Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އިގުތިސާދު

ދައުލަތުގެ އާމްދަނީ ބޮޑު ތަނުން މައްޗަށް ދާއިރު ތަރައްގީގެ މަޝްރޫއުތައް މަޑު ޖެހިފައި

19 ޖުލައި 2025 | ހޮނިހިރު 08:50

ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ވިޔަފާރިތަކާ ގުޅުން ހުރި ޓެކްސް އާމްދަނީ އާއި އިމްޕޯޓު ޑިއުޓީ ދަށަށް ދިއުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީ އަށް ކަނޑައެޅިފައިވާ ޚަރަދުތައް މަޑުޖައްސާލާފައިވާކަން ފާހަގަ ކުރެވޭ

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 08:50
ދިވެހި ރުފިޔާ ތަކަކާއި ވަކި ލާރިތަކެއް

ދިވެހި ރުފިޔާ ތަކަކާއި ވަކި ލާރިތަކެއް

މި އަހަރުގެ ޖުލައި 10 ވަނަ ދުވަހާ ހަމައަށް 15.35 ބިލިއަން ރުފިޔާގެ އާމްދަނީ ޓެކްސް ގެ ގޮތުގައި ދައުލަތައް ލިބިއްޖެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތު ގައި ލިބުނު 14.53 ބިލިއަން ރުފިޔާ އާ އަޅާބަލާއި އިތުރުވުމެކެވެ.

ޖުލައި މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ސަރުކާރަށް ލިބުނު ހިލޭ އެހީ ވެސް ހިމަނައިގެން ޖުމްލަ އާމްދަނީ ގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ތެރެއިން 76 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ.

އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް - ޖީ.އެސް.ޓީ އިންނާއި، އިމްޕޯޓް ޑިއުޓީ، އަދި ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް އިން ނެވެ.

ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 8.77 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.97 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ޖީ.އެސް.ޓީގެ ގޮތުގައި 6.16 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެ ދިޔަ އަހަރު ލިބުނު 5.48 ބިލިއަން ރުފިޔާ އާ އަޅާބަލާ އިރު އިތުރު އަދަދެކެވެ. އާންމު ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވެސް އިތުރުވެ 2.61 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.

އިމްޕޯޓް ޑިއުޓީން 1.53 ބިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ ވޭތުވެ ދިޔަ އަހަރު ލިބުނު 1.71 ބިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދެއް ކަން ފާހަގަ ކުރެވެއެވެ. އިމްޕޯޓު ޑިއުޓީގެ އާމްދަނީ ދަށަށްދާ ކަން ފާހަގަ ކުރެވޭ އިރު މި އަހަރުގެ ޖަނަވަރީން ފެށިގެން ޗައިނާ އާއި ދެމެދު ސޮއި ކުރި ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން ޗައިނާ އިން ގެންނަ ގިނަ މުދަލަށް އެއް ވެސް ޑިއުޓީ އެއް ރާއްޖެ އިން ނުނަގައެވެ.

ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސްގެ ގޮތުގައި 2.80 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ ވޭތުވެދިޔަ އަހަރު ގެ މި މުއްދަތުގައި ލިބުނު 3.58 ބިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދެކެވެ.

މި ބައިގެ ތެރޭގައި ކުންފުނިތަކުގެ އާމްދަނީން ނެގޭ ޓެކްސްގެ ގޮތުގައި 1.61 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 636.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އެއްވަރުގެ އަދަދެކެވެ. އިންކަމް ޓެކްސް ގެ ގޮތުގައި ލިބުނު ފައިސާ 260.3 މިލިއަން ރުފިޔާ އަށް އިތުރުވެފައި ވެއެވެ. ވޭތުވެ ދިޔަ އަހަރު މި މުއްދަތުގައި އިންކަމް ޓެކްސް ގެ ގޮތުގައި ލިބިފައި ވަނީ 221.3 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސް ގެ ގޮތުގައި ލިބުނު އާމްދަނީ 2024 ވަނަ އަހަރު ލިބުނު 578.6 މިލިއަން ރުފިޔާ އިން 1.14 ބިލިއަން ރުފިޔާ އަށް ގާތްގަނޑަަކަށް ދެގުނަ އިތުރުވެފައި ވެއެވެ. އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވޭތުވެ ދިޔަ އަހަރު ލިބުނު 601.3 މިލިއަން ރުފިޔާ އިން 928.5 މިލިއަން ރުފިޔާ އަށް އިތުރު ވެފައިވެއެވެ.

ރޯޔަލްޓީގެ ގޮތުގައި 179.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރު ލިބުނު 99.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވާ އަދަދެކެވެ.

ޖީ.އެސް.ޓީ އާއި ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސް ތަކުން ލިބޭ އާމްދަނީ އިތުރުވެފައި ވިޔަސް ވިޔަފާރިއާ ގުޅުންހުރި ޓެކްސްތަކާއި އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވެފައިވާކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުން 2025 ވަނަ އަހަރަށް ލަފާ ކޮށްފައި ވަނީ 29.22 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަހަރުގެ ދެބައިކުޅަ އެެއްބައި ފާއިތުވެފައިވާއިރު، މިހާތަނަށް ލިބިފައިވާ އާމްދަނީ އަކީ މި އަމާޒުގެ 52.5 އިންސައްތަ އެވެ.

ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށް ފާހަގަ ކުރެވޭއިރު، އަނެއްކޮޅުން ރާއްޖޭގެ ތަރަައްގީ އަށް ކުރަން ކަނޑައަޅާފައިވާ ޚަރަދުތައް މަޑުޖެހިފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކުން ފާހަގަ ވެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކުރި ހިސާބުތަކުގައިވާ ގޮތުން ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ ޖުލައި 10 ގެ ނިޔަލަށް ދިވެހި ސަރުކާރުގެ ކެޕިޓަލް ޚަރަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް ހިމެނެނީ ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އެންމެ ފަހުން ނެރުނު ހަފްތާގެ މާލީ ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 5.83 ބިލިއަން ރުފިޔާ ގެ ކެޕިޓަލް ޚަރަދު ކޮށްފައި ވާއިރު މި އަހަރު މިހާތަނަށް ޚަރަދު ކޮށްފައި ވަނީ 2.14 ބިލިއަން ރުފިޔާ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 63% ގެ ދަށްވުމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް