Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ގާނޫނު

ދައުރުގެ ފަހު އަހަރު ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ބޮޑެތި އިސްލާހްތަކެއް ލާމަރުކަޒީ ގާނޫނަށް ހުށަހަޅައިފި

ދައުރުގެ ފަހު އަހަރު ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ބޮޑެތި ބަދަލު ތަކެއް ގާނޫނަށް ގެންނަނީ

ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 09:22
ކައުންސިލްތައް ހިންގުން ވަރުގަދަ ކުރަން އުދެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އާ ބައްދަލު ކުރައްވަނީ - 14 ޖުލައި 2025

ކައުންސިލްތައް ހިންގުން ވަރުގަދަ ކުރަން އުދެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އާ ބައްދަލު ކުރައްވަނީ - 14 ޖުލައި 2025

ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ގާނޫނު ނަންބަރު 7/2010 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުގެ ގާނޫނަށް ހުށަހަޅާފައި އިސްލާހުގައި ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ނޫނީ، ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭނެ ކަމަށާއި، ކައުންސިލްގެ އިހްތިސާސް ގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ކައުންސިލްތަކުން އެކަށަ އަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު ތަރައްގީގެ މަޝްރޫއެއް ވެސް ނުފެށޭނެ ކަމަށް، ވެރިކަން ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، ސަރުކާރުގެ ފަރާތުން ހުށަހަޅާ މި އިސްލާހް ގައި ވެއެވެ.

އިސްލާހުގައި ވަނީ މި ގާނޫނުގެ އެހެން މާއްދާ އެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ލޯކަލް ކައުންސިލުތަކުގެ އުުމުރު ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ، 365 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ނަމަ މި ނޫން ގޮތަކަށް މިކަންކަން ނިންމައިގެން ނުވާނެ ކަމަށެވެ.

މި އިސްލާހު ހުށަހެޅި އިރު މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ އުމުރު ހަމަ ވުމަށް ބާކީ އޮތީ 365 ދުވަހަށް ވުރެ ކުރު މުއްދަތެއް ކަމަށް ވުމާއި އެކު، މި އިސްލާހު ފާސްވެ ގެޒެޓް ކުރުމާއެކު، ދައުރުގެ ބާކީ އޮތް މުއްދަތުގައި ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގަ އާއި، ތަންތަން ކުއްޔަށް ދިނުމުގަ އާއި، ތަރައްގީގެ އައު މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ އަމިއްލަ ބާރު ކެނޑޭނެއެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާ އާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަން ޖެހޭ ފައިސާ އެއް ނުދައްކާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ ނަމަ އެ ފައިސާ އެއް އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މިގެންނަ ބަދަލު ތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީން އެދިއްޖެ ނަމަ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓް ތަކުގެ ސްޓޭޓްމަންޓްތައް ވެސް އެ ވުޒާރާ އަށް ފޯރުކޮށްދޭން ޖެހޭނެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކައުންސިލުތައްލޯކަލް ގަވަމަންޓް އޮތޯރިޓީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
02 ޑިސެމްބަރު 2025

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު