިގެ ސަބަބުން ހައްޔަރު ކޮށްފައިވާ އެ ޤައުމުގެ ހުރިހާ ރަހީނުން ވެސް މިނިވަންކޮށް، އަނބުރާ ޤައުމަށް ގެންނާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވައިފަ އެވެ. އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ، ހަމާސް އިން ރަހީނުން މިނިވަން ނުކޮށްފި ނަމަ، ނުވަތަ ހުރިހާ ހަށިގަނޑެއް ހަވާލު ނުކޮށްފި ނަމަ އަލުން ހަނގުރާމަ ފަށާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ، ޣާޒީ ޙަމަދު ވިދާޅުވެފައި ވަނީ އެ ފަދަ އިންޒާރު ތަކަކީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ އަދި ޤަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މަރުވެފައިވާ ރަހީނުންގެ ހަށިގަނޑު ތަކުގެ މައްސަލަ އަކީ އުނދަގޫ މައްސަލައެއް ކަމަށާއި، އެ މައްސަލަ އަށް ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓުނު ފަހުން ފެށިގެން މިހާތަނަށް ވަނީ 280 އަށް ވުރެ ގިނަ ހަށިގަނޑުތައް އެކި ސަރަހައްދުން ހޯދައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ހަމާސް-އިސްރާއީލްޣައްޒާބެންޖަމިން ނަތަންޔާހޫރަހީނުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު