Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރައްވަނީ!

3 އޯގަސްޓު 2017 | ބުރާސްފަތި 11:23

އުއްތަމަ ފަނޑިޔާރު ހުންނެވީ ރާއްޖެއިން ބޭރުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އޯގަސްޓު 2017 | ބުރާސްފަތި 11:23
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށަހެޅުމަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރައްވަމުން ގެންދަވާ ކަމަށް ބުނާ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ސިޓީ ފޮނުވައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ތަރުޖަމާނު ވަނީ އެފަދަ ސިޓީތަކެއް ކޯޓުތަކަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ތަރުޖަމާނު ވިދާޅުވީ އެ ޑިޕާޓްމެންޓުން ކޯޓުތަކަށް ސިޓީ ފޮނުވީ ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއިކުރަމުން ގެންދަވާތޯ ބެލުމަށް ނޫން ކަމަށާއި، އެ ސިޓީ ފޮނުވީ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ފަތުރަމުންދާތީ އެކަމުގެ ހަގީގަތް ހޯދުމުގެ ގޮތުން ކަމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓްތަކަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައިވަނީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހެޅުމަށް ސުޕީރިއާ ކޯޓްތަކުގެ ގާޒީން ތަކެއް ގެންދަވަނީ ޕެޓިޝަނެއްގައި ސޮއިކުރައްވަމުންނެވެ. ސުޕީރިއާ ކޯޓެއްގެ ގާޒީއަކު ވަނީ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރު ވެސް ކޮށް ދެއްވާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ގާޒީ ވިދާޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް ފޮނުވި ސިޓީތަކުގައި އެދިފައިވަނީ ޕެޓިޝަނުގައި ސޮއިކުރައްވާ ގާޒީންނަކީ ކޮބައިތޯ ބަލައި، އެ ގާޒީންގެ ނަންތައް ހިއްސާކޮށްދިނުމަށް ކަމަށެވެ. ގާޒީ ވިދާޅުވީ މިހާތަނަށް "ފުދޭވަރަކަށް" ގިނަ އަދަދެއްގެ ގާޒީންތައް އެ ޕެޓިޝަނުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

އެހެންނަމަވެސް، އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ހުށަހަޅަނީ ކޮން ސުލޫކީ މައްސަލައެއް ނުވަތަ މައްސަލަތަކެއް ކަމެއް ކަށަވަރުވާ ގޮތް ވަނީ ނުވެފަ އެވެ. މައުލޫމާތު ދެއްވި ގާޒީ ވެސް ވަނީ އެ މައުލޫމާތު "މިވަގުތަށް" ހިއްސާ ކުރުމަށް އިންކާރު ކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސުލޫކީ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ގަދަވެފައިމިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވަން އުޅޭކަމަށް ބުނާ ވާހަކަތަކެއް ވެސް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ހޯމަ ދުވަހުގެ ރޭ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެންމެ ފަހު ވަގުތު ރާއްޖެ ވަޑައިގަތުން ވަނީ ފަސްކުރައްވާފަ އެވެ.

އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު މިދިޔަ ހަފުތާގައި ރާއްޖޭން ބޭރަށް ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ، ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީއެވެ. ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެފައިވާއިރު، މައްސަލަ ދިގުލައިގެން ދާތީވެ ގިނަ ބަޔަކު ދަނީ ގޮނޑިގެއްލުނު ކަމަށް ބުނާ މެމްބަރުންގެ ހައްގުތައް ގެއްލެމުން ދާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލިސް މެންބަރެއްގެ މެންބަރު ކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ޚިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އެހެންކަމުން ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދިޔަ ނަމަވެސް މެންބަރުކަމުގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ހަތަރު މެމްބަރުންގެ އިތުރުން، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މެންބަރުކަމުގެ ގޮނޑިވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ. އެ ކޮމިޝަނުން ވަނީ އެ ދާއިރާތަކުގައި ބައި-އިލެކްޝަން ބާއްވަން ވެސް ނިންމާފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް